ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެން ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ބަހައްޓާނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

"މި ޖީލުގެ އަޑު"ގެ ނަމުގައި ޕީޕީއެމް އިން ރޭ ހުޅުމާލޭގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ފަލާހު ވަނީ ރައީސް ނަޝީދު އަކީ ހާއްސަ އެހީއަށް ބޭނުންފުޅުވާ ބޭފުޅެއް ކަމަށް ދޭހަވާ ގޮތައް ވާހަކަ ދައްކަވާފައެވެ.

ފަލާހު ވިދާޅުވީ ރައީސް ނަޝީދުގެ ސިކުނޑިފުޅު މިހާރު ހަމަނޫން ކަމަށާއި އެމަނިކުފާނުގެ ސިކުނޑިފުޅު ހަމައިން ނެއްޓުނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ކަމަށެވެ.

އެހެން ކަމުން އެމަނިކުފާނު ބަހައްޓަން ހާއްސަކޮށްގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހެއްދެވިތަނުގައި ދެން އެމަނިކުފާނު ނުބަހައްޓަވާނެ ކަމަށާއި ދެން އެމަނިކުފާނު ރާއްޖެ އަތުވެއްޖެ ނަމަ ބަހައްޓާނީ ގުރައިދޫގައި ހުންނަ މަރުކަޒުގައި ކަމަށް ފަލާހު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ފަލާހު ވަނީ އިދކޮޅު ހަތަރު ލީޑަރުންނަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ގާސިމް އިބްރާހިމްއަށް ނިސްބަތްކޮށް ވިދާޅުވީ އޭނާ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުން ނޫނީ ރާއްޖެ ވަޑައިގަނުގަންނަވަން ނިންމަވައިގެން ހުންނެވި ނަމަ އިތުރު ހަ އަހަރު އަދި ޖަރުމަނުގައި ހުންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ރޭގެ ފޯރިގަދަ އެއްވުމުގައި އިކޮނޮމިކް މިނިސްޓަރ ސައީދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ސައީދުވެސް ވަނީ އިދިކޮޅު ހަތަރު ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް އެކަނިވެސް އިދިކޮޅު ލީޑަރުން ބަލި ކުރެއްވިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޙަސަމް ހުސެން

    ފަލާހު އަކީ ސިކުޑީގެ ޑޮކުޓަރެއްތަ؟ މީނަޔަށް ކިހިނެއް އެގުނީ؟

    • ީހަގީގަތް

      ބަލައޭނައަކީ މޮޔަނީހުންގެ ޑަކްޓަރޭ.

  2. Anonymous

    ބޯންވާނެ ބޮވެންޖެހޭނެ އެހެންވީމާ ހަކުރު ގިނަވެއެވެ. މިއީ އަންނިގެ ހަރުބަހެއް

  3. ނާމީ

    ހާދަބިރަކުން ފަލާހުމެން ތިއުޅުނީ..

  4. Anonymous

    ހާދަބިރަކުން ފަލާހުމެން

  5. ާފަރީދު

    ތިހުރިހާ މީހުންގެވެސް ހާލަކީ މިހާރު..

  6. ސައުތު

    ކަލޯގުރާދުއަށްލާންފެނޭ ލާރިދޭވަރަކަށް ބާރަށް ހަލޭއްލަވާނެ

    • މާނި1

      މަނީ މަނީ! ޔެސް ސަރ

  7. Anonymous

    ޖަލުގަ ވިޔަސް ގުރައިދޫގަ ވިޔަސް މާފުށިގަ ވިޔަސް ބިމު އަޑިޔައް ވިޔަސް އަހަރެމެންނައް ނުފެންނަ ހިސާބަކައް ފޮނުވާލާ

  8. ފަލާހު

    ޢުމަރު ގެ ލާރިން ހެދިތަނެއް ނުހުންނާނެ ޖަލުގަ

    • ދ.ރ.ކާޑު

      އަންނިގެ ލާރިން ހެދި ތަނެއް ހެދި އެއްޗެއް ދައްކަބަލަ

  9. މިއާ ޚަލީފާ

    ރަނިންމޭޓްކަން ލިބޭތޯ އުޅޭހެން ހާދަހީވެޔޭ....

