އޭ.ޑީ.ކޭ ހޮސްޕިޓަލް ފޮޓޯ : ސަން

ވައިގޮޅިން ވެއްޓި ހާލު ސީރިއަސްވި މީހާ އޮތީ ކޯމާގައިކަމަށް ހުޅުމާލެ ހޮސްޕިޓަލު ހިންގަމުންދާ އާސަންދައިން ބުނެފިއެވެ.

ވައިގޮޅިން ވެއްޓި ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދެމުން ދަނީ ބިދޭސީ ފިރިހެނަކަށެވެ.  އެމީހާ ގެ ހާލު ސީރިއަސް ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މައުލޫމާތު ދެމުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އޭނާ ވެއްޓުނީ ހުޅުމާލޭ ފަސް ނަންބަރު ފްލެޓްގެ ތިން ވަނަ ބުރީގެ އެޕާޓްމަންޓެއްގެ ވައިގޮޅިންނެވެ. ނަމަވެސް އޭނާ ވެއްޓުނީ ކޮން މަސައްކަތެއްގައި އުޅެނިކޮށް ކަމެއް އަދި ސާފެއް ނުވެ އެވެ. ވައިގޮޅިން ވެއްޓި އަނިޔާވެ ސީރިއަސް ހާލަތުގައި އޮތް އެމީހާ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވަނީ މިއަދު މެންދުރު 13:30 ގައި ކަމަށް އާސަންދައިން ބުނެއެވެ.

ހުޅުމާލޭ ފަސް ނަމްބަރު ފްލެޓުގެ ހަތަރު ވަނަ ފްލޯއިން ވައިގޮޅިން ވެއްޓި، އެމީހާގެ އަތާއި މޭގެ ކަށިގަނޑުވަނީ ބިންދައިގެން ގޮސްފައެވެ. އަދި ކަރަށް ވެސް އަނިޔާތައް ލިބިފައިވާކަމަށް އާސަންދައިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތިކަންތައްވެސް އަޅުވާމީހުން އަޅުވާނީ ސަރުކާރުގެ ބޮލުގަ.

  2. ތިޔައް ކިޔާނީ ގޮޅިގަޅި ޖެހުން.