ރާއްޖޭގެ އެހެން ހިސާބުތަކާ އަޅާބަލާއިރު، މާލެ ސަރަހައްދުގައި ދަރިން ހޯދާ ނިސްބަތް ދަށަށް ގޮސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހެލްތް މިނިސްޓްރީން އާންމުރި 2020 ވަނަ އަހަރުގެ ހެލްތު ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާ ގޮތުގައި، ދަރިމައިވާ އުމުރުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބަލައި، އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ މެދުގައި މުޅި ރާއްޖޭގެ ފާޓިލިޓީ ރޭޓު ނޫނީ ދަރިން ހޯދައި ނިސްބަތް އުޅެނީ 2.1 ގައެވެ.

އެހެންނަމަވެސް އެވަރޭޖަށް ވުރެ އަތޮޅުތެރޭގައި ދަރިން ހޯދައި ނިސްބަތް މައްޗެވެ. މިގޮތުން، އަތޮޅުތެރޭގެ ފާޓިލިޓީ ރޭޓު 2.5 ގައި އުޅޭއިރު މާލޭގައި ދަރިން ހޯދާ ނިސްބަތަކީ 1.8 ކުދިންކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިގޮތުން ހެލްތް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ދަރިން ހޯދައި ނިސްބަތް އަންނަނީ އަހަރަކަށްވުރެ އަހަރެއް ދަށްވަމުންނެވެ. 2009 ވަނަ އަހަރު 2.5 ގައި ހުރި ފާޓިލިޓީ ރޭޓު 2.1 އަށް ވެއްޓުނު އިރު އެއީ ކޮވިޑުގެ ސަބަބުން އަތޮޅު ތެރޭ މީހުން ވިހަން މާލެ އަންނަ އައުން ނިމުމަކަށް އައުމުން ކަމަށް ބެލެވެއެވެ.

މީގެ އިތުރުން މިނިސްޓްރީން ހާމަކުރިގޮތުގައި 2020 ވަނަ އަހަރު ރާއްޖޭގައި އަލަށް 6،215 ކުދިން އުފަންވިއިރު، ދަރިމައިވާ އަންހެނުންގެ އުމުރުގެ އެވަރޭޖަކީ 29 އަހަރެވެ. އަދި ފިރިހެނުން ދަރިން ހޯދާ އެވަރޭޖު އުމުރަކީ 33 އަހަރެވެ.

ހެލްތް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް ހާމަކުރާ ތަފާސް ހިސާބުތަކުގައި ވިހާ، މަރުވާ މީހުންގެ މައުލޫމާތާއި ތަފާތު ބަލިތަކުގެ މައުލޫމާތުގެ އިތުރުން، ރާއްޖޭގެ ސިއްހީ ނިޒާމާއި އާންމު ސިއްހަތާއި ބެހޭ މުހިންމު ތަފާސްހިސާބުތައް ހިމަނައެވެ. އަދި މި ތަފާސް ހިސާބުތަކުގެ އަލީގައި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް މުހިންމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހިވުމުގެ އިތުރުން ސިއްހީ ޕްރޮގްރާމްތައް ރޭވުމަށް އަދި ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މާލޭގައި ދަރިންހޯދޭތަ... ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތުމުން މިޖެހެނީ ދެމަފިރިން ވަޒީފާއަށްގޮސް ކުއްޔަށް އުޅެން. ދެން ހަމަޖެހިލެވޭނެތަ 2 ދަރިން ނޫނީ 3 ދަރިން ހޯދައިގެން.
    މާލޭގަ ރަޖިސްޓްރީ ވެފައިވާތީ ރާއްޖޭގެ ރަށަކުން ގޯއްޗެއް ނުލިބޭ. އެކަމަކު ރަށްރަށުގެ މީހުން މާލޭގައި ރަޖިސްޓްރީކުރެވޭ ފާޑެއްގެ ދަފްތަރެއްގައި.

