ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ އަޅުގަނޑުމެން ކަމަށް ވިދާޅުވެ ކުރެވޭ ތުހުމަތުތަކަށް ގާސިމް އިބްރާހިމް އަމިއްލަ އަށް އިއުތިރާފްވެ ވަޑައިގެންފިއެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ގާސިމްގެ އަތެއް އޮތް ކަމަށް އޭނާ އިއުތިރާފުވީ "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެއިންޓަވިއުގައި ގާސިމް ވިދާޅުވީ "ފެބްރުއަރީ 01 ގައި އަޅުގަނޑުމެން ޙުކުމެއް ނެރުމުން އެކަން ކަމަކު ނުދިޔަ" ކަމަށެވެ.

ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ގާސިމާއި އިތުރު އަށް ކުށްވެރިޔަކު ދޫކޮށްލަން އަމުރު ކުރީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަމަށް ސަރުކާރުން ތުހުމަތު ކުރެއެވެ. އެތުހުމަތުތަކަށް ބާރުލިބޭ ގިނަ ހެކިތަކެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ބައިވެރިވި މިހާރު ހައްޔަރުކޮށްފައިވާ އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން ވެސް ފުލުހުން ވަނީ 3.4 މިލިއަން ރުފިޔާ ހޯދާފައެވެ. އަދި އަލީ ހަމީދުގެ އާއިލާ މެންބަރަކަށް ވިލާ ކުންފުނިން 2.4 މިލިއަން ޑޮލަރު (36.9 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފައިވާ ކަމުގެ ހެކި ވެސް ފުލުހުން ވަނީ ހޯދާފައެވެ. އެލޯނުގެ ފައިސާ އިން އަލީ ހަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ވެސް ފައިދާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ވިދާޅުވެފައެވެ.

ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ސުޕްރީމް ކޯޓުން އަމުރެއް ނެރުނު މައްސަލައިގައި ގާސިމްގެ ދޮށީ ދަރިކަލުން ސިޔާދު ގާސިމާއި، ކުރީގެ ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން ފާރިސް އާއި މުހައްމަދު ނަދީމް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި މަޖިލިސް މެންބަރު ސިނާނާއި އިލްހާމް ވެސް ވަނީ އެމައްސަލައިގައި ހައްޔަރުކޮށްފައެވެ.

ރިޝްވަތު ހިފިކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

  1. ގާސިމްބޭ ހަގު އަނބި އަންނާނެ ކަމަށްތަ ހީކުރަނީ ރައީސްއަށް ވީމަ؟. ނުވާނެ އެކަމެއް

  2. ޢަޅުގަޑުމެން ގެ މާނައަކީ ގާސިމު އިބުރާހީމް ދޯ. ޢެހެން ވެެއްޖިއްޔާ ރައީސް ޔާމީން އަޅުގަޑުމެން މިގޮތަށް ވިދާޅުކޮންމެ ފަހަރަކު އެ ިދާޅުވަނީ އެމަނިކުފާނު ކުރައްވާ ވާހަކަދޯ.

  3. ތިއޮތީ ފަޅާ އަރާފަ. މިފަދަ ކޮންމެ ކަމަކީ އިރާދަކުރެއްވިއްޔާފަޅާ އަރާނެ ކަންތައްތައް

  4. ކިހާދެރަ. އެއްކަލަ ބޯނެތްކަލޭގެ މިފަހަރުވެސް އެގޮއްވާލީ އަތަށް. ބައިގޯލް އެޖެހީ. ޕިސްޕިސް

  5. މާނަ އޮޅުވާނުލައްވާ . ގާސިމް އެވިދާޅުވީ އޭނާ އަށް ރައްދުވާ ހުކުމެއްގެ ވާހަކަ. ޢޭނާ މިނިވަން ކުރާން ހުކުމްކުރީގަ ހުކުމް ކަމަކު ނުދިޔައޭ

