ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު މިހާރު އޮތީ ފުނޑު ފުނޑުވެފައި ކަމަށާއި އެ ނިޒާމު ހަމަ މަގަށް އެޅުވުމުގައި އިންޑިއާއިން އިސް ރޯލެއް އަދާ ކުރަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ "ނިއު އިންޑިއަން އެކްސްޕްރެސް" ނޫހަށް ޑރ. ޖަމީލު ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޑރ. ޖަމީލު ވިދާޅުވީ ރާއްޖެ ޑިމޮކްރެޓިކް ނިޒާމު އަނބުރާ ހަމަ މަގަށް ރުޖޫއަ ކުރުމަށް ރައްޔިތުންނަށް ކުރެެވެން ހުރި ހުރިހާ ކަމެއް ކުރެވިފައިވާ ކަމަށެވެ. އަދި ދެން އެކަން ހައްލު ކުރެވެން އޮތީ ބައިނަލްއަގުވާމީ އެހީތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑިމޮކްރެސީ އަނބުރާ އަށަގެންނެވުމަށް ރައްޔިތުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް މިހާރު ވަނީ ކުރެވިފައި. ޖުޑިޝަރީއިންވެސް ހުކުމްތައް ކޮށްފި. ރައްޔިތުންގެ މަޖިލީހުންވެސް މަސައްކަތް ކޮށްފި. ގާނޫނީ ބާރު ލިބިފައި ހުރި މުއައްސަސާތަކުން މަސައްކަތްކޮށްފި. މިހާލަތުގައި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މައްސަލަ ހައްލު ކުރެވޭނީ ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީތެރިކަމާއެކު. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ބައިނަލްއަގްވާމީ ގާނޫނީ އިމުގެ ތެރެއިން ރާއްޖެއަށް ޑިމޮކްރެސީ އަނބުރާ ގެނައުމުގެ މަސައްކަތުގައި އިންޑިއާއިން ލީޑު ރޯލެއް އަދާކުރަން ޖެހޭ." ޑރ. ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލު އިތުރަށް ވިދާޅުވީ އިންޑިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީއަށްވެފައި އަދި ރާއްޖޭގެ އަވަށްޓެރި ގައުމަކަށްވެފައި ރާއްޖެއަށް ޑިމޮކްރެސީ އަނބުރާ ގެނައުމަށް އެގައުމުގެ މައްޗަށް ގާނޫނީ ހައިސިއްޔަތެއް އަދި ޒިންމާއެއްވެސް ވާ ކަމަށެވެ.

އަދި ގައުމުގައި ދިމާވެފައިވާ ހުރިހާ މައްސަލަތަކަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނަވަން ކުރައްވާ ކަންކަމުގެ ސަބަބުން ޖެހޭ މައްސަލަތަކެއް ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވެރިކަމުގައި ހުންނަވަން ރައީސް ޔާމީން މުޅި ގައުމުވެސް ވިއްކާލައްވަފާނެ ކަމަށެވެ.

މީގެ އިތުރުން އިދިކޮޅު އެއްވެސް ލީޑަރަކު ހުރީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނެ ގޮތަކަށް ނޫން ކަމަށާއި ގައުމުގެ ޖުޑިޝަރީވެސް އޮތީ ހިސާރު ކޮށްފައި ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން މި އަހަރު ރާއްޖޭގައި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ސްޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ދިނުމަށް އިންޑިޔައިން ޤާސިމްއާ ޙަވާލުކުރި ފައިސާތައް އަތުލައި ، ދިވެހިސަރުކަރުގެކިބައިން މަޢާފަށް އެދުން

  2. ޙަފްޞާ / މާލެ

    ރިޝްވަތު ފަޅާ އަރަން ދެން މާގިނަދުވަހެއް ނެތް! އަޑުއަހާލަން ވާނެ ހުރިހާ ރައްޔިތުން!

