ސައުދީ ސަރުކާރުން ރާޢްޖެއަށް ހަދިޔާކުރި ކަދުރު ބެހުހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ސައުދީ ސަރުކާރުން ރާޢްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތުގެ ދަށުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައި ވަނީ އެއް ޕެކެޓް ކަދުރު ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އިން ހާމަކުރި ގޮތުގައި ގޭބިސީތަކަށް ކަދުރު ދޫކުރާނީ އެ ގެއެއްގެ ނުވަތަ ގޯއްޗެއްގެ ރަޖިސްޓްރީ ގެންދިއުމުންނެވެ. އަދި ކުއްޔަށް ހިފާފައިވާ ފްލެޓެއް ނުވަތަ އެޕާޓްމެންޓެއް ނަމަ ހުށަހަޅަން ޖެހެނީ ކުއްޔަށް ދީފައިވާ ކަމުގެ އެގްރީމެންޓްގެ އަސްލެވެ. އަދި ކަދުރު ހޯދަންދާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ވެސް ގެންދަން ޖެހޭނެކަމަށް އިސްލާމިކް މިނިސްޓުރީއިން .ބުނެއެވެ.

އިސްލާމިކް މިނިސްޓުރީއިން ނެރުނު އިއުލާންގައި ބުނެފައިވާ ގޮތުން މާލެ އަދި ވިލިމާލޭގަ ގޭބިސީތަކަށް ކަދުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ. އަދި ހުޅުމާލޭގެ ގޭބިސީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކަމަށް އިސްލާމިކް މިނިސްޓުރީއިން މައުލޫމާތު ދެއެވެ.

މީގެއިތުރުން ރަށްތަކަށް ކަދުރު ބަހާނީ އަތޮޅު ކައުންސިލް ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށެވެ.

އިސްލާމިް މިނިސްޓުރީއިން ހާމަ ކުރިގޮތުގައި ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގައި ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށެވެ.

ސައުދީ ސަރުކާރުން އަންނަނީ ދިވެހި ރަތްޔިތުންނަށް ކޮންމެ އަހަރައެއްގެ ރޯދަ މަހާ ދިމާކޮށް ކަދުރު ހަދިޔާ ކުރަމުންނެވެ. ނަމަވެސް މިއަހަރު ރޯދައަށް ކަދުރު ނުލިބި ލަސްވި ސަބަބެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.