  6. ތިމަންނަގެ ގެއަށް ވަނީ ހަލާލު ފައިސާއެއް ނޫނޭ ޔާނު ބުނީމަ ބުރޭކިންގ ނިއުސް ނޭރުވީ ކީއްވެއޯ؟ އެވެސް ހަމަ އަމިއްލަ އިއުތިރާފް އަދި ރައްޔިތުންގެ ފައިސާ... ގާސިމް ދިނިއްޔާ ދީފަ އޮންނާނީ އޭނަގެ އަމިއްލަ ފައިސާއިންތާ... މި ކޮމެންޓް ނުޖަހާނެ ވަގުތު ކުދިން... އެއީ ސަރުކާރާ ދެކޮޅު ކޮމެންޓެއް ވީމަ...

  7. އަތަށްގޮވައި ފަޟޭޙަތްވީވީހެން މީނަ ކޮސްކަންތައްކުރާނެ! މިއޮތީ ސާފުކޮށް ބުނެފަ ތިމަންމެން ނެރުނު އަމުރެކޭ! ކޮބއި ހީވޭ!

  8. ހުއްބުލްވަތަން

    ބުޅާ ގޯނިން ބޭރުވެއްޖެ. މީއަށްކިޔަނީ ބޮޑު ބޭޒާރު. ތިމާގެ ތައުލީމުނެތުމާިއ ޙިލްމުނެތުމުން މިފަދައިން އަމިއްލައަށް މިބޭނެނީ. ޖޫޑީޝަރީ ބަޤާވާތަކީ ޤާސިމާއި މައުމޫންގެ އުފެއްދުމެއް. އިގިރޭސި އަދި އެމެރިކާ ސަފީރު ސައިޑްރޯލުކުޅުނު އެޕިސޯޑެއް. އިންޑިޔާ އިން ޑައިރެކްޓްކުރި. މުޅި އެޕިސޯޑް ފްލޮޕްވީ ސްޕްރީމް ކޯޓުގެ ޖަޖުން ނެރުނު ޙުކުމުގައި، ރާއްޖޭގެ ޤާނޫނު އަސާސީ އިން ޖޭއެސްސީ އަށް މަތިކޮށްފައިވަކަމެއް ސްޕްރީމް ކޯޓުން އަމިއްލައަށްނަގާ ކިހިލިފަތްދަށަށް ޖަހާލުމުން.

  9. ވަގުތު މިއީ ނޫސްވެރިކަން ކުރަން އެނގޭ ބައެއް ނޫން. ބޮޑުވަރު ތީ ބްރޭކިން އޭ ކިޔާފަ ލިޔާނެ އެއްޗެއް ނޭގުނަސް

  10. ކޮބާހީވޭތާ ކަމެއްހެން!!! އަމިއްލައަށްފޭހުނު އިލޮށިގަޑު އަމިއްލަލޮލަށް ހެރެނީ.... ހައްހައްހާ.

  11. ރުޒާނާ ޗޮއްޕަޓު

    ކަލޭ އޮރިޔާންވާއިރުވެސް ކަލެއަކަށް ނޭނގޭނު. ބޮޑު މަރުމޯލެއްނު ތީ. އެންމެން ބަޣާވާތް ކުރަންވީމަ ކަލޭގެ ފައިސާއިން އެކަން ކުރެވެނީ ބޮޑު ގަމާރެއް ވީމައެއްނު.

  12. ކަލޭ އޮރިޔާންވާއިރުވެސް ކަލެއަކަށް ނޭނގޭނު. ބޮޑު މަރުމޯލެއްނު ތީ. އެންމެން ބަޣާވާތް ކުރަންވީމަ ކަލޭގެ ފައިސާއިން އެކަން ކުރެވެނީ ބޮޑު ގަމާރެއް ވީމައެއްނު.

  13. ރިލޯޑް ޢަބްދުﷲރިޔާޟް ، ރިލޯޑް ސަމީރު ، ރިލޯޑް ޢިމާދުޞާލިޙް މިކަމުގައި މަތިޖަހަން ދައްކާ ދެކޮޅު އަދި މެދުވެސް ނުޖެހޭ ވާހަކަ މިރޭ ކާލިގަނޑު ޓީވީގަ އޮންނާނީ! އަމިއލް އިޢްތިރާފް އެއީ މައްސަލަ ސާބިތުވުމަށް އޮތް ފުރަތަމަ ހެކި!

