ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ރާއްޖެއާމެދު ފިޔަވަޅު އެޅުމުން ލިބޭ ގެއްލުމުގެ ޒިންމާ ވާނީ ރައީސް ޔާމީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިއްޔެ އެމްޑީޕީ އޮފީސް ކުރިމަތީގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އީޔޫ ފަދަ ބައިނަލްއަގްވާމީ ބޮޑެތި ޖަމްއިއްޔާ ޖަމާއަތްތަކުން ރާއްޖެއާ މެދު ފިޔަވަޅު އެޅުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.

އިންތި ވިދާޅުވީ ރާއްޖެއާމެދު ފިޔަވަޅު އަޅަނީ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް އެހީތެރިވަމުންދާ ބައެއް ފަރާތްތަކާމެދުގައި ކަމަށެވެ.

"ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މިސަރުކާރުގެ އަމަލުތަކުގެ ސަބަބުން, ރާއްޖޭގައި އިންސާނީ ހައްގުތައް ނެތުމާއި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި އަދުލްއިންސާފު ނެތުމަކީ ދިވެހި ރައްޔިތުންގެ އިތުރުން ދުނިޔޭގެ ގައުމުތަކުން ވަރަށް ކަންބޮޑުވާ ކަންތައްތަކެއް" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ދުނިޔޭގެ ގައުމުތައް ހިނގަމުންދާގޮތާއި ލާއިންސާނީ އަނިޔާތަކާއި ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގަމުންދާކަން ފެންނަމުންދާ ކަމަށެވެ.

"ގާނޫނާއި ހިލާފު އަމުރު ކުރާ ފަރާތްތަކުން ކުރާ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުންނާއި ސިފައިން ތަބާވާކަށް ނުޖެހޭ. ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާ ފުލުހުންނާއި ސިފައިން ކުރަނީ ވެސް ޣައިރު ގާނޫނީ އަމަލުތަކެއް" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެފަދަ އަމުރު ކުރާ ފަރާތްތަކާއި އެފަދަ އަމުރުތަކަށް ތަބާވާ ފަރާތްތަކާމެދު ކުރިއަށް އޮތް ތާނގައި ތަހުގީގު ހިންގާ ޝަރީއަތް ހިންގޭނެ ކަމަށެވެ.

"ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ފުލުހުންނާއި ސިފައިންނަށް އިލްތިމާސް ކުރަން" އިންތި ވިދާޅުވި އެވެ.

އިންތިހާބެއް ބާއްވައިފިއްޔާ ރައީސް ޔާމީން ބޮޑުތަނުން ބަލިވާނެ ކަމަށާއި އޭގެފަހުން އުފެދޭ ސަރުކާރުން ރައީސް ޔާމީނާއި އެމަނިކުފާނަށް ވާގިވެރިވި ފަރާތްތަކާމެދު ތަހުގީގު ހިންގާ ޝަރީއަތް ކުރެވޭނެ ކަމަށްވެސް އިންތި ވިދާޅުވި އެވެ.

"އިންސާފު ގާއިމުކުރާނީ ރައްޔިތުންނާއި ދުނިޔޭގެ ގައުމުތަކުން އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ގަބޫލުކުރާ ހަމަތަކުގެ މަތިން. ރައްޔިތުންގެ ބައިތުލްމާލު ކައި ހުސްކުރާ ވެރިންނާމެދު އަދުލްއިންސާފު ގާއިމު ކުރެވޭ ދުވަސް މާދުރެއް ނޫން" އިންތި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޙަސަނު

    އިންސާފަށް ލޯބިނުކުރާބަޔަކަށް އިންސާފެއް ހޯދައެއް ނުދެވޭނެ. ދިގު30 ނިމުނުއިރުވެސް ތިހެންބުނި

  2. މައުސް

    މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ލާދީނީ ތިއަނިޔާވެރި ބައިގަޑު ﷲ ކަލޭކަހަލަ އަނިޔާވެރިން ހިއްޕަވާ މިޤައުމު އަމާން ކުރައްވާށި އާމީން

  3. އަޙްމަދް

    އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ އިދިކޮޅު މީހުން ޒިއްމާނަގަން ޖެހޭނި.

