މަޝްވަރާނުކޮށް ސަރުކާރަށް ދެން ސަލާމަތެއް ނެތް ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ އެމްޑީޕީން ވެސް ބޭނުން ވަނީ މަޝްވަރާ ކޮށްގެން ކަންކަން ހައްލުކުރަން ކަމަށާއި ބައެއްގެ ފިއްތުން ތަކުގައި ތާށިވެގެން ތިބުމަކީ ރަނގަޅު އަދި ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ޝިފާޒު ވިދާޅުވީ ސަރުކާރުގެ ވެރިންނާއި ބައެއް ފިޔަފާރިވެރިންނާމެދު ފިޔަވަޅު އަޅާނެ އޮނިގަނޑެއް އީޔޫއިން ހޯމަ ދުވަހު ފާސްކޮށްފައިވާއިރު، އެއީ ސަމާސާއެއް ނޫން ކަމަށެވެ.

"ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް އަޅާނެ ފިޔަވަޅަށް އޮތް ހައްލަކީ ސަރުކާރުން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރުން. އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު ތަކެއް އަޅައިފިނަމަ މުޅި ދުނިޔެއިން ދިވެހިރާއްޖެ އާއިމެދު ދެކޭ ދެކުން މިހާރަށް ވުރެ ގޯސްވެ މުޅި މުސްތަގްބަލު ގެއްލިގެންދާނެ" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ އެކަން ހައްލު ކުރުމަށް ހަނި ފުރުސަތެއް އެބަ އޮތް ކަމަށާއި އެއީ ދިވެހި ސަރުކާރުން އިދިކޮޅު ފަރާތްތަކާއިއެކު އަވަހަށް މަޝްވަރާކުރުން ކަމަށެވެ.

"އެނޫން ގޮތަކަށް މި ރާއްޖެ ދެން ސަލާމަތް ކުރެވެން ނެތް. މަޝްވަރާ ވާން ޖެހެނީ ބައިނަލް އަގްވާމީ ފަރާތްތަކުން މެދުވެރިއެއްގެ ރޯލް އަދާކުރާ މަޝްވަރާއަކަށް. އެ މަޝްވަރާ ވާންޖެހޭނީ ޖެހެނީ ވަގުތު ކަނޑައެޅިފައި އޮތް މަޝްވަރާއަކަށް" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ މިއީ ސަރުކާރުން ފަހަތަށް ފިޔަވަޅެއް އަޅަން ޖެހިފައިވާ ވަގުތެއް ކަމަށާއި މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތައް ބައިވަރު އެބަހުރި ކަމަށާއި އެކަންކަން ކުރުމުން ނޫނީ ދެން މިރާއްޖެ ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

"މަޝްވަރާ ވާން ޖެހޭނީ އެ މަޝްވަރާގައި ހިންގަނީ ކޮންމެ ކަމެއްކަން އެނގިގެން ވަގުތު ކަނޑައެޅިގެން ބޭރުގެ ފަރާތްތަކުން ޚާއްސަކޮށް އދ އިން މެދުވެރިއެއްގެ ރޯލް އަދާކުރާ މަޝްވަރައަކަށް،" ޝިފާޒް ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ލިބިފައި މިވާ ވަގުތު އަތުން ބީވެގެން ހިނގައްޖެ ނަމަ ދެން ގައުމު ވެއްޓިގެންދާ ހާލަތުން އަރައި ނުގަނެވޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އަހަންމަދޭ

    ހެހެހެހ ތިވެސް ހަމަ ރީނދޫ ގުންޑާއިންނަށް ކިޔައިދޭން ރަނގަޅު ވާހަކައެއް. 2013 އިން ފެށިގެން ސަރުކާރުން މަޝްވަރާއަށް ދަޢުވަތު ދެމުންދާ ކަމާއި ކަލޭމެންނަށް މޭޒުދޮށަށް އަންނަން ނުކެރިގެން އުޅޭކަމެއް އެފަކީރުންނަކަށް ނޭނގޭނެ.