  3. އައިސް

    ޖަމީޅު ޕޫރީ ކީކޭތޯ

  4. މަގޭ

    އަހަރެމެން ދިވެހި އުންމަތުގެ މައްޗަށް ވެސް ޒިންމާއެއްވޭ ކަލޭމެން ކަހަލަ ބާގީން ގެ ކިބައިން މިގައުމު ސަލާމަތާއި ކަރާމާތާއި އިސްލާމީ ވަހުދަތު ހިމާޔަތް ކޮށް ރައްކާތެރި ކުރަން ކޮބާތޯ މިއަށްވުރެ ވަކިން ބޮޑު ފަރުދީ އަދި ދައުލަތެއްގެ ޒިންމާއަކީ؟ މި ނުލަފާ މީހުންގެ މަކަރުވެރި ކަމުން މިގައުމު ސަލާމަތް ކުރައްވާށި ޔާރައްބަލް ޢާލަމީން. އާމީން.

  5. Anonymous

    ސާބަހޭ ޖަމީލޫ

  6. ގަލޮޅު

    ޖަމީލަކީ ބާޣީއެއް ވީ އެންމެއަވަހަކަށް ޖަމީލް ހައްޔަރުކުރުމަށް ގޮވާލަން

  7. އެޅިޔަނު

    ޖަމީލު ވެސް ގައްދާރުވީތާ

  8. ދިވެހި ދަރިއެއް

    މީނާ ހުރި ސަރުކާރެއް ނަމަ ވާހަކަ ދައްކާނީ ދިމާ އިދިކޮޅަށް، މިއީ ދީނާއި ޤައުމަށް ވުރެ އަމިއްލަ އެދުން އިސްކުރާ ޖާހިލުން ކަން ކަން ކުރާ ގޮތް.

  9. ގެރިޕޫރީ

    ވެރިކަމަކީ މީހާ ހަލާކުގެ މަގަށް ގެންދާ ކަމެއްކަމެއް މީހެ ކުރިޔަކުން ނޭގޭ!

  10. މާން

    މިގައުމުގެ އިސްލާމް ދީން ނެތިކޮށްލުމުގެ ޒިންމާބކަލޭމެން ހަވާލުކުރީ އިންޑިޔާތަ؟

  11. މާނި1

    ޑިމޮކްރެޓިކް ގައުމެއްކަމަށް ދައްކައިގެން އުޅޭ ގައުމެއް އިންޑިޔާއަކީ. ޑިމޮކްރަސީއާ ހިލާފު ނާތަހުޒީބު ގަދީމީ ގޮތެއް މަގުތަކަށް ނުކުމެ ވެރިކަން ވައްޓާލުމަކީ. އެކަމާ އިންޑިޔާއަށް ފާޅުގަ މަސައްކަތް ނުކުރެވެނީ. އިދިކޮޅު މީހުން މި އުޅޭ ހަމައަކީ ޑިމޮކްރަސީ ދަންނަ ހަމައެއް ނޫންވީމަ.

  12. Anonymous

    ބޮނޑިބަތް ޖަމީލުމެން ރާއްޖެ ހަމަ މަގުންނައްޓުވީމާ ހަމަ މަގައް އަޅުވަން ޖެހެނީ އިންޑިޔާއައް ކަމައް އޮތީ ކޮން ގޫނޫނެއްގަ

  13. ފާއިޒް

    ޖަމީލު ތީ މިހާރު ދިވެހި ރައްޔިތުން ދަންނަ މީހެއްނޫން ތިހިރީ ބޭރުކޮށްފަ ދެންވެސް މައިތިރި ވެގެން ހުރޭ....

  14. ހުސޭނުބެ

    ޖަމީލު ކަލޭ ފކ ކިޔާބަލަ!!! ގައުމު ވިއްކާލައިގެން ނަމަވެސް ވެރިކަމަށް އާދެވޭތޯ ބަލާތި ކަލޭ!!!

  15. މުޙަންމަދު

    ކާފަރު ދައުލަތަކަށް މުސްލިމު ދައުލަތެއްގެ މައޗަށް ނޯންނާނެ ޒިންމާއެއް ކަލޯ ކުފުރު ވަނީތަ! ކޯންޗަކުންތަ ޕީއެޗްޑީ ހެދީ؟