  4. ބިންތި

    ނޫނޭ. ޒިންމާ ނަގަންޖެހޭނީ ބޭރުމީހުންނައް ތިމަންނަމެން ރާއްޖޭގެ ވެރިކަމައް އަރައިފިއްޔާމުން އެހެން ދީންތައް ތައާރަފް ކުރަން ދޮރު ހުޅުވައިދޭނެކަމައް ވައުދުވެ ބޭރުމީހުން ރާއްޖޭގެ ކަންކަމައް އަތް ބާނަދޭން ކެނޑިނޭޅި ގޮވަމުންދާ ލާދީނީ އެމްޑީޕީގެ ބައިގަނޑު.

  5. ސސ

    ހުރިހާ ގެއްލުމެއްގެ ޒިންމާ ނަގަންޖެހޭނީ ނަޝީދު، ދުވަހަކުވެސް މަޢާފެއްނުކުރާނަން.

  6. އިނދިކޮޅު

    ޒިންމާ ވާން ޖެހޭނީ ފިޔަވަޅު ނޭޅިގެން އީޔޫ ބައިބުޑަށް ވެއްޓެން ދިޔަ މީހުން. ރާއްޖެ ބަނޑަށް ނުޖެއްސިގެން މިތާގަ އޮތް އިސްލާމްދީން ފުނޑު ނުކުރެވިގެން އުޅެނީ ތިބައިގަނޑުކަން ނޭގޭ މީހަކު މިރާއްޖެއަކު ނުވޭ.

  7. Anonymous

    ކަލޭ ނުލިބޭ ކަމަށް ތިތުހުމަތު ކުރާ ހުރިހާކަމެއް މިގައުމުގަޢި ކުރެވޭތީނޫނެހޭ ކަލޭވެސް ތިހުރީ މަގުތަކަށް ނިކުމެ ފެލެން. މީހުން އެއްކޮށްގެން ކަލޭމެން ދައްކަން ބޭނުންވާ މަންޒަރެއް ނުއުފެއްދޭނެ ދެނެއް. ޢީޔޫ އިން ނަށީދަށް އިންޒާރުކުރީ ދޮގުނުހެދުމަށް އަދި ކަލޭމެންނަށް ނޭނގޭނެއޭ ތިމަންމެން ކަންކަން ކުރާނެ ގޮތެއް. ލަދުކޮބާ

  8. ޝަހީމް

    މިކަމުގެ ޒިންމާނަގަން ޖެހޭނީ ކުރީގެ ރައިސް އަންނި، އެމީހުންނަކީ ފިޔަވަޅު އެޅިޔަސް އިރާދަ ކުރެއްވިއްޔާ ރާއްޖެ ބަނޑަކައް ކުޖެހޭނެ

  9. ޙަފްޞާ / މާލެ

    ފިއްކަނޑުވަން ނޫޅޭ! ތިޔަ ދައްކާ ބިރަކުން ރައީސް ޔާމީންގެވެސް އެމަނިކުފާނުގެ ކެބިނެޓގެްވެސް އެމަނިކުފާނުގެ ސަޕޯޓަރުންގެވެސް ޢަޒުމެއް ގުޑުވައެއްނުލެވޭނެ އިންޝާއަﷲ! މާތްﷲ އީ އިސްލާމްދީނަށް ނަޞްރުދޭފަރާތްތަކަށް ނަޞްރު ދެއްވުމުގައި ވޮޑިގެންވާ ކަލާންގެ! އީޔޫ ދިވެހިރާއްޖެއަށް ފިޔަވަޅުނާޅާނެ! އެޅިޔަސް ފަރުވާލެއްނެތް!

  10. ނަފީސް

    ދިވެހިރާއްޖޭގެ ވެރިކަމާހުރެ ތެޅިފޮޅޭ ތިޔަ ބައިގނަޑު ތިތިބީ ތިބި ގޮތް! ތީގައި އެއްޗެއްލިބޭނޭ މީހަކުނެތް ދައުލަތް ދަވާލައިގެންނޫންގޮތަކަށް! އެހެންވެ ތިޔަ މަރުވަނީ!!!

  11. ދީދީ

    ތިބުނާ ތާކުން އަޅާ ފިޔަވަޅެއް އެޅުމުން އެކަމުގެ ޒިންމާ ވާންޖެހޭނީ، މިޤައުމުން އިސްލާމް ދީން ފޮހެލާ، ޤައުމު ސުންނާފަތި ކުރަންއުޅޭ ތިއުޅޭ އެމް.ޑީ.ޕީ ގެ ރުހާނީ ލީޑަރާއި އިންތިމެންކަހަލަ ލާދީނީ ފިކުރުގެ މީހުން،
    ތިއަޅާ ފިކުރަކުން އަހަރުމެންނަކަށް އިރާދަކުރެއްވިޔާ އެއްވެސް ގެއްލުމެއް ނުލިބޭނެ، އަރުމެން ވަކީލުކުރާނީ މާތްﷲ އަށް

