މަޖިލިސް ކުރާ ގޭގައި މީގެ ކުރިން ބޭއްވި ޖަލްސާއެއް ---ފޮޓޯ: މަޖިލިސް

މާދަމާ ރައްޔަތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ ބާއްވަން ތާވަލްކޮށްފިއެވެ. މިއަހަރަށް މަޖިލިސް ހުޅުވައި ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަ ވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވަނީ ރިޔާސީ ބަޔާން އިއްވަވާފަ އެވެ.

މާދަމާގެ ޖަލްސާއަށް ދެ ކަމެއްވަނީ އެޖެންޑާ ކޮށްފައެވެ. ފުރަތަމަމަކީ އެންއައިސީގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ފޮޮޮނުއްވާފައިވާ ނަންފުޅުތައް ދިރާސާ ކުރުމަށްފަހު ގޮތެއް ނިންމަވައި އެ މައްސަލައާ ގުޅޭ ކޮމިޓީއަށް ނަންތައް ދިރާސާ ކުރަން ފޮނުވުމެވެ.

އަދި މާދަމާގެ ޖަލްސާގައި، ޖަޕާންގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީިން ފޮނުވާފައިވާ ނަންފުޅު ދިރާސާ ކުރުމަށްފަހު އެކަމާ ގުޅޭ ކޮމިޓީއަށް މައްސަލަ ފޮނުވުން ވެސް އެޖެންޑާ ކޮށްފައި ވެއެވެ. އެގޮތުން ޖަޕާންގެ ސަފީރު ކަމަށް އައްޔަން ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ، މ. ފޭމަންްސް، އިބްރާހިމް އުވައިސްގެ ނަންފުޅެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ފުރަތަމަ އެޖެންޑާ ކޮށްފައިވަނީ މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި މަޖިލީހުގެ މަޖިލީހުގެ ރައީސް އޭރު ވަނީ ޖަލްސާ ކެންސަލް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް