މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރިސޯޓު ތަކުގައި ބަހައްޓާ ވޯޓް ފޮށިތައް ބަހައްޓާނީ އެންމެ 7 ރިސޯޓުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންއިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހި ވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 250 މީހުން ރަޖިސްޓަރީވެފައިވާ ރިސޯޓްތަކުގައި ކަމަށެވެ.

އަދި ރިސޯޓެއްގައި 250 މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރިސޯޓެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަމަށްވެސް އިލެކްޝަންސްއިން ހާމަ ކުރެއެވެ. އިލެކްޝަންސްއިން ވިދާޅުވެފައިވަނީ 250 ހަމަ ނުވާ ރިސޯޓްތަކުގައި ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަމަށާއި އަދި އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 3 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށެވެ.

23 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ރިސޯޓްތަކަކީ، ކުރަމަތި އައިލެންޑް ރިސޯޓް (އއ. ކުރަމަތި)، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ( އދ. ރަންގަލިފިނޮޅު )، ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާ (އދ. ނަލަގުރައިދޫ)، ބަނޑޮސް މޯލްޑިވްސް (ކ. ބަނޑޮސް)، ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ (ކ. ލަންކަންފިނޮޅު)، ކުރެއްދޫ އައިލެންޑް ރިސޯޓު (ޅ. ކުރެއްދޫ)، ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް (ނ. މެދަފުށި)، އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓިނު

    ސަންސިޔާމް ބޯ މަތީގަވެސް އެކަތި ބަހައްޓަން ވީ ނޫންތޯ؟؟؟؟

  2. މަހާރެހެންދި

    ވޯލްޑުކަޕު ބެލިއިރު ކޮންމެ މެޗެއްގެ ފުރަތަމަ ހާފުނިމުނީމަ ޓީވީ އަށްއަރާ މަންޖެ އެއްކިޔާ ރާއްޖޭގަ އަލައް އެތައް ރިސޯޓެއް ހުޅުވުނު ވާހަކައާ އެތައް ވަޒީފާއެއް އުފެދުނުވާހަކަ، މިއަދު އެރިސޯޓުތަކުގެ މުވައްޒަފުން އެމަހުރޫމު ކުރަނީ އެމީހުންގެ ވެރިޔަކަށް ހޮވާނެ މީހަކަށް ވޯޓުލުމުގެ ހައްގު، ދެރަކަމެއް 2ވަނަވިސްނުމަކަށް ދާނެ ކަމަށް އުންމީދުކުރަން

    • ކައްކާ

      ސާފުކޮށް ލިޔެފައިވާ އެއްޗެއް އަލުން ކިޔާލާ.

  3. ޙުސެން

    މިއީ ވަރަށް ގިނަމީހުން ވޯޓުލުމުން މަޙްރޫމް ކުރުމަށް އިލެކްޝަނުން ރާވައިގެން ހިންގާޖަރީމާއެކެވެ. ޜާއްޖޭގެ ވަރަށް،މަދު ރިސީރޓެއްގައި ނޫނީ 250 ދިވެހި މުއައްޒިފުން މަސައްކަތެއް ނުކުރެއެވެ. އެކަމަކު 100 އަށް ވުރެގިނަ ރިސޯރޓް ތައް ވާއިރު ރިސޯރޓެއްގައި ފަންސާސް މުއައްޒިފުން ތިއްބަސް ފަސް ހާހަށް ވުރެގިނަމީހުންނަށް ވޯޓް ލުމުގެ ފުރުސަތު ގެއްލޭނެއެވެ. މިއީ ކަނޑައެޅިގެން ވަގު ވޯޓް އެޅުމަށްޓަކާރާވަަާ ރޭވުމެކެވެ.

  4. ނައީމް

    ﷲ އިރާދަފުޅު ކުރެއްވިއްޔާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ވޯޓް ލުމުގެ ހައްގު ލިބިގެންދާނެ. ވެރިކަން ދެއްވަނީ މާތްﷲ