ވެރިކަމުގެ ފުރަތަމަ ދުވަހު ޖަލަށްލާފައިވާ ހުރިހާ ސިޔާސީ ބޭފުޅުން ދޫކޮށްލައްވާނެ ކަމަށް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ، މަރަދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވާލާ ސަރުކާރުގެ ފުރަތަމަ ދުވަހު މާތް ރަސްކަލާނގެ ރަހުމަތްފުޅުން އެ ހުރިހާ ބޭފުޅުން މިނިވަންވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ، ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ގިނަ ބަޔަކު އުޅެމުން ދަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ސަރުކާރުގެ ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފަކަށް އެ މުވައްޒަފަކު ލޯބިކުރާ ޕާޓީއަށް ތާއިދުކުރުމުގެ ހައްގު ވެސް މިހާރު ނެތް ކަމަށެވެ.

"އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ އެހެން އޮވެ ބާއްވާ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ނުބުނެވޭނެ ރައީސް ޔާމީނަށް މި ގޮވާލަނީ އަޅުގަނޑުމެންގެ ލީޑަރުން ދޫކޮށްލުމަށް، ރައީސް މައުމޫން ޖަލުގައި އިންނަވަންޖެހޭ ސަބަބެއް ނެތް، ރައީސް ނަޝީދާއި ގާސިމް އިބްރާހިމަށް ރާއްޖެ ނާދެވެންޖެހޭ ސަބަބެއް ނެތް، ޝެއިހް އިމްރާން ޖަލުގައި އިންނަންވީ ސަބަބެއް ނެތް، އެއީ ކުށްވެރިންނެއް ނޫން" އިބޫ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމެއް ވެސް ނެތް ކަމަށެވެ. ނަމަވެސް އޭނާގެ ވެރިކަމުގައި އެކަންކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށާއި އެ ބޭފުޅުން ކުރައްވަމުން ދަނީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި އެއީ ގައުމީ މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެން ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވާލާ ސަރުކާރުން އިރާދަކުރެއްވިއްޔާ މިއަދު ސިޔާސީ ހަރަކާތަށް ނުކުމެގެން ވަޒީފާ ގެއްލޭ މީހުންނަށް އަނބުރާ އެ ވަޒީފާ ދޭނަން، އަދި ވަޒީފާއިން ވަކިކޮށް ލިބޭ ގެއްލުންތަކުގެ ބަދަލު އެ ހުރިހާ މީހުންނަށް ދޭނަން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ސިޔާސީ މަސައްކަތެއްނަމަ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫން އަދި އަދާލަތު ޕާޓީ ވެސް އެކުގައި ނޯންނާނެ ކަމަށެވެ. އެއީ މުޅިން ސިޔާސީ ފިކުރު ތަފާތު ހަތަރު ޕާޓީ ކަމަށެވެ.

"ގައުމުގައި އަދަލު އިންސާފެއް ނެތް، ވައްކަމާއި ފަސާދަ މިވަނީ އިތުރުވެފަ، އަޅުގަނޑުމެން ނުކުމެ މިތިބީ އެކަންކަން ބަދަލުކުރަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުލަވާލާ ސަރުކާރުން ތިޔަބޭފުޅުންގެ ބޭނުންފުޅުތައް ފުއްދައިދޭނަން" އިބޫ ވިދާޅުވިއެވެ.

ރައްޔިތުން ހަވާލުކުރާ މަސައްކަތް ތެދުވެރިކަމާއެކު ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ރައްޔިތުންގެ އުއްމީދުތައް ވެސް ހާސިލުކޮށްދެއްވާނެ ކަމަމުގެ ޔަގީކަން އިބޫ ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޭހާލުގެ ދުލުން

    މިހާރު ތިއޮތީ ހޮވިފަ.މީދުވަހަކުވެސް ސަރުކާރު ވަޒީފާއެއް އަދާކުރި މީހެއްތަ؟ އިންޝާﷲ ތިޔަޕާޓީން ކޮންމެ މީހަކު ކުރިމަތިލިޔަސް ނުހޮވޭނެ.