  16. ދެރައޭ

    އަބްދުﷲޔާމީން މިރާއްޖޭގެ ވެރިކަމަށް ގެނައީ ދިވެހި އުއްމަތުން. ދިވެހި ރައްޔިތުން ވޯޓުދީގެން.. މިކަމުގަ އިންޑިޔާގެ ނޫނީ އިންޑިޔާ ރައްޔިތެއްގެ ހިއްސާއެއްވެސް އެމީހުންގެ އެހީއެއްވެސް ދިވެހި ރައްޔިތުންނުހޯދާ.. ޖަމީލު ހޯދިކަމެ ނުހޯދާކަމެ އިގޭނީ ޖަމީލަށް... ވީމާ ބުނަންއޮތީ ތިޔަ ޔަހޫދީ ވިސްނުން ދިވެހިންނަ ވިސްނަދޭން ނުހަދާށޭ.... މިގައުމުގަ ވެރިކަމުގަ ހުންނަން ޖެހޭމީހާއާ ނުޖެހޭމީހަކީ ކާކުކަންކަނޑައަޅާނީ އިންޑިޔާއަކުންނޫން... އަހަރެން ވަރަށްހިތާމަ ކުރަން ފުއައްމުލައް ސިޓީއަށް ނިސްބަތްވާ މީހަކަށް ޖަމީލުވެފަ ތައުލީމީ މީހަކަށްވެފަ އެރަށަކީ ރާއްޖޭގެ ނިސްބަތުންވެސް އިލްމުވެރިކަމާ ހމަޔާ އިންސާފު ވަކިކުރަންދަންނަމީހުން ތިބި ރަށަކަށް ނިސްބަތްވާމީހަކުގެ ގައުމީ މަސްލަހަތަށްވުރެ ނަފްސީ މަސްލަހަތު ކުރިޔަށްނިކުތީމަ.... ރނަޝީދަކީ ޖަމީލުމެންނާއަޅާބަލަން ހުރިހާގޮތަކުންވެސް ތަފާތުވިސްނުމެ ފެށުނީއްސުރެ ގެންގުޅޭމީހެއް... އެތާރީހުތައް ކިޔާދިނީ ތިމީސްމީހުންގެދުލުން.. ދެންމިހާރު ހަމައެމަގުން ތިމީހުން ކުރީގަތިބެގެން ހިގީމަ މީގަ ހިތާމަކުރަންޖެހެނީ... އުއްމީދު ކުރަނީ ހަސަންސައީދު ތިސަފުން ނުފެންނާނެކަމަށް... ޑިމޮކްރަސީ ބޮޑުވެ ކުޑަވަނީ ގައުމުގެ ބޮޑުކުޑަމިނުންކަމަށް ޖަމީލުމެންނަ ހީވާތީ އިންޑިޔާގެ ޑިމޮކްރަސީ ބޮޑުވެގެންތިއުޅެނީ...ައެގައުމުގެ ރައްޔިތުންގެ ވިސްނުމާ ލިބިދޭ ހައްގުތަ ހަމަހަމަތޯބަލަން ކްރައިމްޕެޓްރޯލު ބަލާލާނަމަވެސް ޖަމީލުއަށް އިންޑިޔާގެ ޑިމޮކްރަސީގެ ތަންކޮޅެއްނަމަވެސް އެގިދާނެ.. ދެން އުއްމީދުކުރަން އުމަރުގެ ދުލުން ތިފަދަ ވާހަކައެއް އަޑުނީވޭނެކަމަށް..

  17. ޖަމީލާ

    ޖަމީލުމެން ހަމަމަގަށް އެޅުވުގެ ޒިންމާ ނަގާނީ ކޮންޤައުމެއްބާ! ލޮލް

  18. ބެއްޔާ

    ޖަމީލުއެވެ، މިރާއްޖެއަކު ޖަމީލުއަށް އިޚްތިރާމް ކުރާ މީހެއް ނޫޅެއެވެ. ވަރަށް ވާހަކަ މިބުނީ، ރަގަޅު ގޮތުގައި ތައުލީމެއް ލިބިފަ ހުރިނަމަ މިބުނި އެއްޗެއް ވިސްނޭނެ

  19. ދަލޭކާ ދިޔެ

    ދިވެހިރާޖެ ޒިއްމާ ދާރު ކުރަން އެންމެ އައުލާކަމް ކަން ބޮޑު މީހުން ތިތިބީ ހޮހޮޅަ ތަކައް ވަދެ ފިލާ ދެން ކޮން ބޮނޑިބަތެކޭ ކިޔާކަށް ޖަމީލޫ.. ??