އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ރިޔާސީ އިންތިހާބަށް އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، ރާއްޖެ އިން ބޭރަށް ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.

އިބޫ ވަޑައިގަންނަވަނީ ކޮން ގައުމަކަށް ކަމެއް ވިދާޅެއް ނުވާއިރު އިބޫ ކުއްލި ގޮތަކަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވާކަން ހާމަކުރެއްވީ އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އެނބުރި ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން، މީޑިއާތަކަށް އިންޓަވިއު ދެއްވަމުންނެވެ.

ރާއްޖެ އިން ބޭރަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ކެމްޕެއިން ދަތުރުފުޅުތައް އަލުން ފައްޓަވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.

އިބޫ އައްޑޫ އާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ގިނަ ގެތަކަކަށް ވަޑައިގެންފައެވެ.

އިބޫ ވިދާޅުވީ ރައްޔިތުން ތިބީ މި ސަރުކާރުގެ މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް، ކެތްމަދުވެފައި ކަމަށެވެ.

" ރައްޔިތުންނަށް އެނގޭ މި ސަރުކާރުގެ އަމަލުތައް ހުރި ގޮތް. މި ވަގުތު ރައްޔިތުން ތިބީ، އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ ވޯޓުލާނެ ދުވަހެއްގެ އިންތިޒާރުގައި، ހަމަ ޔަގީނުން ވެސް، އިރާދަ ކުރެއްވިއްޔާ އެ ދެ އަތޮޅުން، އަޅުގަނޑުމެންނަށް ބޮޑު ތާއީދެއް ލިބިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

އިބޫ އެންމެ ފަހުން އެމަނިކުފާނު ވަޑައިގެންނެވީ އެމްޑީޕީގެ ކޮންގްރެސްގެ މަޝްވަރާތަކަށް އަވަށްޓެރި ސްރީލަންކާއަށެވެ. އެ ދަތުރުފުޅުގައި އިބޫ ވަނީ ނަޝީދުއާ ބައްދަލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަސީން

    އިބޫގެ ދަތުރަކީ ބަފާބެއާ ބައްދަލުކޮށް ކެމްޕޭން ކަންތައް ކުރިއަށްގެންދާނެ ގޮތަކާ އިތުރައް ފަތުރާނެ ޕްރޮޕަގެންޑާ އަކާމެދު މަޝްވަރާ ކުރަން އެމަޝްވަރާގައި ނަޝީދު ވެސް ބައިވެރިވާނެެ.

  2. މިރުސް

    މީނައަށް ވެރިކަންހަވާލުކުރިޔަސް މިސޮރުގެ ހާލަކަށްވާނީ މިގޮތް އަމިއްލައަށް ވެރިކަން ކުރާކަށްނޭގޭނެ މިހާރުވެސް އެދިޔައީ ފަރަންޖީގެ އެހީހޯދުމަށް މިފަދަފަރާތަކަށް ރާއްޖޭގެ ވެރިކަން ހަވާލުކޮށްނުދެއްވުންއެދި ﷲގެ ހަޟުރަތުގައި ދުއާކުރަން

    • ޭްްކީކޭބުނާނީ

      އާމީން

  3. ހުސޭނުބޭ

    އަނެއްކާ އިންޑިޔާ ސިފައިން ގެންނަންތަ؟ ތިއީ އިންޑިޔާ ސިފައިން އައިސް ރާއްޖެ ހިފުމަށް ގޮވާލި ޚާއިނުން.

  4. ސ

    އާމީން

  5. މަންތިރި

    ކަލޭމެންނަށް ތިނޫން ގޮތަކަށް އެއްވެސް ކަމެއް ވޭތާ؟ ދަތުރުކެންސަލް=ކުއްލިގޮތަކަށް. ދަތުރަށް ފުރުން=ކުއްލިގޮތަކަށް. މުޒާހަރާކުރުން=ކުއްލިގޮތަކަށް. މުޒާހަރާ ހުއްޓާލުން= ކުއްލިގޮތަކަށް. 2008ގައި ވެރިކަމަސް އަުން= ކުއްލިގޮތަކަށް. ޢަބްދުﷲޣާޒީ ވަގަށްނެގުން= ކުއްލިގޮތަކަށް. އިސްތިއުފާދިނުން= ކުއްލިގޮތަކަށް. ޤައުމުގަ ހުޅުޖެހުން= ކުއްލިގޮތަކަށް. ފަނޑިޔާރު ވަގަށްނެގި ޝަރީޢަތްކުރުން= ކުއްލިގޮތަކަށް. ޙުކުމްކޮށް ޖަލަށްލުން= ކުއްލިގޮތަކަށް. މައިބަދަބިނދިގެން ލަންޑަނަށްފުރުން= ކުއލްިގޮތަކަށް. ސަރުކާރު ވައްޓާލަން ފޫގެޅުން= ކުއްލިގޮތަކަށް.

  6. ނައްލަބެ

    ޝައިތާނާ ބައްދަލު ކޮއްލަން ކުއްލި ދަތުރުފުޅެއް ފެއްޓެވީ އަދި އީޔޫ އައް ޕުރޮފަގެންޑާ ފަތުރަން

  7. ޙަބޭސް

    މިވެރިން މިކުރަނީ އެމް ޑީޕީ ކެންޕެއިނެއްތަ ނޫނީ އިއްތިހާދު ކެންޕެއިނެއްތަ ފެންންނީހުސް ރީންދޫ މިވެސް ހީލަތްތެރި ރޭވުމެެްދޯ

  8. އާބިދާ

    އެސޮރުވެސް މައިބަދައިގެ އޮޕަރޭޝަނަކަށް އެދިޔައީ