  10. އައިސް

    ކުރިން ވެސް

  11. ބެއްޔާ

    ކޮޔާ! ބުނަންތަ! ކޮއެ އަހަރުމެން ކިޔައިއުޅެނީ ދަރިން ނަށް. އެހާވެސް ލޯބިން މިބުނަނީ އަދި ކޮއެމެން ޅަވާނެ މިކަމަށް. ރައީސް ނަޝީދު ޖަހާ ފޮޑީގެ ވަހާހަމައަށްވެސް ސިޔާސީގޮތުން ނާދެވޭނެ އަދި ކޮއެމެނަށް. ތިހެން ޕާޓީކުދިން ހެއްވާލަން ކިޔާއެއްޗެހި އޯކޭ.

  12. މުބީން

    ނުސީދާކޮށް މާވަޑިޔާ މިކިޔާއެއްޗަކީ މިރައީސް މިހާރު މިހުންނަނީ ގުރައިދޫގަކަން، އެހެންނަމަވެސް ރައީސް ނަޝީދު އެތަނަށްވަނުމަށްފަހު އެތަންބަދަލުވެގެންދާނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް.
    "ފަލާހު ވިދާޅުވީ ރައީސް ނަޝީދުގެ ސިކުނޑިފުޅު މިހާރު ހަމަނޫން ކަމަށް" މީވެސް ސީދާ މިރައީސައް ވައަބަހުންޖެހުން، އެއްދުވަސްވަރެއްގަ ކިޔާތީ އަޑުއެހިން މިރައީސްގެ ބޮލުގައި ޓިޔުމަރެއް ހުންނަވާހަކަ، ސިކުނޑިފުޅު ހަމަނޫންކަމަށާ ޕޯޑިޔަމް ތަކަށްއަރާ ކޮސްގޮވާކަމަށް. މާވަޑިން ވަރަށްމޮޅުވާނެ ވަށްބަހުންޖަހާ، މީހުން ޅޮސް އުނދޯޔަށްއަރުވަން.

    • މާނި1

      ދެން މަހީހީ. ޖޯކް. ދެން ހީކޮށްލާ މިއީ ފަރުބަދަ ކަނޑައިގެން މީހުން އުޅުން ޒަމާނޭ.

  13. ވގ

    މީސިކުޑިޔާބެހޭ ވަޑިޔެއް މީނަޔައްއެގިދާނެ

  14. އަލްޖިބްރާ

    ތިޔަގޮތަށް އެހެންމީހަކުވެސް ލަންކާގައި ހުރެގެން އެބަހަޅޭއްލަވާ ! އެކަމަކު ނަޝީދު ލަންކާއަށް އައިސް ފުރައިގެން ދާއިރުވެސް ހަމަހިލަމެއްވެސް ނުވޭ ! ކަލޭވެސް ކަލޭގެ އިމުގެތެރޭގަ އެކޮޅުކޮޅުން ޖެހުނަސް މީހަކު އެއްޗެކޭ ނުބުނާނެ ! ތިޔައުޅެނީ ތިމާގެ ހިޔަނި ތިމާއަށް ފެންނާތީ !

  15. ނިން

    ސިކުނޑި ގޮވި ރައީސް ދިވެހިންނަކަށް ނޯޅޭ. އަމިއްލަޔަށް އިއުތިރާފުވީ ގޮވާފަހުރިކަމަށް.. ފެނެއެއްނު އުޅޭ ގޮތް.

  16. ސާބަސް

    ކަލޯފުރަތަމަ ފޮނުވަންވީ ހިހިހިހހިހި