ބަނޑުން ތަންކޮޅެއް ތޮރުފައިގެން މައިކަށީގެ ބަދައެއްގެ ބޮޑު އޮޕަރޭޝަނެއް އައިޖީއެމްއެޗްގައި ކާމިޔާބު ކަމާއެކު ކޮށްފިއެވެ.

މި އޮޕަރޭޝަންގައި އިސްކޮށް ހުންނެވީ ރާއްޖޭގެ ކަށީގެ ޑޮކްޓަރު ޑރ. ޔޫސުފް ޝާނެއެވެ. އަދި އޭނާއާއެކު ދެން މަސައްކަތް ކުރެއްވީ ނޭޕާލްގެ ޑޮކްޓަރެކެވެ. މައި ކަށީގެ ޑިސްކެއް ހަލާކުވެފައިވާ ބަލިމީހަކަށް ފަރުވާކުރުމަށް މިދިޔަ އަންގާރަ ދުވަހު ކުރި މި އޮޕަރޭޝަން އަކީ ރާޢްޖޭގައި މީގެ ކުރިންކޮށްފައި ނުވާ ބޮޑު އޮޕަރޭޝަންއެކެވެ.

އޮޕަރޭޝަން ގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރު ޑރ ޝާން ފޭސްބުކްް ގައި ވިދާޅުވިގޮތުގައި އަންޓީރިއާ ލަމްބާ އިންޓަބޮޑީ ފިއުޝަން، (ބަނޑުން ތަންކޮޅެއް ތޮރުފައިގެން މައިކަށީގެ ބަދަައިގެ އޮޕަރޭޝަން ) ވަރަށް ކާމިޔާބު ކަމާ އެކުކޮށް ނިންމާލެވިފައިވާ ކަމަށެވެ.

ޝާން ވިދާޅުވި ގޮތުގައި އެބޮޑު އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވުނީ އޮޕަރޭޝަންގައި އެހީތެރިވި ކުޅަދާނަ ސާޖަނުންނާއި ސުޕެޝަލިސްޓުން ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ރައީސް ޔާމިން ފައްޓަވައިފައިވާ މަޝްރޫއުގެ ދަށުން ދިވެހިންގެ ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ އައިޖީއެމްއެޗް ތަރައްގީ ކުރުމު ގެބޮޑު މަސައްކަތެއް ފަށާފައިވާއިރު ރާޢްޖޭން ކުރެވެންނެތް އެތައް ބައްޔަކަށް މިހާރު އައިޖީއެމްއެޗް ގައި ފަރުވާ ކުރެވޭނެ އިންތިޒާމް ސަރުކާރުން އަންނަނީ ހަމަޖައްސަވަމުންނެވެ.

ސަރުކާރުން ހާމަކުރާ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ދަރުމަވަންތަ ހޮސްޕީޓަލް ގެ މަސައްކަތް ނިމުމުން ޒަމާނީ ފަރުވާތަށް ރާޢްޖޭން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޏަނި

    ސުކުރުވެރިވަން ރަައީސް ޔާމީނާ ސާން އައް

  2. ޙަފްޞާ / މާލެ

    ކޮބައި ފެނޭތަ؟ ފެނޭދޯ؟ ރައީސް ޔާމީންގެ ވަޢުދު ފުދި އިތުރުވެއްޖެ! " ބޮޑަތިބަލިތަކަށް ރައްޖޭގައި ތިބެގެން ފަރުވާހޯދޭނޭ ދުވަހެއް ގެނައުން " އެއީ ރައީސްގެ ވަޢުދު! ޓްރީޓޮޕްހޮސްޕިޓަލް އައްޑުގައި ޤައިމުކުރާ ހޮސްޕިޓަލް އައިޖީއެމްއެޗް ދަރުމަވަންތަހޮސްޕިޓަލް ، ހުޅުމާލޭ ހޮސްޕިޓަލް އަތޮޅުހޮސްޕިޓަލްތައް ބައްލަވާލައްވަން ރީދުލޭމެން ދޭބަލަ! އައިސްފަހުރި ކުރިއެރުންތައް ފެންނާނެ! ދެފައިދަޑިޔަށް ނުދެވިއްޖާ ރަގަޅު! އެއްކޮށް ފަނާކޮށްފައިއޮތް އެއްޗެއް އަލުން އިޢާދަކުރަން ވަގުތުނަގާނެ! 4 އަހަރުން ވީވަރު ހީވެސްނުކުރާހާ ރަގަޅު! އަންނިވެސް ގެނެސްބަލަ މައިބަދަ އޮޕްރޭސަންކުރަން މާލެއަށް!

  3. އަންނިގެ މައިބަދަ

    ރައީސް ޔާމީން އަށް ޝުކުރާ މުބާރިކުބާދީ އަރިޝް ކުރަން ގައުމުގެ ތަރައްގީ އަށް ތިކޮއްދެއްވާ މިންނެތް މަސައްކަތުގައި ﷲ ބަރަކާތް ލައްވާށިއެވެ އާމީން .

  4. ކިޔާ

    އަލްޙަމްދުލިﷲ.މަރުހަބާ ޑރ.ޝާން އަދި ޓީމަށް.

  5. ހުސޭނުބޭ

    ބުއްޅަބެޔަށް ޖެހިފައި އެހުރި މައިބަދައިގެ ބަލި ފަސޭހަކުރުމަށް ޖެހޭނީ އައިޖީއެމްއެޗް ބުއްޅަބެ ހުރިތާކަށް ގެންދާން.