  2. ލާއިގު

    މޮޅު އަނގަ ނުތަޅާ!! އަނެއްކާ މީނަވެސް ޗާޓުން ބޭރުން ކަން ކުރާނަމޭތަ މިކިޔަނީ.!؟

  3. ފާއިޒް

    ތިކަހަލަ އަނިޔާވެރި އަކަށް ވެރިކަން ނުދެއްވާތޯ ދުޢާ ކުރަން. ފުރަތަމަ ވެސް ބޮޑެތި އަނިޔާވެރި މުޖްރިމުން ދޫކޮށްލަނީ ....

  4. ހާލަތު

    ކަލޭ ޖަލުގަތިބި ބޮޑެތި ކުށްވެރިން ގާނޫނު ބަދަލު ނުކޮށް ދޫކޮށްފިނަމަ ގާނޫނު އަސާސީއާއި ހިލާފްވީކަން ދަންނަން ވާނެ / މިހާރުވެސް ކަލޭގެ ކިބައިން ވެރިކަން ކުރުމުގެ ހައްގު ނިގުޅައިގަނެވިދާނެ.

  5. ސިސް

    މި ޚަބަރުގެ ސުރުޚީން ވެސް އެނގެނީ މިކަލޭގެ

    ވެރިކަމަށް އައިސް ޤާނޫނު އަސާސީ

    މުގުރާނެކަން. މިކަލޭގެ ކިބައިން މި ޤައުމު ސަލާމަތް ކުރައްވާށި.

  6. ތެދު

    މި ވަގު މާ ނުބައިވަާނެ އަންނި އަށްވުރެ

  7. ހައްވަ

    މާތް ރަސްކަލާނގެ ރަހުމަތް ވަރައް ތަނަވަސްވެގެންވޭ ﷲއިރާދަ ކުރެއްވިޔާ އެމްޑީޕީ އެއް ދެން މިގައުމުގައި ވެރިކަމެއް ނުކުރާނެ އިންޝާﷲ

    • ބޭބެ

      އާމީން.

    • ފަތުހީގެ ބައި

      އާމީން

  8. ދޮންޔޫސުފު

    ސިޔާސީ ބޭފުޅުކަން އެއީ އުފަންވާއިރު ދެއްވާ ކަމެއްތަ؟ އިސްލާމް ދީނުގައި ކުށަށް އަދަބު ދޭކަށް ސިޔާސީއެއް ދިޔާސިއެއް ނޯވޭ. ކީރިތި ޤުރްއާން ހިތުދަސް ޙާފިޡަކަށް ވިޔަސް ކުށެއް ކޮށްފިއްޔާ އަދަބު ދެވެންޖެހޭ.

  9. ފަތްމިނި

    އިބޫވެސް މިދައްކަނީ ނަޝީދު ދައްކާކަހަލަ ކޮސްވާހަކަ، ޖަލުގަ ތިބި ކުށްވެރިން ދޫކޮއްލާށޭ ބުނުމުގެ އެއްވެސް އިޚްތިޔާރެއް އިބޫއަކަށް ނެތް، ގައުމެއްގެ ވަލިއްޔުލް އަމުރަކަށް އަރަން އުޅޭ މީހަކު މިދައްކަނީ އެއްވެސް ހަރުދަނާ ކަމެއް ނެތްވާހަކަ، މިގައުމުގަ ދެންތިބީވެސް ތިމާމެންކަހަލަ މަރުމޯލުން ކަމަށް ހަދަންނޫޅޭ، ދޭހަވާ އެއްޗަކީ މިމީހުން ވެރިކަމަށް އައިއްސިއްޔާ މިގައުމުގެ ޢަދުލުއިންސާފެއް ނޯންނާނެކަން، މިމީހުން މިދައްކަނީ ޤައުމު ސުންނާފަތި ވެގެންދާކަހަލަ ބިރުވެރި ވާހަކަތަށް، ދިވެހި ލޮބުވެތި ރައްޔިތުން މިކަމާ ފުންކޮށް ވިސްނާ ފިކުރުކުރޭ.

