ގައިން ގަޔަށް އަރާ ބަލިތައް ރިޕޯޓް ކުރި މިންވަރު މިދިޔަ ޖޫން މަހު މަދުވެފައިވާކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން މެއި މަހުގެ ނިޔަލަށް ޑެންގީ، ވައިރަލް ހުން އަދި އަރިދަފުސް ރޯގާ ގިނަ ކަމަށް ފާހަގަ ކުރެވުނު ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ޖޫން މަހު ވައިރަލް ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ (މާލެ، ހުޅުމާލެ، ވިލިމާލެ) ހއ، ހދ، އަދި ނ އަތޮޅުންއެވެ. ޖޫން ގައި ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯރޓް ކޮށްފައިވަނީ ގއ، ށ، ހދ އަދި ކ، ނ ،މާލެ (މާލެ، ހުޅުމާލެ، ވިލިމާލެ) އިންނެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުގައި ވާގޮތުން އަހަރުގެ ކުރީ ކޮޅު ބޭރަށް ހިންގުން ގިނަ ކަމުގައި ވީނަމަވެސް، ފެބުރުއަރީ މަސް ނިމި މާރޗް މަހުގެ ނިޔަލަށް މި އަދަދު ވަނީ ދަށްވެފައެވެ. ނަމަވެސް މެއީ މަހާ އަޅާބަލާ އިރު ޖޫން މަހު ބޭރަށް ހިންގުން އަނެއްކާވެސް އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު