ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެޓަރުން އިސްނަގައިގެން ދިއްދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބާއްވަން ނިންމައިފިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ދިމާކޮށް ކުރިޔަށް ގެންދަން ނިންމާފައިވާ މި މުބާރާތަކީ ހއ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން އިސްނަގައި ދިއްދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން މަސްވެރިކަމަށް ލޯބިކުރާ ޒުވާނުންނާއި ހާއްސަކޮށް ކަނބަލުންނަށް އަމާޒްކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.

މަސްވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި "މަސްވެރިކަމުގެ" ރޫޙު އާލާކުރުމާއި މިހާރަށްވުރެން ބޮޑަށް ކަނބަލުން އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމުގެ ޝައުގުވެރިކަން އުފެއްދުމުގެ މަގްސަދުގައި ކުރިޔަށް ގެންދަން ނިންމާފައިވާ މި މުބާރާތުގައި ޖުމުލަ 6 މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ.

މުބާރާތުގައި ބައިވެރިވެފައިވަނީ ހއ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި، ހއ އަތޮޅު ކައުންސިލާއި، ދިއްދޫ ކައުންސިލާއި، އަތޮޅު ހޮސްޕިޓަލާއި, ދިއްދޫ ޕޮލިސްޓޭޝަންގެ ޓީމުގެ އިތުރުން ދިއްދޫ ފެނަކަ ކޯޕަރޭޝަންގެ ޓީމެވެ.

ތާފާތު ވަނަ ތަކެއް ހޮވާ މިމުބާރާތުގައި މަހަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:15 އިން 20:30 އަށެވެ. މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަ ތަކުގެ ތެރޭގައި އެއްވަނަ ޓީމް، ދެވަނަ ޓީމް އަދި އެންމެ ބަރުމަސް ބޭނޭ ފަރާތެއް ހޮވުމަށް ވަނީ ނިންމާފައިވާ ކަމަށް މުބާރާތް އިންތިޒާމްކޮށް ކުރިޔަށް ގެންދާ ފަރާތުން ބުނެފައިވެއެވެ.

މީގެއިތުރުން މާދަމާ ރޭ، 9:15 ގައި ދިއްދޫ ރައްސި ގަނޑު ސަރަހަދުގައި މުއައްސަސާތަކުން ބައިވެރިވެގެން ބޭނި މަސްތަކުން ބާބަކިޔުއެއް ކުރިޔަށް ގެންދާގޮތަށް ވެސް ވަނީ ހަމަޖެހިފައިވާ ކަމަށް އެ ފަރާތުން ބުނެފައިވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބްރާހިމް

    އަންހެނުންގެ ދުވަހާއި ދިމާކޮށް ބާއްވަންވީ މަސްރޭހެއް ފެޝަންޝޯއެއްނޫން. މަގުމަތި ކޮންނަ ރޭހެއް ބާއްވަންވީ އޭރުން ފިރިހެނުންނަށް ދޫނުކުރާ ބައެއްކަމަށްވާނީ.

  2. ކެންދޫ

    ކެންދޫގަ ވެސް އެބެއް

  3. ދިދަ ދަނޑި

    އަންހެނުންގެ ދުވަހު ނޭވާވެސް ލެވޭނީ ޖެންޑަރ މިނިސްޓަރ ހުއްދަ ދިނީމަ..