  2. ދުރުމި

    މިއީކާކުތަ؟

  3. ޢަލި

    ބަލަ ވެބްކެމާ ކޮންބައްތަ މަޝްވަރާ ގެ މޭޒަށް ނައިސް ތިބީ؟

  4. ޑިމޮކްރަޓިސްޓް

    ބަލަ ބީތާޔާ ތިތައްފަހަރުތަ މަޝްވަރާކުރަން އަންނަން މީގެކުރިްނވެސް ސަރުކާރުން ގޮވާލީ! ކަލޭމެން އެކަމާ އާލާލިންތަ؟ ހޭބަލި ނުވެބަލަ އަދިވެސް ތިއުޅެނީ ރައްޔިތުން ގުނބޯހައްދާފަ ބައިތިއްބަން! ކަލޭމެން ހަމަތަ އެއްވެސްއިރެއްގަ؟

  5. ވެބްކެމް

    ކަލެ އަކަށް، އަޑެއްވެސްނީވޭދޯ ސަރުކާރު އަބަދު އެގޮވަނީ މަޝްވަރާގެ މޭޒުދޮށަށް، އެކަމަމު ކަލޭމެން އީޔޫގެ އަށް ސަދިޖަ ޖަހަޖަހާ ތިތިބެނީ، ސާރުކާރާއެކު ކުރާނެ މަޝްވަރާއެއް ނޯންނާނެއޭ ކިޔާފަ ސަރުކާރަށް ބިރުދައްކަން، ކަލޭ މެންހިތުން އީޔޫ އަކީ ހެއްދެވިފަރާތް، އަހަރުމެން މިތިބެނީ ވަރަށް ހުޝިޔާރުވެ ކުރިމަތިލާންޖެހޭ ކޮންމެ ކަމަކަށްވެސް ތައްޔާރަށް، ތިބުނާ އީޔޫ އަކަށް ކުޑަވެސް ސިހުމެއްނެތް حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ

  6. Anonymous

    މި ދެން ކާކު މީނަޔަށް ތާއީދު ކުރާ ބަޔަކު އެބަ އުޅޭތަ؟

  7. ސަރަގު

    ސިފާޒޫ ކީކޭ ތިކިޔަނީ މަށައް މުޅިން އޮޅިއްޖެ

  8. ބުޅާފާތުމަ

    ޝިފާޒޫ ކަލޭމެންގެ ބުއްދިޔަށް ކީއްތަ ވެފަ ތިޔަތިބެނީ؟ މިރާއްޖޭގެ ކަންކަމާ ވީހާވެސް ބޮޑަކަށް ބޭރުމީހުން ނުބައްސާ ވޭތޯއެއްނޫންތަ ބަލަންވީ؟ ބަންގާޅީން މިރާއްޖޭގަ ގޭގޭގެ ކުޏިކޮޅު އުކާލަން އުޅޭތީ ދޯ ކަލޭމެނަށް ކަންބޮޑުވަނީ؟ އެކަމަކު ބޮޑެތި ޔަހޫދީން މި ރާއްޖޭގެ ދާޚިލީ، މާލީ، ޝަރުޢީ މިކަހަލަ ހުރިހާ ކަމަކާ ކޮންމެހެންވެސް ބައްސަން ކަލޭމެން ބޭނުންވަނީ އުތަ؟ ތިޔައީ މިރާއްޖޭގެ ޣައްދާރުންނަކީ! އެނގިއްޖެތަ؟

  9. އަލިބެ

    " އެނޫން ގޮތަކަށް މި ރާއްޖެ ދެން ސަލާމަތް ކުރެވެން ނެތް " މި ޢިބާރާތަށް ބަލާއިރު ހީވަނީ މީހުންނާއި ތަންތަނާއި ޤައުމުތަކަށް ސަލާމަތްތެރިކަން ދެނީ މީނައާއި މީނަގެ އޯޑަރަށް ތަބަޢަވާ އައުވާނުންހެން. ބަލަގަ މޮޔަޔާ. ކަލޭ އެއްވެސް ފަރާތަކަށް އީމާން ނުވިޔެއްކަމަކު އަހަރުމެން އުޅެނީ ފުރިހަމަ ގޮތުގައި ހެއްދެވި ފަރާތަށް އީމާންވެގެންކަން ކަލޭ ހަނދާން ބަހައްޓާށެވެ.

  10. ސޭކުބޭ

    ކޮންމެކަމެއްގައިވެސް ދޮގާމަކަރާ އިސްކުރުމަކީ އެމް ޑީ ޕީ ގެ ހޮބީއެއްތަ؟ އަބަދު ދިވެހިން ގުބޯހައްދަން ނޫޅެބަލަ. ތެދެއްހަދައިގެން ކަމެއްކާމިޔާބުކުރެވޭތޯ ބަލާބަލަ.

