އިދިކޮޅު ހަތަރު ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާ އެކަނި ވެސް ވާދަކޮށްނުލެއްވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

"މި ޖީލުގެ އަޑު" ނަމުގައި ޕީޕީއެމުން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ވަނީ އިދިކޮޅު ލީޑަރުން ހަމައެކަނި މެޑަމް ފާތިމަތު އިބްރާހިމްއާއި ވާދަކޮށްވެސް އިންތިހާބެއްގައި ނާކާމިޔާބު ވާނެ ކަމަށް ދޭހަވާގޮތަށް ވާހަކަފުޅު ދައްކަވާފައެވެ.

"ރައީސުލްޖުމްހޫރިއްޔާ ބަހައްޓަވާ. ޕީޖީ ގުރޫޕު ބަހައްޓަވާ. އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުން ބަހައްޓަވާ. ހަމައެކަނި މެޑަމްއާ ވެސް މިބޭފުޅުންނަށް ވާދަނުކޮށްލެވޭނެ." މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ސައީދު ވިދާޅުވީ މި އަހަރުގެ އިންތިހާބަށް ރައީސް ޔާމީން ކުރިމަތިލައްވާއިރު ތިން ތަނބެއް ބިނާ ކުރައްވާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ ތިން ތަނބަކީ އިސްލާމް ދީން ހިމާޔަތް ކުރެއްވުމާއި، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިންމުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމުން ކަމަށެވެ.

އަދި ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމްއާއި މުހައްމަދު ނަަޝީދުގެ ސަރުކާރުތަކަށް އިށާރާތްކޮށް މިނިސްޓަރ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް މައުމޫނުގެ ސަރުކާރުގައި އަބުރު ކަތިލުމަކީ ފެޝަނެއް ކަމަށް ސިފަ ކުރެއްވި އިރު އޭރު ރައީސް މުހައްމަދު ނަޝީދު ނުވަތަ އެމަނިކުފާނުގެ އާއިލާ އިން ބަޣާވާތްތައް ރޭވި ކަމަށް ވިދާޅުވިއެވެ.

ކުރީގެ ދެ ދުޝްމަނުން ކަމަށްވާ ރައީސް ނަޝީދާއި މައުމޫން މިހާރު އެއް ގަލަކަށް އަރާފައި ވުމުން އެކަމަށްވެސް މިނިސްޓަރ ސައީދު ވަނީ ފާޑު ވިދާޅުވެފައެވެ. މިނިސްޓަރ ވަނީ އެ ދެ ރައީސުންނަކީ ގައުމު ވިއްކާލި އަނިޔާވެރިންގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޮޮހޮނު

    ރަގަޅު ތިޔަގޮތަށް ގޮވައިގެންވެސް އިންތިހާބު ބާއްވައިފިއްޔާ ތިއޮތީ ވެފަ ، ރައްޔިތުންނަށް އެގޭ ވޯޓުގަ ޖަހަންވީ ފާހަގަ ،

  2. މިއާ ޚަލީފާ

    ރަނިންމޭޓްކަން ލިބޭތޯ އުޅޭހެން ހާދަހީވެޔޭ....

  3. ވިފާގް

    ކަލޭ މެންމޮޔަ ނޮގޮވަބަ ފާތުމާ އަކީކާކު ވެރިކަން ކުރަން

  4. ވގ

    އެއީ އެހެންގޮތަކައް ބަލިކޮއްލާވާހަކައެބުނީ ސަބަހޭމަނިކުފާން

  5. އަލްޖިބްރާ

    މެޑަމް ފާތުން އެންޏެއް ނޫން ! ގަދަވެސަލާމަތުން ހުރި ކޮންމެ އަންހެނަކަށްވެސް ތިބުނާ ވަރުކުރެވޭނެ ! ކަލެއަށް އެކަން ނޭގެނީ !