  14. ފާއިތުވެ މި ދިޔަ ދިހަ ވަރަކަށް އަހަރު ރާއްޖޭގެ ސިޔާސީ މައިދާން ހަލަބޮލި ކޮށްލުމުގައި އިސް ދައުރެއް މި ޤާސިމު ބޭވަރު އަދާ ކޮށްފައިވޭ! އޭނަ ޖެހޭނީ ފުނޑެއް ނޫނީ ކޮންމެވެސް ގޮތަކުން އޭނަ ހައްމަތަ ކުރުން! މި މީހާ ކަސްރުން ބޭރުން ކޮށްގެން ނޫނީ ވެރިކަމަށް އަންނަ އެއްވެސް ފަރާތަކަށް ހަމަ ޖެހުމެއް ނޯންނާނެ!

  15. ގާސިމް އަށް ރާ ޓީވީން ދޭން އުޅުނު ލަގާ ދީފި ، ދެން ގާސިމް މަރުފލިޖެހިޔަސް ސަލާމަތެއް ނުވެވޭނެ. ( އއ )

  16. ރާއްޖެތެރޭ މީހާ

    މި ޤާސިމް ގޮވައިގެން ކިތަންމެ ސިއްރުން ކަމެއްކުރަން ކުރަން އުޅުނަސް ހަމަ ފަޅާއަރުވަނީ . މީނަ ގޮވައިގެން ނުވާނެ މިކަމެއް .

  17. ގާސިމަށް ރާކަނިމަސް ކެވިފަ އެއޮތީ ، ގާސިމް ދެން ޖަރުމަނުވިލާތް ދޫކޮށް އަވަހަށް މާލެ ވަޑައިގަންނަވާ ، މަނިކުފާނަށް ދޫނިދޫގަ 5 ތަރީގެ ކުޑަގޮޅިއެއް ތައްޔާރުކުރެވިފަ އެބަހުރި. ( އއ )

  18. އޭއި މިތިބަ ތަނެއް ދޮރެއް ނޭނގޭ ބީތާ ތަކާ. އަޅުގަނޑު މެންނޭ އެކިޔަނީ ދިވެހިދައުލަތަށް. ސުޕްރީމް ކޯޓަކީ ދައުލަތުގެ ތިން ބާރުތަކުގެ ތެރެއިން އެއް ބާރު. އެއީ ގާސިމް އެވިދާޅުވާ އަޅުގަނޑު މެންނަކީ. ކޯޓުތަކުން ކުރާ ހުކުމްތަކުގައްޔާއި ކުރާ ދައުވާތަކުގަ އޮންނަ ތަން ނުދެކެންތަ ދައުލަތުން ކުރާ ދައުވާ އެކޭ ނުވަތަ ދައުލަތުން ކުރި ހުކުމެކޭ. ތިދެން ތަންދޮރު ނޭނގުނަސް ބޮޑުވަރު. އަދިވެސް އަނގަ ފުޅާ ކޮއްފަ ބުނާތި ތިމަންނާމެންނަކީ ވެސް ހަމަ މިވެނި މީހެކޭ އެވެނި މީހެކޭ. ލަދުން ބޯހަލާކު ސަހާދަތް.

    • ތީތި ޤަބޫލުކުރާނީ އަންނި، ޤާސިމް، އަދި ޔެލޯ ބައިގަނޑާއި ބަޤާވާތްކުރާން އުޅޭ މީހުން. އަދި އިރާދަކުރެއްވިއްޔާ ދިވެހިބަސް އިނގޭ. ތިބޭޅާ ޒުހޭރު ކާރީ ބުނުއްވާ މާނަކޮށްދޭން.