  10. ޢަބްދުލް ﷲ

    السلام عليكم ورحمة الله وبركاته
    މީއިަންސާފު ތޯ؟
    1- އިންސާފެންނެތި ނުވަތަ އިންސާފުންތޯ ޖަލައްލެވުނީ ބެލުމެއްނެތި ދޫކޮންލުން އިންސާފުތޯ؟
    2- ހުރިހާ ވާހަކަ ތަކެއްދައަކާއިރު ވާހަކަ ތައް އެހާ މުޖުމަލުވަނީ (ތަފްސީލު ނުކުރަނީ) އިންސާފު ހޯދައި ނުދެއްވެގެންދޯ؟
    3- ވެދިކަމައް އަރާ ގޮތަށް އަންނިިއަށް (މުހައްމަދު ނަސީދަަަށް) ވެރިކަން ނުކުރެވެޔޭކިޔާފަ ވެރިކަންް ހަވާލު ކުރާނީީ އިންސާފުތޯ؟

  11. މޮންޓް

    ރައްޔިތުންގެ ފައިދާއަށްޓކައި މަޖިލިހަށް ހުށަހަޅާ ބަޖެޓައް ވޯޓް ނުދޭއިރު އަމިއްލަޖީބު ބޮޑުކުރަން ކޮމެޓީ އެލެވަންސް ނަންގަވާ ތިޔައިބޫ ރައްޔިތުންނަށްއޮތް އިޚުލާސްތެރިވާ މިންވަރުއިގޭ

  12. އަލީ

    ކެބިނެޓުވެސް އިއުލާންކޮށް މިނިސްޓްރީ ތަކުގައި ތަކަށް މީހުން މިހާރު ހޮވަންވީނު.
    ﷲ ގެ އިރާދަފުޅާއިއެކު މިފަހަރުވެސް ހޮވާނީ ރައީސް ޔާމީން.

  13. ޖޮއްބެ

    ހެހެހެހެ ހިންނަވަރޭ އަށް ނޭނގޭ ގާނޫނު އަސާސީ އޮތްކަމެއްވެސް.

  14. ޙަބޭސް

    ތިއަކީ މިގައުމަށް އާބައެއްނޫން ވައްކަމާ ފޭރުމާ އޮޅުވާލުމާއި މަކަރާއި ހީލަތަކީ ތިވެރިން ދަންނަ ފަރިތަކަމެއް އެއްމެމިސާލަކަށް ފުދޭނެ އެމްޑީޕީ ވެރިކަމުގެ 2 ބައި އަހަރުގެ ފޯނުބިލްތަށް މިހާރު އަސްލަމް އެފައިދެެއްކީ އަމިއްލަ އިުތިރާފަކީ އެއީ ފެންނަން އޮތްކުޑަ މިންވަރެެް

  15. ހުސޭނުބޭ

    މާނައަކީ އިންތިޚާބު ކާމިޔާނުކުރެވުނިއްޔާ ޤައުމުގައި ހުޅުވެސް ޖަހާނެޔޭ!..... ސިޔާސީ ކުށްވެރުިން އިތުރުކުރަން......... ކެކެކެކކެކެ

  16. ޒާ

    މީ ދެން ކޮން އަވަގުރާނައެއް ގޮވާ މީހެއްތަ؟ އެއީތަ ނުވެފަ އޮތް ކަމަކީ. ދޫކުރަންޏާ ޖަލުގައި ތިބި އެންމެންދޫކޮށްފައި ޖަލުބަންދު ކޮށްބަލަ.