  12. ޙަބޭސް

    އީޔޫއަށް ދޮގު މަޢުލޫމާތު ދޭމީހުންގެ ޒިންމާއެއް ނެތްތަ؟
    ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާ އާދޭސް ކުރާމީހުންގެ ޒިންމާއެއް ނެތްތަ؟
    ކުލީސިފައިން ރާއްޖެެެއަށް ފޮނުވަން ގޮވާމީހުންގެ ޒިންމާއެއް ނެތްތަ؟
    ޢިދުކޮޅޭމެންގެ ޒިންމާއަކީ ހަމައެކަނި މުޒާހަރާ ކުރުމާެއި ހަމަނުޖެހުން އުފެއްދުންދޯ

  13. ޙަބޭސް

    ކަލޯމެންގެ ވެރިކަމުގަ ކުރާ ހުކުމް ތަކަކީސިޔާސީ ހުކުމަކަށް ނުވާނެތަ މިހާރުކުރާ ހުކުމްތަށް ސިޔާސަި ވާފަދައިން އިދިކޮޅޭމެން ކުރާ ހުކުމްވެސް ހަމަ ސިޔާދީވާނެ

  14. ހުސޭނުބޭ

    އޭތް އިންތި! ކަލޭގެ ބަނޑު ހަރުވެގެން ފާޚާނާ ކުރުމަށް ދަތިވުމުންވެސް އެކަމުގެ ޒިންމާ ޔާމީނުގެ ބޮލުގައި އެޅުވޭތޯ ބަލާތި!

  15. ޒާ

    ޒިންމާ ނަގާނީ އިންތީ ކަލޭ އަދި ކަލޭގެ އެކުވެރިންކަމަށްވާ ފުވައްމުލަކު ޖަމީލާއި، ކެރަފާ ނަޝީދާއި ކެރަފާ ނަސީމު.

  16. އަޙްމަދް

    ހައްދަވާ ގެންގުޅުއްވާ އަޅަމެންގެ ވެރި ރައްބް
    މި އަނިޔާވެރި އިދިކޮޅުމީހުންގެ ދުލާއު އަތުގެ ނުބައިކަމުން އިބ ﷲގެ ރައްކާތެރިކަމުން އަޅަމެންނާއި އަޅަމެންގެ މުސްލިމުވެރިޔާ ރައްކާތެރި ކުރައްވާފާނދޭވެأمين

  17. ޏަމްޏަމް

    މިނުލަފާ އިންތިޔައް މިގައުމުގެ ދީނީ ވެރިޔާ އަދި ތަރައްގީގެ ވެރިޔާ އަކާ ނުކުޅެވޭނެ.

  18. ނަމެއްނުޖަހާނަން

    މި މީހުންގޮސް ކުޓުވަކުޓުވާފަ އާދޭސްކޮއްހެދީމަ ފިޔަވަޅެއް އަޅަން އުޅުނީމަ އޭގެ ޒިންމާ ޔާމީނު ނަގަންޖެހެނީކީއްވެޔޯ؟ އަމިއްލަގައުމުގަ ނުވާވަރުކަންތަކާނޫޅެބަލަ

  19. ޝުކުރީ.

    މާތް ﷲ، މިނުލަފާ އިންޗި މެންގެ ކިބައިން މިގައުމު ސަލާމަތް ކުރަށްވާށި. އާމީން.

  20. ޠރ

    މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ލާދީނީ ތިއަނިޔާވެރި ބައިގަޑު ﷲ ކަލޭކަހަލަ އަނިޔާވެރިން ހިއްޕަވާ މިޤައުމު އަމާން ކުރައްވާށި އާމީން

  21. ލުއްޗާ

    ކަލެއާ ކަލޭގެ އެކުވެރިން އަޅުކަންކުރަން ފައްޅި

    އަޅަން މި ޤައުމުގައި ހުއްދައެއް ނުދިނުމުން

    އެކަމާއި ވިދިގެން ދިމާވާ އެއްވެސް ގެއްލުމެއްގެ

    ޒިންމާ ޔާމީން ނަގާކަށް ނުޖެހޭނެ.

  22. ާމުސަޅު.1ޮ

    ޢީޔޫއިންފިޔަވަޅު އަޅައިފިނަމަ ޒިންމާވާންޖެހޭނީ އަންނިައާއި ތިބައިގަނޑު