  19. ރޭވި ބަޣާވާތް އަތަށް ގޮވީ . ( އއ )

  20. ދާންދޫ އާސިފް

    މިއީ އަންނި ބުނެގެން ރާއްޖެޓީވީއިން ގަސްތުގައި ޤާސިމް މަޅިއަށް ފާއްތާލިކަމަށް ވާނީ . މި ދިވެހިރާއްޖޭގެ އެންމެންނަށް ވެސް އިނގޭ ޤާސިމް ކިކް އަރުވާފިއްޔާ އޭނަ ކޮށްފައިހުރި ހުރިހާ ކަމެއް ކިޔައިދޭނެކަން އެއީ ސިއްރުންކޮށްފައި ހުރި ކަމެއްވިޔަސް ކިޔައިދޭނެ ކަން . ސާބަހޭރާއްޖެޓީވީ .

  21. މިކަލޭގެ ކުރި ހުވާ ކޮބާ ދެން؟ ﷲ ގެ ކުޅަދުންވަންތަ ކަމުގެ ބޮޑުކަމާ އެވެ.

  22. އެގޭތަ ބާރު ރައްޔިތުންގެ އަތުގަ އޮންނަގޮތް . ބާރުއޮންނަނީ އެމީހުންގެ މައްޗަށް ގާނޫނުތަންފީޒު ކުރާނެ ވެރިޔަކު ހޮވާ އެމީހާ ދުސްތޫރީއާ އެއްގޮތަށް ހިންގާ އަމުރު މައުރޫފަށް ކިޔަމަންގަތުން. ކީރިތި ގުރްއާނުގެ ނިސާސޫރަތުގެ 59 ވަނަ އާޔަތުގަ ވާފަދައިން ވެރިމީހާ އަާ އިދުކޮޅުވެވޭނީ އުރެދުމަކަށް އަމުރުިކުރާނަމަ އެކަނި .މިއީ ﷲ ގެ ވަހީއާ ރަސޫލާ ގެ ހަދީސް . ދަވްރަކަށް 5 އަހަރު މަގުން ދީފައިވާ ދުސްތޫރީ އަދި ދީނީ ބާރުން ވެރިޔަކަށް ހޮވާމީހާ ކަމުނުދާނަމަ ބަދަލު ކުރުމުގެ ބާރު ވެސް 5 އަހަރުން ރައްޔިތުންނަށްވަނީ ލިބިދީފަ. މާތްﷲ ބަގަރާސޫރަތުގެ 11،12 ގަ އަންގަވަނީ އެމީހުން ބުނާނެތެވެ. އަޅުގަނޑުމެން މަސައްކަތް ކުރަނީ އިސްލާހު ކުރުމަށެވެ. ހަމަކަށަވަރުން އެމީހުންނަކީ ފަސާދަ ކުރާމީހުންނެވެ. މާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގަ ފަސާދަ ކުރާމީހާގެ ހާލަތާ އެމީހާގެ މައްޗަށް އޮތް ހުކުމް އަންގަވާފަވޭ ، ވިސްނަބައްލަވަ . ތިމާއަށް ނާސިރު ، މައުމޫނު ، ނަސީދު ވަހީދު ޔާމީނު ވެސް ކަމަކުނުދިޔަ ހަމަ ބުނަނީ ތިމާ މަސއްކަތް ކުރަނީ އިސްލާހަށޭ . އެހިސާބުން ތިމާގެ މައްޗަސް މާތްﷲ ކަނޑައެޅުއްވި ހުކުމްގެ މައްޗަސް ވިސްނާ ތެދުމަގަށް ރުޖޫއުވާން ނުޖެހޭތަ ؟

  23. މާނަ އޮޅުވާލަނީ

  24. ޥެރިކަން ދިފާއު ނުވެގެެން މުޅި ގައުމުގާ ތިބި ބަސްކިޔޭ އެމްމެން ޖަލައް ދެންވެސް ތެޅެން އޮތް ހުރިހާ އެއްޗެއްތަޅަނީ