  2. ހުސޭނުބޭ

    މިކަމުގެ ސަބަބަކީ މާލޭގަ ގެދޮރުގެދަތިކަން

  3. Anonymous

    ދަރިން ބަދުން ހޯދަނީ ވަޒީފާ އަދާ ކޮށްގެން ލިބޭ ލާރި ކޮޅު މަދުވީމާ، ސިވިލް ސާރވިސްގައި މަސައްކަތް ކުރާ ފަރާތް ތަކުގެ މުސާރަ ނިކަން ވަގުތުގައި ހިއްސާކޮށްލާބަލާ، ގިނަވަގުތު ހޭދަ ކުރަން ޖެހެނީ އޮފީހުގައި، އޮފީސްތަކުގައި މަސްއްކަތް ކުރާ ވިހާ އުމުރުގެ މެޖޯރިޓީ އުޅެނީ ވަރަށް ދަށް އަދި މުސާރަ ކުޑަ ވަޒީފާގައި މަތީ މަޤާމެއް ލިބި ބޮޑު މުސާރަ ލިބެން ފަށާއިރު ހުންނަނީ ދަރިން ލިބޭ އުމުރު ފަހަނަ އަޅާގޮސްފފައި އަދި މާމަ ދަރިން ބަލަން ޖެހިފައި، ކިތަންމެ މޮޅަށް ކިޔެވިޔަސް ރާއްޖޭގައި ސިޔާސީ ނިޒާމް ރޭވިފައި މިވާ ގޮތުން މަތީވަޒީފާތަކާ ބޮޑު މުސާރަ ލިބެނީ ތަޢުލީމީ ގޮތުން ދަށް އަދި އެއްވެސް ސެޓްފިކެޓެއް ނެތް ފަރާތް ތަކަށް ކިޔަވައިގެން ތިބޭ ކުދިންނަށް ލިބޭނީ ދަށް އަދި މުސާރަ ކުޑަ ވަޒީފާ، ދެން ވިހާ އުމުރުގައި ގިނަ ކުދިން ހޯދާނެ ބޮޅު ފޯމިއުލާ އެއް ބުނެބަލަ.

  4. Anonymous

    ދިވެހިން ޒުވާނުން ކައިވެނި އާއި އާއިލީ ދިރިއުޅުމަކީ ޤައުމަށް ކިހާ މުހިންމު ކަމެއްކަން ނުދަނޭ، ޤައުމު ބިނާކުރަން އެންމެ ރަގަޅު ކަމަކީ ރަގަޅު ރައްޔިތަކު އުފެއްދުން، އެކަން ނުކުރެވޭ ގޮތަކަށް ޤައުމުގެ ހުރިހާ ކަމެއްހެން ބައްޓަން ކުރަނީ ! މިއުޅޭ ސިޔާސީ ވަފާތެރި ކެހިވެރި ގަމާރު ސިޔާސީ މީހުން !

  5. އުނގުޅޭ

    މާލޭގަ ދަރިންހޯދަން ވަރަށް އުނދަގޫ ކޮޓަރިތެރޭގަ ދެބުރިއެނދު ޖެހިޖެހިގެން ދެންވިސްނާލަބަލަ ދަރިންހޯދާނެގޮތެއް އެހެންވީމަ ދަރިންހޯދަން އަހަރުންދަނީ ރާއްޖެތެރެއަށް.

  6. މަތަރަސް

    ބަލަ މިހިރަ ނުލަފާ މައުމޫނު ހުދުމުހުތާރު ވެރިކަމުގާ ޒުވާޖީލް ޅިޔަނާ ކޮއްކޮޔާ މައުމޫނާ ވެގެން މަސްތުވާތަކެތިދީގެން ޒުވާންޖީލްހަލާކުކޮއްނުވިތާކައް ޒުވާން އަންހެންކުދިން ދޭތެ ރެދުރުކުރަށޭކިޔާފައި ބޭހާ ކޮންޑަމުދީގެން އަންހެނުންގެ ރަހިމުތައްހަލާކޮކުރީ ތިރީސްއަހަރުގެ ހުދުމުހުތާރުމައުމޫނު މި މައުމޫނު ހައްޔަރުކުރަންވީ މިގައުމުގެހަލާކު އަދިވެސްވެރިކަމާހެދިތެޅިބާލަނީ ކެނެރީގޭނަޝީދުވެސްކުޑަގޮލިއައްލާފިއި އިތިފުށައް ޗޭނުޖެހީތިރީސްއަހަރު؟ ނަޝީދަކީހިއްތެރިވެރިއެއް ހިބަރުވަދުވެސްތިރީސްއަހަރު؟؟