ލޯފަން ކުދިނަށް އަމާޒުކޮށްގެން ތާނަ ބުރެއިލްސް ގެ ނަމުގައި ކޯހެއް ދިވެހި ބަހުގެ އެކަޑެމީއިން ފަށައިފިއެވެ.

ދިވެހި ބަހުގެ އެކަޑެމީގައި ބޭޭޢްވި ރަސްމިއްޔާތުގައި ކޯސް ފަށްޓަވާދެއްވީ ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީއެވެ.

ތާނަ ބްރައިލް ކޯހުގެ ބައިވެރިންނާ މުހާތަބު ކުރައްވާ އަޝްރަފް އަލީ ވިދާޅުވިގޮތުގައި "މިމަސައްކަތަކީ ތާނަބުރައިލް މުގައްރަރަށް ފޮތެއް ތައާރަފް ކުރެވި ތާނާގެ އިހުސާސު ލޯފަން ބޭފުޅުންނަށް ލިއްބައިދިނުން" ކަމަށެވެ.

އަޝްރަފް އަލީ ވިދާޅުވިގޮތުގައި ދިވެހި ބަހުގެ އެކަޑީމިން ފަށާފައިވާ މިމަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ލޯފަން ދިވެހި ދަރިވަރުންނަށް ތާނަ އޭގެގޮތުގައި އެ އިހުސާސުތަށް އެދަރިވަރުންނަށް ގެނެސްދިނުން ކަމަށެވެ.

ލޯފަން މީހުންނަށް ތާނަ ލިޔަން ކިޔަން ދަސްކޮށްދިނުމަށް ކޯހެއް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަޝްރަފް އަލީ ފާހަގަ ކުރެއްވި ގޮތުގައި އާންމު ކުއްޖަކަށް އެކުއްޖާގެ ޅަފަތުގައި ދިވެހި ބަހުން އުގަންނައިދީ ތައުލީމު ގައި ބަސްތަށް ދެނެގަނެ ނަގައިގަންނަން ދަސްކުރާފަދައިން ލޯފަން ކުދިންނަށްވެސް އެކުދިންގެ ޅަފަތުގައި ދިވެހި ބަސް އަދި ތާނަ އަކުރުގެ ތެރެއިން ބުރެއިލް ދަސްކޮށް ދިނުމުން އާންމު ކުއްޖެކޭ އެއްގޮތަށް ލޯފަން ކުދިންނަށްވެސް އެހެންކުދިންނާ ހަަމަހަމަވެގެން ދާނެކަމަށް އަޝްރަ ފާހަގަކުރެއްވިއެވެ.

ތާނަބުރެއިލްސްގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކުގެ ލޮލަށް ނުފެންނަ ކުދިން ލިޔެ ކިޔާ އުސޫލުން ލޮލަށްނުފެންނަ ބޭފުޅުންނަށްވެސް ތާނައިން ލިޔެފައި ހުންނަ އެއްޗެހި ކިޔަން އެނގި އަމިއްލަޔަށް ތާނަ އަކުރުން އެއްޗިހި ލިޔަން ދަސްވެގެން ދާނެއެވެ.

ލޯފަން މީހުންނަށް ތާނަ ލިޔަން ކިޔަން ދަސްކޮށްދިނުމަށް ކޯހެއް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކޯހުގެ ކިޔަވާދިނުން ކުރިޔަށް ދާނެގޮތުގެ މައުލޫމާތު ދެއްވަމުން އަހުމަދު ރަޝީދު ވިދާޅުވިގޮތުގައި މަސްދުވަހަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގައި ލޮލަށް ނުފެންނަ ފަސްބައިވެރިން ބައިވެރިވެއެވެ.

"ކޯހުގެ ދަރިވަރުން ބޭނުންކުރާނީ ބުރައިލްއެއް. އެއީ ކަރުދާހުގައި އުފުލިފަ ހުންނަ ތިކިތަކެއް. އެތިކިތައް ތަފާތު 64 ގޮތަކަށް އަތުރާލެވި އެ 64 ގޮތުގައި އެދަރިވަރުން އިގިލިތައް ޖައްސައިގެން ކިޔަން ދަސްކުރާނީ. ތާނަ އެއްޗެއްބަލައިގެން ކިޔާލާހާ ފަސޭހައިން އެކުދިންއިގިލިތަކުގެ އެހީގައި ފަރިތަކަމާއެކު ކިޔަންދަސްކޮދެވިގެންދާނެ" އަހުމަދު ރަޝީދު ވިދާޅުވިއެވެ.

މިއީ ތާނަ ދަސްކޮށްދިނުމަށް ރާއްޖޭގައި މިފަދަ ކޯހެއް ހިންގާ ފުރަތަމަ ފަހަރެވެ.