  11. އަޙުމަދު

    އީޔޫ އަކީ ކޮންބައެއް؟ އަދި މީހުންގެ ބަނޑުފުރާ މުއްތި ކުރެވެނީ އެމީހުންގެ ދިނީމަތަ؟ ޝިފާޒު ބުނެދީބަލަ. ޝިފާޒަށް ނޭގެއްޏާ މިކިޔާދެނީ ރަނގަޅަށް އަޑުއަހާތި ނުވަތަ ކިޔާތި. އީޔޫ އަކީ ވިޔަފާރީގެ ކުރިއެރުމާއި މަންފާ ހުޅަނގުގެ ޤައުމުތަކުގައި ކުރިއެރުވުމަށް އެކަމުގައި އުފެއްދި ޖަމާއަތެއް. އަދި އެމީހުން އުފެއްދި މަޤްޞަދާއި ޚިލާފަށް ދުނިޔޭގައި އެމީހުންބުނާ ކަންކަން ( އެއްޖިންސުން ކާވެނިކުރުން، ޒިނޭޢާއްމުކޮށް ،ޑމޮކްރަސީގެ ނަމުގައި މުސްލިމުން ކާފަރުން އުޅޭހެން އުޅެ އިސްލާމްދީނުގެ ހައްދުތަކަށް އަރާގަނެ އަދިވެސް މިފަދަ މުސްލުމުންނުކުރުމަށް މާތްﷲ ޢަމުރުކުރައްވާފައިވާކަންކަން ) ކުރަން ކަނޑައެޅިގެން ގޮވަމުން ހަޅޭއްލަވަމުން ދުވާބައެއް. މިސާލު ދައްކާނަމަ އިންސާނީ ޙައްގުތަކޭ ކިޔާ ގޮވާ މީހުންނަށް ދުނިޔޭގައި މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑަށް އިންސާނީ ޙައްގުތަކަށް އަރާ އަދި އަރަމުންދާ އިސްރާއީލޭ ކިޔާ ޔަހޫދީންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ އަދި އެމީހުންނަށް ހަތިޔާރާއި މުސްލިމުން މެރުމަށް އެހެނިހެން ސަޕޯރޓް ދިނުން މިކަމުގެ ހެއްކަކަށް ފުދޭ. އަހަރެމެން އަބަދުވެސް އެޢަޤީދާއެއްގެ މަތީގައި ތިބޭ އިސްލާމީ ޢަޤީދާ އަށް ތަބަޢަވާ ކޮންމެ މީހަކަށްވެސް އެނގޭނެ ރިޒުގު ދެއްވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާކަން. އެއީ އަޅުން ކުރާ މަސައްކަތަށް ރިޒުގު ދެއްވާ ކަލާނގެ. އަދި އީޔޫއިން ކާން ނުދިނަސް އެކަލާނގެ އެހެނގޮތްތަށްވެސް މެދުވެރިކުރައްވާނެ. އެހެންކަމުން ޝިފާޒުމެން ދިވެހިރައްޔިތުންނަށް ހެޔޮއެދިގެން ކަމަށްބުނެ ދިވެހީންނަށް ދެރަދީ ޝިފާޒުވެސް އެޤައުމަކަށް ނިސްބަތްވާ ޤައުމު ހަލާކުކޮށްލަން މަސައްކަތްކުރުމަކީ ޝިފާޒުމެންގެ ހިތުގައި އިންސާނީ ޙަމްދަރުދީއެއްނެތްކަމުގެ އަލިގަދަ ހެއްކެއް. މާތްﷲ މުސްލިމުންގެ ޢަދުއްވުންގެ މަށްޗަށް މިވަޠަން ދޫކޮށް ނުލައްވާށި. އާމީން

  12. މުހައްމަދު

    ވެބްކަމް މާސްޓަރ. މަރުޙަބާ!

  13. އިހަވަންދޫ މީހާ

    ކަލެއަށް އެނގޭނީ ކޯޗެއް. ދޭބަލަ ވެބްކެމް ކުރިމަތީގައި ހުރެ ބަރަހަނާ ވާން

  14. Anonymous

    މަޝްވަރާ އަށް ނާންނަނީ ތި ޖާހިލުންނެއްނު.

  15. Anonymous

    މަޝްވަރާއޭ ބުނާއިރަށް ބުނާނެ ވެބް ކެމް އޭ ނަޝީދުގެ ނަން ވޯޓުކަރުދާހުގަ އޮންނަން ޖެހޭނޭ. ވެބްކެމް ކުޅި ހަރާމް ނަޝީދު ޖަލުގަ. ދެން؟

  16. ޑިމޮކްރަޓިސްޓް

    މިވަރުގެ ވައި މީހަކު މުޅިއެމްޑީޕީގަވެސް ނުހުންނާނެ! ހިތުން ވަރަށް މަމޮޅުވާން ވާހަކަދައްކާނީ، ދައްކާނީ މުޅިންވެސް އަތައްގޮވާ ވާހަކަ! މީނަދެންމީ މާވާހަކަދެއކޭމީހަކަށް ވެގަނެގެން މައިކެއްއަތުޖެހިއްޖެއްޔާ ހޭކެނޑޭމީހެއް!