  25. ޔާމީން ބުނި ގެއައްވަނީ ހަލާލް ނޫން ފާސާއޭ އަވަހައް ހަތްޔަރު ކުރޭ

  26. މަގެ ރައީސު ޕޯޑިއަމަށް އަރާ ކޮންމެފަހަރަކު ސަރުކާރު ޑްރާމާގެ ކޮންމެވެސް އެޕިސޯޑެއް ސާފު މަށް ދިވެހިބަހުން ކިޔާދީފަ އަތްޖަހާށޭ ބުނާއިރަށް ކޮނޑުހުޅު ލުހޭވަރަށް އަތްޖަހާ އިރު މަރުމޯލުންނަށް މިހީވަނީ ޖޯކެއްކިޔަނީހެން. ބަލަ ކައެމެން ދޭ ޖީއެސްޓީ ކާފަ ބޮއެފަ އެހިފައިގެން ގޯނިގޯނީގައާ ފޮށިފޮށީގަ ބަހާވާހަކަ މިތިބަ ދައްކަނީ. ގާސިމު ދެއްކިވާހަކައިގަ ގޯހެއްނެތް. އަޅުގަނޑުމެންގެ ކިޔާފަ ބުނާކޮންމެ އެއްޗަކީ ބުނާމީހަާއަށް ނިސްބަތްކޮށް ބުނެވޭ ވާހަކައެއްނޫން އިނގޭތޯ

  27. ޢަމިއްލަޔަށް ފަޟީހަތް ވެވޭ އިރުވެސް ނޭނގޭ..
    މަހީހީ ހަލާކު...

  28. ދެތިން ސުވާލެއް:-
    ޔާމިންގެ ވެރިކަން ވައްޓާލަން އެތަކެއް ފަހަރު ބަގާވާތް ކޮށްފި. އެންމެ ފަހުން ކޯޓުތަށް މެދުވެރިކޮށް މިގެންނަން އުޅުނު ބަގާވާތް ވެސް ވީ ފެއިލް ކަމަށް ބަލަމާ ދެއްތޯ. ބުނަމުން އަޅުގަނޑު ކުރާ ސުވާލަކީ ކޯޓަށް މި ނުބައި ހިންގި މީހުން ދިނީ 30 މިލިޔަން ކަމަށް ބަލަމާ! ދެން އެމީހުން އަރީސް ގެ އިސްތަށިފުޅުގައި އެޅުވި ދޮގު 800 މިލިޔަން ކޮބާތޯ؟ އަދި އެއީ ތެދެއް ކަމަށް ވާނަމަ އެފައިސާ ރައީސްގެ ވެރިކަން ދިފާއުކުރަން ބޭނުން ނުކުރާނެތޯ؟ ނުވަތަ މެމްބަރުން ނުގަނެވޭނެތޯ؟ މިސުވާލެވެ. ޢަނެއް ސުވާލަކީ މމޕރސ ގެ ފައިސާގެ ބަދުނާމު ވެސް ހަމަ ރައީސްގެ އިސްތަށިފުޅުގައި އަޅުވައި ވެރިކަން ހަތަމް ކުރަން އުޅޭއިރު އެއީ ތެދެއްކަމަށް ވާނަމަ ކުރިން މިކަން ކަން ހުއްޓުވަން ފައިސާ ބޭނުން ކޮށްގެން ވެރިކަން ހިމާޔަތް ކުރުމުގެ ވިސްނުމެއް ރައީސްގެ ނޭތީތޯއެވެ.؟ ނޫން. ހުރިހާ ކަމެއް ފެއިލް ކުރަނީ ރައީސްގެ މޮޅުކަމުންނެއް ނޫނެވެ. މިއީ ތެދުވެރި ހިތެއްގެ ވެރިޔަކަށް ދެއްވާނެ ޖަޒާއަކަށް ނޫނީ ނުވާނެއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހިތްތަކުގައިވާ ސިއްރު މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެ އެވެ. އަޅުގަނޑު މަތީގައި ދަންނަވާފައިވާ ކަންކަމަކީ ހަމަ އެންމެ ފަހަރަކު ވިސްނާލުން ވަރަށް މުހިންމު ކަމެއްނޫންތޯ؟

