އޯޕެކް ފަންޑު ފޯ އިންޓަނޭޝަަލް ޑިވެލޮޕްމެންޓްގެ ފަރާތުން ދޭ 616,800,000 ރުފިޔާގެ (40 މިލިޔަން ޑޮލަރު) ލޯނު އެހީގެ ދަށުން ތިން ދާއިރާއަކުން މަޝްރޫއުތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެންޔަރަމެންޓް މިނިސްޓުރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ލޯން އެހީގެ ދަށުން ރައީސް ޔާމިން ވަނީ ތިން ދާއިރާއަކަށް ހޭދަކުރެއްވުމަށް ނިންމަވާފއި ކަމަށެވެ. އެގޮތުން ހައުސިން މިނިސްޓުރީގެ މެންޑޭޓްގައި އޮންނަ ދާއިރާ އަކާއި އެންވައިރަމަންޓް މިނިސްޓުރީގެ މެންޑޭޓް ގައި ހިމެނޭ ދާއިރާތަކަށް މި ލޯން އެހީގެދަށުން ހަރަދުކުރުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޯޕެކް ފަންޑުގެ ލޯން އެހީގެ ދަށުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަށް ބަހާލެވިގެންވަނީ ތިން ޕެކޭޖަކަށެވެ.

ޕެކޭޖް އެކެއްގައި ހިމެނޭ ރަށްތައް

ހދ. ނެއްލައިދޫ ، ހދ ނޭކުރެންދޫ ، ހދ މަކުނުދޫ ، ށ ، ފޭދޫ ، ގައި ނަރުދަމާގެ ނިޒާމް ގާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ. އަދި ށ މަރޮށީގަގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރެވިގެންދާނެ.

ޕެކޭޖް ދޭއް ހިމެނޭ ރަށްތަށް

ގދ ވާދޫ ، ގދ ފިޔޯރީ ، ގައި މި ލޯން އެހީގެ ދަށުން ނަރުދަމާގެ ނިޒާމް ގާއިމް ކުރެވިގެން ދާނެ. އަދި ސ. މީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މި ފަންޑުގެ ދަށުންކުރެވިގެންދާނެ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

ޕެކޭޖް ތިނެއްގަ ހިމެނޭ ރަށްތަށް

ބ ދަރަވަންދޫ ، ބ ކެންދޫ ، ގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް މި ލޯން އެހީގެދަށުން ކުރެވިގެންދާނެ މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ހައުސިން މިނިސްޓަރު މުހަންމަދު މުއިއްޒު ވިދާޅުވި ގޮތުގައި އޯޕެކް ފަންޑްގެ ލޯން އެހީގެދަށުން ގއ ކޮލަމާފުށީގެ ބަނދަރު ، ގދ ހޯޑެއްދޫ ، ސ މަރަދޫ ފޭދޫ، ބ ކުޑަރިކިލި، ބ ކިހާދޫ، ބ ދޮންފަނު ބަނދަރުގެ މަސައްކަތް ލޯން އެހީގެ ދަށުން ކުރެވިގެންދާނެ ކަމަށެވެ.

ލޯނު އެހީގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ މަސައްކަތް މިއަހަރުތެރޭ ފެށުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުރާންތި

    ކޮންމެ ތާކުން ލޯނު ނެގިޔަސް ޕުރޮޖެކްޓް ދޭނީ ކަޓް އެޅީމަ

  2. އާދަމް

    މުައިއްޒޫ ކޮބާތޯ ތޮއްޑޫ ބަނދަރުގެ ނެރު ބަދަލުކުރުމާ ބޮޑުހިލަ ޖެހުން

  3. ާޔުުޫސެެޭ

    ކޮބަާ ކުމުނދުޫ ނަރުދަމަާ؟؟؟؟

  4. ކާސިމު

    ހުސް ހޮޅި ވާހަކަ. ވޯޓް ގާތްވުމުން ލޮލުގައި އަނދުން އަޅުވަނީ. އެއްކަމެއްވެސް ނުހިންގާނެ. އެހެންނަމަ، އެހެންކަންތައްތައް ޔާނު ސްޕީޑްގައި ގެންދާގޮތަށް މަސައްކަތް ހަވާލުކޮށް އެގްރީމެންޓްގައި ސޮއިކޮށްބަލަ.