  17. ބޮލަށް ތުރާ

    ވެބްކެމް ޖައްސައިގެން މަޝްވަރާ ނިންމާލަންވީނު

  18. ގަމާ

    4 އަހަރުވީ، ސަރުކާރުން މަޝްވަރާ އަށް ގޮވާތާ. ކަލޭމެންނަށް ބޭނުން ހާ ދޮގެއްހެދޭ. ބޭނުންގޮތަކަށް އުޅެވޭ.. ބޭނުންހާ ޖެއްސުމެއް ގައުމަށް ކުރެވޭ. .މިނިވަންކަން ނެތީ. ޢެއްޖިންސުން ކައިވެކުރަން. ބަނޑަށްޖައްސާފަ ވެސް އެއްޖންސު ކައިވެނި ހުއްދަ ކޮށްދޭނެ. ޔޫރަޕުން.

  19. ކަނބުލޮ

    މަޝްވަރާއެއް ނުކުރާނެ ވެބްކެމްގެ ވާހަކަ ގަދައަށް ދައްކަފާނެތީ... ބާރަށުދާއިރާއިން ބޭރުކޮށްފައިވާ މަދިރިއެއް މީ....ދެން މާ ދޫހެލޭ މީހަކަށް ވެގެން އުޅޭ އެއްޗެއް މީ... އަހަރެންގެ ވޯޓެއް ނުދޭނަން..ރީނދުލަކަށް...

  20. މުކައްބަ

    އީޔޫއިން ފިޔަވަޅު އަޅަން އުޅެނީ އަނދަވަޅެއްގެ މަތީގައި ކަން ހަނދާންކުރާތި. އެފިޔަވަޅު އަޅައިފިނަމަ މިތާ އިންތިހާބެއް ނުބާއްވާނަމޭ. އަދި ޔޫރަޕް މީހުން ހިންގާރިސޯޓް ތަށް އަހަރެމެން ދޭނީ ޗައިނާއާއި ސައުދީ އަށް ދެންވެސް ހުރި އެމީހުންގެ ވިޔަފާރިތަށް އަވަށްޓެރި ގައުމުތަކަށް. އެޔަށްފަހު އީޔޫއަށް ވާގިވެރި ދިވެހިންގެ މުދާތަށް އަތުލެވޭނެ އެ ނީލަންވަސް ކިޔޭނެ. އެމްޑީޕީ އުވާވެސް ލެވޭނެ. ކެނެރީގެ ނަށީދުގެ އައިޑީ ކާޑް އަތުލެވޭނެ. މިހުރީ އަދި ބައެއް ކަންކަން. ރާއްޖޭގެ ޕަބްލިކް މީޑިއާ ފިޔަވައި އިތުރު އެއްވެސް މީޑިއާއެއް ނުހިންގޭނެ. އަހަރެމެން ފިތާއިރު މާބޮޑަށްވެސް ތަދުވާނެ... މީގައި އިތުރު އެއްވެސް ޗޮއިސްއެއްނޯންނާނެ. އެމްޑީޕީ ފޮހެލަން ތައްޔާރު އަހަރެމެންވެސް. ވަރަށް ކްލިއަރ ކޮށްމިބުނީ.

  21. Anonymous

    ވެބްކެމްކުރިމަތީގަ ބަރަހަނާވީމަ ސަލާމަތް އެބައޮތްތަ

  22. Anonymous

    ވެބްކެމް ޖައްސާލަބަލަ.. މަޝްވަރާކުރެވޭނީ އޭރުން

  23. ވެެބްކެމްް

    ބުރޯ ކޮބައިތަ ކަލޭގެ ލަދު ހަޔާތް؟ ވެބްކެމް

    ކުރިމައްޗަށް ހުއްޓި ލަންޑޯސާ މޮޑެން ދޭބަލަ

  24. ކޮކޮރޮކޮ

    ހެހެހެހެ

  25. މިރާ

    ޥެބްކެމޭ ތީ ކުޓެހީއެކެ

  26. Anonymous

    ވެބްކެމް.މަސްވަރާ ވ ސަޅިވާނެ