    • ފިރައުނު ވެސް ވެރިކަން ކުރި!!!!!!!! ވ ވާހަކަ މީ..... ކުމް ކުމް މެން ކުޑަވީމަ ތ ނޭނގެނީ

    • މާތް ﷲ ބައްލަވައި ވޮޑިގެން ވަނީ މީސްތަކުންގެ ހިތްތަކުގެ ނިޔަތަށް . އިޚްލާޞްތެރި ހިތަކާއެކު ރަނގަޅު ނިޔަތުގަި ކުރާަ ކޮންމެ ކަމެއްގައި މާތްﷲ ބަރަކާތް ލައްވާނެ.

  29. މާކުރިން އިގޭ ކަމެއްތީ ގާސިމަކީ އަނިޔާ ވެރިޔެއް

  30. އެކަމަކު ގާސިމް ވަނީ މީގެދެރޭކުރިން 'ﷲގަންދީ ހުވާކުރައްވާ އެއީމުޅިންބުހުތާން ދޮގުކަމައްވެސްވިދާޅުވެފަ. ފާހަގަކޮށްލެވޭކަމަކީ ގާސިމްއަކީ ވާހަކަދެއްކެވުމުގަ ދޫއޮޅުމާއި އެހުނަރުހުންނަބޭފުޅެއނޫންކަން. އިތުރުފުޅެއްހައްދަވަން އެނިޔަތުގަ އެއޗެއްވިދާޅުވުމައްތުރެބޮޑައްގަބޫލް ކުރެވެނީ އެއީބުނެވުނުވާހަކައެއްކަމައް.

  31. ތީވާ މޮޔައިންގެވެސް މޮޔައެއް... އަމިއްލައަށް ބޭޒާރުވެ ގޯނިން ބޭރު ވާއިރުވެސް ނޭގޭ... ކީއްކުރާނީ ޢިލްމެއް ހިލްމެއް ނެތިމަ..... މަހުޖަނަކަށްވެ، ކައިރީގަ ތިބި މީހުން ގުނބޯ ހެއްދި ވަރަކަށް ހެއްދޭތީ މީހާ ތިހިރީ ބުރާންތިވެފަ...

  32. ތީވާ މޮޔައިންގެވެސް މޮޔައެއް... އަމިއްލައަށް ބޭޒާރުވެ ގޯނިން ބޭރު ވާއިރުވެސް ނޭގޭ... ކީއްކުރާނީ ޢިލްމެއް ހިލްމެއް ނެތިމަ..... މަހުޖަނަކަށްވެ، ކައިރީގަ ތިބި މީހުން ގުނބޯ ހެއްދި ވަރަކަށް ހެއްދޭތީ މީހާ ތިހިރީ ބުރާންތިވެފަ...

  33. ރައީސް ޔާމީން ވިދާޅުވީ މިހެންނެވެ. "އަޅުގަނޑުގެ ގެއަށް ވަދެފައި ހުރި ފައިސާ އަކީވެސް ހަލާލު ނޫން ފައިސާ އަށް ވެދާނެ" މިހެންނެވެ. އަދި އެހެން ވިދާޅުވި ބަސްފުޅަކީ އަދީބުގެ ނުބައިކަން ރައްޔިތުންނަށް ހާމަ ކޮށްދިނުމުގެ ގޮތުން ވިދާޅުވި ބަސްފުޅެކެވެ. އަދި އެއީ، ކޮންފައިސާއެއް ކަމެއް ހާމަ ކުރައްވާފައެއް ވެސް ނުވެއެވެ. އެހެންކަމުން މިމައްސަލާގައި ރައީސް ކިތަންމެ ރަނގަޅަކަށްވެސް ސަލާމަތްވެެއެވެ.
    އެކަމަކު ގާސިމު އެއޮތީ އަތައް ގޮއްވާލާފައެވެ. އަމިއްލެއަށް އެއޮތީ ބުނެވިފައެވެ. ތިމަންނާމެން ސްޕޮންސަރ ކޮށް ހަރަދު ކޮށްގެން ގެނުވި ހުކުމެއް ކަން.

