ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހަސަން މުޢުނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަކަަށް އައްޔަން ކުރައްވާފައި ވަނީ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފެވެ.

ރައީސް އޮފީހުން ވިދާޅުވީ، މުޢުނީ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

މުޣުނީ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީން ބެޗެލަރ އޮފް ސައިންސް ހާޞިލްކުރައްވާ، އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައްބެ

    ތިކަންވާނެގޮތަށް ވަމުންތިޔަދަނީ ރެވުމެއްގެ ތެރެއިން މިއީ ބޮޑުވެގެންވާޖަރީމާއެއް ފަޅާއަރާދުވަހު ކަޅުފައިސާބެހިގޮތާއި ދިންމީހުން ފަޅާއަރާނެ އެދުވަހު ލައިވުކޮށް ޝަރީއަތް ހިނގާނެކަން ޝައްކެއްނެތް.

  2. ބޯޖަލީލު

    ހަމަ ހުސް ބޮލެއް ، ސްޓެލްކޯއަށް ލިބުނު ކުރިއެރުމަކީ ރައީސް ޔާމީނުގެ ވިސްނުމާއެކު ޒުހޫރު ގެނައި ބޮޑުބަދަލު ވިޔަފާރި އުސޫލުން ރަނގަޅު މަންފާއެއްލިބޭގޮތަށް ސްޓެލްކޯ ހިންގަންފެށީ ޔާމީނުގެ ވެރިކަމުގައި ޒުހޫރު އެމް ޑީ އަކަށްހުރެ ...