  17. ޝާނާ

    ތީއޭ މައްސލައަކީ އަހަރުމެންނަށް ތަ މެންގެ ޕްރޮޕެގެންޑާ ވަރަށް ސާފު ހޮވުނަސް ބޮޑެތި ކުށްވެރިން ދޫކޮށް އައްނިއަށް ވެރިކަންދީ ޤައިރު މުސްލިމުން މި ޤައުމަށް އަތްގަދަ ކުރުން ދެން އޮތީ އެވާހަކަ ވެސް އިޢްލާން ކޮށްލައްޗޭ!
    އިރާދަފުޅުން އިދިކޮޅޭމެނަށް ނުވެސް ލިބޭނެ ވެރިކަން ދެން ބާރަށް އަތް ޖަހާ!

  18. ގާސިމް

    ތިބުނި އެއްޗަކުން ކަލެޔަކައްދޭނެ ވޯޓެއްނެޠް .. ޖަލުގަތިބީ ހުސް ކުއްވެރިން ވަކިބަޔަކުދޫކުރީމާ ކަލެއައް ވޯޓްދޭނީ އެމީހުންގެ އާއިލާ އެކަނި ހުރިހާމީހުންވެސް ދޫކޮއްދޭން ބުނޭ......

  19. ގާސިމް

    އިބޫ އިތުރަށް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން ހަނިކުރާނެ ކަމައް އިބޫގެ ދޮޅުއަހަރުގަ ގައިމުވެސް މައުމޫން ނެރޭންން. ދެން އަނެއް ދޮޅުއަހަރުގަ އެގޭނީ އައްނިއައް....

  20. އަލީ

    ވަކި ބަޔަކު ދޫކުރަން ގޮވާލާމީހަކަށް މަގޭ ވޯޓާ މަގޭ އާއިލާ ވޯޓު ހަރާން. އެންމެން ދޫކޮށްލަން ބުނޭ އޭރުން ވޯޓު ދޭނަން. އޭރުން ދޯ ތިޔަ އިންސާފޭ ކިޔާ އަނގަތަލާ ބައިގަނޑަށް އިންސާފުން ކަމެއް ކުރެވުނުކަމަށް ވާނީ.

  21. ނިބޫއަންނި

    މިހާރުވެސް ތިބުނަނީ ޤާނޫނާއި ޚިލާފަށް ޢަމަލު ކުރާނެކަމަށް، ވެރިކަމަށް އާދެވިއްޖެއްޔާ ދެންކިހާވަރެއްވާނެ، ކަލޭމެންނަށް ވޯޓް ނުދޭނަމޭ މަމިބުނަނީ އެހެންވެ، ޤައުމެއްވެސް ނޯންނާނެ

  22. އިނައްފު

    މިއަދުން ފެށިގެން އެމްޑިޕީ އައް ވޯޓް ލުން ހަރާމް ކޮށްފިން.........

  23. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ދައުލަތާއި އިދިކޮޅު ޙަރަކާތާއި ފިތުނައިގާ ކުށްވެރިވެ، އަދަބު ލިބިފައިވާ ފަރާތްތަކާއި އަދި އަދަބުލިބެމުންދާ ފަރާތްތައް ބޮޑުބުރާސްފަތީގެ މީހުންނާއި ނޮވެމްބަރު 3 ގެ މީހުންނާއި އަދި ފެބުރުއަރީ 1 ގެ މީހުންނަކީ، މިރާއްޖޭގެ ރައްޔިތުންނެވެ. އޭރުގެ ރައީސް އެބޭފުޅުންނަށް މަޢާފުދެއްވި ފަދައިން މިހާރުގެ ރައީސް ނުވަތަ މިއިންތިޚާބުގައި ހޮވޭ ރައީސް މަޢާފުދެއްވުމަށް އިންތިޒާރު ކޮށްކޮށް ހުރެވިދާނެއެވެ.