  34. ޒަމީރާ ޢަލީ / މާލެ

    އިރާދަކުރެއްވިއްޔާ ޤާސިމުގެ ތައްޕާހުން ކައިބޮއުޅޭ ޢަބްޅޯރިޔާޟުމެން ޢިމާދުޞާލިޙްމެން ފެޅުމަކާ މި ގާތްވީ! މާތްﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމަކަށް އޮތް ހުރަސްތައް ފުރަތަމަ ނެތިކުރައްވައެވެ. އުއްތަމަ ފަޑިޔާރުން ރިޝްވަތު ހިފުމާ ބަޔަކު އެމީހުނަށް ރިޝްވަތު ދިނުމާ މައުމޫނު ދޫފުޅުން މިކަމާގުޅޭގޮތުން ކީހާ އެއްޗެއްސާ ވަކިގަޑިޔަކަށް އެއްވި އެއްވުމާ ޤާސިމު އަމިއްލަދުލުން އިޢްތިރަފްވުމާ މި ހުރިހާކަމަކީވެސް ދިވެހިންގެ ވަލިއްޔުލްއަމްރަށް ޢަދާވާތްތެރިންގެމައްޗަށް ނަޞްރު ލިބުމަށް އިރާދަކުރެއްވިހިނދު އެކަލާންގެ މެދުވެރިކުރެއްވި ކަންތައްތަކެވެ. ހޮނު ގުގުރީގެ އަޑު އިވޭނީވެސް އިވުން ސަލަމަތުން ހުރިނަމައެވެ. ބުއްދީގެ ބޭނުންކުރެވޭނީ ސިނކުޑީގައި ކަމެއް ހުރެގެންނެވެ.

  35. ވަރަށް ހިތާމަކުރަން ތިޔަދަްަކާވާހަކައިން

  36. ކުރިންވެސް ރިސްވަތުގެ ތުހުމަތު ގާސިމަށާ ސްޕްރީމްކޯޓްގެ އަމުރަށް ތުހުމަތު ކުރެވިފާއޮތްއިރު އަޅުގަނޣުމެން ނެރުނު އަމުރެކޭ ބުނީމަ ނިސަބަތްވޭ ގާސިމަށްވެސް ނަސީދަށްވެސް މައުމޫނަށްވެއް އަދި އިތރު އެހެން ބަޔަކަށްވެސް ދޯ

  37. އެހެންނު ވާނީ ހިފިނުހުރެވިގެން މާއަނގަބޮޑުވީމަވެސް ވާނެ ތިހެން. ރައީސް ދޫނުދެއްވާތި.

  38. ބަޔަކަށް ލިބިފައިވާ ނުފޫޒުގެ ބޭނުންކޮށްގެން ގެންގޮސް ދިވެހި ޚަޒާނާގެ އަނގަމަތީގައި ބޭންދީމަ މަހުޖަނަކަށް ވާނެ ބޮއްޅަބޭވެސް..އެހެން ނޫނީ ތީ ހަމަ ބޮލެއް ނެތް ބުރުމާއެއް ފަދަ އެއްޗެއް.

  39. ތީއޭ ވަގުތުގެ މައްސަލައަކީ މާބޮޑުވަރުކޮށްފަ ތިއޮތީ މީގަ ޖަހާބަލަ އމ އަދުރޭ ފުލުހުންނައް ވުރެކުރީގައިއުޅޭ ވާހަކަ ޕޮލިސް ކަމިސަނަރުކަންކުރާާވާހަކަ މީގައި ލިޔެބަލަ ސްޕްރީމްކޯޓް ހިންގަނީ އެމް އެން ޑީ އެފުންނޭ ......

  40. ޙަސަން ޝާކިރު

    އަހަރެމެނ ހުކުމެއް ނެރުމާ، އަހަރެމެންނާ ބެހޭ ހުކުމާ އުޑާ ބިމާހާ ތަފާތު. ދެން އޮޅުވާލަން ނޫޅޭ.