ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރިސޯޓް މުވައްޒިފުންގެ ވޯޓުލުމުގެ ޙައްގު ސަރުކާރުން ނިގުޅައިގެންފިކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

މިއަދު ސޯލްޓު ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާން މައްޗަން ގޯޅި އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމުމަކީ އެއީ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން ކަމަށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި މިދިޔަ ރިޔާސީ އިންތިޚާބުގައި 43 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ، އެ އަދަދު ހަތަކަށް ތިރިކޮށްލުމުން އެއްވެސް އަސާސެއް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.

" އެތައް ބައިވަރު ރިސޯޓުތަކެއްގައި ވަޒީފާ އަދާކުރަމުން އަންނައިރު، އިންތިހާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމުމަކީ ކަންބޮޑުވާ ކަމެއް، މި ފެންނަނީ ރިސޯޓުތަކުގައި މަސއްކަތް ކުރާ މުވައްޒިފުންނަން ވޯޓުލުމުގެ ޙައްގު ސަރުކާރުން ނިގުޅައިގަންނަމުންދާތަން " މާރިޔާ ވިދާޅުވިއެވެ.

އިންތިޚާބުގައި ޖުމްލަ 452 ވޯޓު ފޮށި ބަހައްޓާއިރު، އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތް ރިސޯޓެވެ. އެއީ ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް، ބަނޑޮސް މޯލްޑިވްސް، ކުރަމަތި އައިލެންޑް ރިސޯޓު، ޕެރެޑައިސް އައިލެންޑް ރިސޯޓު، ސަން އައިލެންޑް ރިސޯޓު، ކުރެއްދޫ އައިލެންޑް ރިސޯޓު ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރިސޯޓުތަކުގައި 250 އަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުން ވެސް އިތުރު ފޮއްޓެއް ބަހައްޓާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައި ނެތް ކަމަށެވެ.

މާރިޔާ މިހެން ވިދާޅުވެފައި ވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރިސޯޓްތަކުގައި ބަހައްޓާ ވޯޓް ފޮށިތަކުގެ ޢަދަދު މަދުވެފައިވަނީ ރާއްޖޭގެ ރިސޯޓްތަކުން ވޯޓް ފޮށިތަށް ބަހައްޓައިގެން ވޯޓު ލުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެކަށީގެންވާ އެއްބާރުލުން ނުލިބޭތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މާރިޔާ ވިދާޅުވީ މި އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓަން ނިންމާފައި ވަނީ ހަތަރު ވޯޓުފޮށި ކަމަށާއި މީގެ ކުރިން ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކަށް އަތޮޅުތެރެއާއި ސިޓީތައް ވަކިކޮށްފައި ނުވާ ކަމަށެވެ.

އަދި އެގޮތުން ސްރީލަންކާގައި ދެ ވޯޓު ފޮއްޓެއް ބަހައްޓަން އިލްކެޝަން ކޮމިޝަނުން ނިންމާފައިވާއިރު، އެއްފޮޓަށް ވޯޓު ލެވެނީ ސިޓީތަކަށް ނިސްބަތްވާ ރައްޔިތުން ކަމަށާއި، އަނެއް ފޮއްޓަށް ވޯޓު ލެވެނީ އަތޮޅުތެރެއަށް ނިސްބަތްވާ ރައްޔިތުން ކަމަށް އެކޮމިޝަނުން ބުނެފައިވާތީ ކަންބޮޑުވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަސްލަމް

    މާރިޔައްތަ ފެލިފެލިހުރޭ އެއްލަކިންރައީސްޔާމިން ކާމިޔާބްކުރައްވާނެއިންޝާﷲ

  2. ޑީ

    އެއްކަލަ އެންމެ އެނގޭ މީހުން މިއުޅެނީ..

  3. ލައްކަ ވާހަކަ

    ނަޝީދު މަތިން މާބޮޑަށް މިސްވަނީދޯ؟ ކައެ ފެލޭ އަޑު އަހައިގެން އޭނަ އޮނާނެ ދެފުޅި ބޯލައިގެން ގުނަވަންތަށް ހޭލައިގެން މަތަނުވެ. ފައިން އަރަން ދޭބަލަ ގާނޫނު އަސާސީމައްޗަށް ހަމަ އެހެން ނަށީދުވެސް ހުރީފައިން އެރިފަ.

  4. ކެރަފާ

    އައްތަ ހޯބޯ ލަވަ ލަވަ ހުރޭ އެއްލަކިން އަހަރުމެންގެ ތަރައްގީގެ ބާނީ ރައީސް ޔާމީން ހޮވާނަން ގެރަންޓީ ގެރަންޓީ މާރިޔާ އައްތާ...

  5. އިބޫ ހުޅުމާލެ

    އޭ މާރިއާ ދައިތާ... އަހަރުމެން މަސައްކަތްކުރި ރިސޯރޓުގަވެސް ކުރީގައި ވޯޓުފޮށި ބެހެއްޓި އަދި ކޮމިޝަނުން ސްޓާފުން ފޮނުވައިގެން މުސާރަދެއްވި، ނަމަވެސް ވޭތުވެދިޔަ ދެ އިންތިޙާބުގައި މިތާ ވޯޓުފޮއްޓެއް ނުބަހައްޓާ އަޅުގަނޑުމެން ވޯޓުލާން ދިޔައި ކައިރީގައިވާ މީހުން އުޅޭ ރަށަކަށް... ދަންނަވަން މިއުޅެނީ ރިސޯޓުގައި ފޮށި ނުބެހެއްޓިއަސް ގިނަ ރިސޯޓުތަކުގެ ކައިރީގައި މީހުން ދިރިއުޅޭ ރަށްރަށްވާނޭ އެރަށަށް ގޮސް ވޯޓުލެވޭނޭ، އެއީއޭ އިގްތިސޯދުކުރަން އެނގުމަކީ... ވަރަށްސަލާމް ދައިތާ..!!

  6. Anonymous

    ދެން ހުރޭ

  7. ބަތޯދޮންބެ

    އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގެއް މިސަރުކާރަކުން ނިގުޅައެއްނުގަންނާނެ. ވޯޓުލުމަށްރަޖިސްޓްރީ ކުރި ފޮށްޓަކަށް ވޯޓުލުމުގެފުރުސަތު ކޮންމެމީހަކަށްވެސް ވަރަށްސަޅިކޮށް އޮންނާނެ. ތިޔަކަހަލަ މާސިންގާ ދޮގު ބުނާތީ އެއީ އަހަރެންގެ ވަރަށްބޮޑުކޮންސާނެއް. މިބުނީ ވަރަށްވާހަކަ. ތެންކިޔޫ