ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަންތައް ކުރައްވަނީ ޝައިތާނާގެ ވަސްވާހަށް ތަބާވެ ހުރެ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ސިއްދީގު ވިދާޅުވީ ގާސިމް އޭނާގެ ސިކުނޑިން މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި އޭނާ އަބަދުވެސް ކަންކަން ކުރައްވަނީ ޝައިތާނާގެ ވަސްވާހަށް ހެއްލި ހުރެ ކަމަށް ވިދާޅުވިއެވެ.

"އަބަދުވެސް ޝައިތާނާ ދޭ ވަސްވާހަށް ތަބާވެ ހުރެ ކަން ކަން ކުރަނީ. ވެރިކަމަކީ ﷲ ދެއްވާ އެއްޗެއް ކަން އޭނާގެ ހިތަށް ނުވަންނަނީ ކަމަށް ބެލެވެނީ." ސިއްދީގު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ސިއްދީގު ވަނީ މިއަދު ގާސިމް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިތުރު ޓްވީޓުތަކެއް ކުރައްވާފައެވެ. އެގޮތުން ފަނޑިޔާރުންނަށް ފައިސާ ނުދޭ ކަމަށް ބުނެ ގާސިމް ހުވާ ކުރެއްވުމާ ގުޅިގެން ސިއްދީގު ވަނީ ރައްޔިތުންނަށް ދޭނެ ޖެހޭ 2.9 ބިލިއަން ރުފިޔާ ދޭން ނުޖެހޭ ކަމަށް ބުނާ މީހަކު ދޮގު ހުވާާ ކުރަން ޖެހިލުންވާނެތޯ ސުވާލު އުފައްދާފައެވެ. އަދި ބޮޑު ފާފަ ކުރާ މީހަކު ކުޑަ ފާފަ ކުރަން ޖެހިލުންވާނެތޯ ސުވާލު އުފެއްދެވިއެވެ.

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ކުރި ހުކުމްތަކާ ގުޅިގެން ފަނޑިޔާރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ގާސިމް އަށެވެ.

މިހާރުވެސް ރިޝްވަތުގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ގާސިމް މިހާރު ހުންނެވީ ބޭސް ފަރުވާއަށް ކަމަށް ބުނެ ޖަރުމަނުވިލާތަށް ވަޑައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަބުޅޯސައީދު ބުނި އަލީ ހަމީދު

    ގާސިމޫ މުވައްޒަފުންނައް ރޯދަ އިނާޔަތް މަދުން ދެނީކީއްވެ. ސަރވިސްޗާޖު ނުދެނީކީއްވެ

  2. Anonymous

    ގާއްޓޭގެ ސިނކުނޑިއެއް އެބަހުރިތަ.

  3. މަމެންގެ ރައީސް

    ދައްޖާލުވެސް ބުނާނީ ނަރަކަ ދައްކާފަ މިއޮތީއޭ ސުވަރުގެ ކަލެއަށް ތީނީ އެހެންވެފަ.
    ޔާމީނު ނަރަކަ ދެއްކިޔަސް ކަލޭ އެއީ ސުވަރުގެއޭ ހީކޮށް ފުންމާލާނެ.

  4. މޮޔަވެސް

    އެއީ ހަގީގަތް އޮޅުވައި ނުލެވޭނެ ﷲ ކުޅަދުން ވަންތަ؟ ސިކުނޑި ހަމަޖެހޭމީހާ ކުރާނުބައި ކަންތަށް ފާޅުކުރަށްވީ މޮޔައެށްގެ ސިފައިގަ

  5. ކަނދޮޅު

    މިސޮރު މާސައިތޯނާ ވެގެން މިއުޅެނީ މިސޮރު ދުވަނީވެސް ސައިތޯ ފަހަތުން.

  6. ގަސްވައްޓާ

    ކަލެއަށް ކާކުސިއްދީގުކީ ތީކައްޒާބު ދޮގުވެރިޔާ.

  7. ހައިރާން

    ކަލޯގެ ލަދު އިނީކޮންތަނެއްގަތަ ؟
    ވީއެއްމެއަވަސް ގޮތަކުން ނަންބަދަލް ކުރަނވީ
    ކަށްޒާބު ވަލް ބުހުތާން މިނަމަށް އެއްމެ ކުފޫ ހަމަވާނަން
    އެއީ ޞިއްދީޤް އެއީ ﷲ ބާއްވާލަށްވާ ފައިވާ ނަމެއް މިއުއްމަތުގެ ތެދުވެރިޔާ އަށް
    ތިކަހަލަނުލަފާ ޖާހިލަކަށް އެއްގޮތަކަށްވެސް ކިޔަން ހެޔޮނުވާވަރުނަމެއްތިޔައީ؟

  8. ގަސްއިންދާ

    ހަމަ ހެޔޮއެއްޗެއް ތި ވިދާޅުވީ ޝައިތާނަށް ވަރަށް ފަސޭހައިން ޗިޕު ޖެހޭ ސިކުނޑިއެއް އެއީ

  9. މުއްތު

    ވަޒީފާގެބިރަށް ސިއްދީޤުމެން ތިކަހަލަވާހަކަ ދައްކާނެ