ކުށްވެރިން ދޫކުރުމަކީ ބޭނުންވާ ކަމެއް ނޫން ކަމަށާއި ރައްޔިތުން ބޭނުން ވަނީ ތަރައްޤީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ހދ.ނޮޅިވަރަމްގެ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

"ނޮޅިވަރަމަކީ އުތުރުގެ މުހިންމު ރަށެއް. ނިމިގެން ދިޔަ ފަސް އަހަރު ނޮޅިވަރަމަށް ދައުލަތުން ކޮށްފައި އޮތީ ހަތް މިލިއަން ރުފިޔާ. މި ހަތަރު އަހަރާއި ބައިގެ މުއްދަތުގައި 115 މިލިއަން ރުފިޔާ މިވަނީ ޚަރަދު ކުރެވިފައި. އެހެންވީމާ ވިސްނަންވީ ސިޔާސީ ކަންތައްތައްތޯ ނުވަތަ ތަރައްޤީގެ ވާހަކަތޯ." ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ދަރަނީގެ ވާހަކަ ދައްކާ އަޑު އެމަނިކުފާނަށް އިވިވަޑައިގަންނަވާ ކަމަށެވެ.

"ނޮޅިވަރަމް ރައްޔިތުން ބޭނުން ވަނީ ފެނުގެ ނިޒާމް ގާއިމް ކުރަން. ފެނުގެ ނިޒާމް ގާއިމް ކުރީ ކޮން ގޮތަކުން ހޯދި ފައިސާއިންތޯ ރައްޔިތުން ސުވާލެއް ނުކުރާނެ. ރައްޔިތުން ބޭނުންވާނީ މަސައްކަތްތައް ފުރިހަމަވާން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މަޝްހޫރު ހުރިހާ ވިޔަފާރިވެރިން ވެސް ލޯނު ނަގާ ކަމަށާއި ލިބޭ އާންމުދަނީއަކުން ގެސްޓް ހައުސްއެއް އެޅުމަށް ވެސް އުމުރު ދުވަސް ހޭދަވެދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބޭރުގެ ބޭންކްތަކުން ލޯންތައް ދޫކުރަނީ ދިވެހި ސަރުކާރަށް ލޯންތައް ދެއްކޭނެ ފަދަ ގާބިލްކަމެއް ހުރިތޯ ބަލާފައި ކަމަށެވެ.

"ވެލާނާ އެއާޕޯޓް ތަރައްޤީ ކުރަން މިނަގަނީ 1000 މިލިއަން ޑޮލަރު. އެއީ ލޯން ދެއްކޭނެ ފަދަ ގާބިލްކަން އޮތީމަ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ އަށް ލޯނު ލިބުމުގެ އެންމެ ބޮޑު ސިއްރަކީ ފަތުރުވެރިކަން ކުރިއަށް ގޮސްފައިވާ މިންވަރު ކަމަށެވެ.

"ރާއްޖެ އަށް މިހާރު އަންނަނީ 1.5 މިލިއަން ފަތުރުވެރިން. އެއާޕޯޓް ތަރައްޤީ ކުރެވެމުން 8 މިލިއަން ފަތުރުވެރިން އަންނާނެ. އެކަން ލޯނު ދޭ ފަރާތްތަކަށް ވެސް އެނގިވަޑައިގަންނަވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރައްވަން ބޭނުންފުޅު ވަނީ ބުރަ އުފުލައިގެން ކަމަށެވެ.

ރައީސް ވިދާޅުވީ އެހެން މީހުން ދައްކަންވީ ރާއްޖެ އިސްލާހު ކުރަންވީ ގޮތުގެ ވާހަކަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އަބްދުއްލާ

    އެއް ގޮތަކަށްވެސް ކުށްވެރިން ދޫނުކުރާތި . ޔޫރަޕިޔަން ޔުނިއަން އިން އަޅާ ކޮންމެ ފިޔަވަޅަކަށް ފިޔަވަޅެއް އިދިކޮޅު ކޯލިސަނާދެކޮޅަށް އަޅަންފެނޭ

  2. އަލީ

    ކުއްވެރިވެގެން ޖަލަށް ލީމަ އެމްޑީޕީން ބުނަންވީ އެއީ ހުދު ތާކިހަލެކޭ. ދެން ސަރުކާރުން ވީދޫކުރަންތަ؟ މީތަ ޑިމޮކްރަސީ އަކީ. އެކަކުވެސް ދޫކޮށްގެން ނުވާނެ.

  3. އަފޫ

    ސާބަހޭ ރައީސް ޔާމީން. ތިބޭފުޅާއަށް ކުރިއެރުން ދެއްވާށި. އާމީން.

  4. ރައީސް

    މަނިކުފާނަށް މާތްﷲ، ގަދަކަން ދެއްވާ، މަނިކު

    ފާނާ ދެކޮޅަށް އުޅޭ މަދު ޔަހޫދީ ބައިގަނޑު

    ބަލިކުރައްވާޝި

  5. ޙަފްޞާ / މާލެ

    އެމެރިކާއަކީ ޑޮލަރު އުފައްދާ ޤަވްމު! މިހެންވީއިރުވެސް ދުނިޔޭގެ ބޭންކުތަކަށް އެމެރިކާއިން 54 ޓްރީލިޔަން ޑޮލަރަށް އޮތީ ދަރާފަ! ޖަޕާނަކީ އިޤްތިޞާދުގެ 4 ވަނަ ތަނބު! އެޤަވްމުން ދުނިޔޭގެ ބޭންކުތަކަށް 14 ޓްރީލިޮޔަން ޑޮލަރަށް އޮތީ ދަރާފަ! ޗައިނާއަކީ ދުނިޔޭގެ އިޤތިޞާދުގެ 2 ވަނަ ތަނބު! 11 ޓްރީލިޔަންޑޮލަރަށް އެ ޤަވްމު އޮތީ ދަރާފަ! ޖަރުމަން އަދި އިޓަލީއަކީ އިޤްތިޞާދުގެ 7 ވަނަ ތަނބު! ކޮންމެ ޤަވްމަކުން 13 ޓްރީލިޔަންޑޮލަރަށް އޮތީ ދަރާފަ! ސަޢޫދީޢަރަބިއްޔާއަކީ އިޤްތިޞާދުގެ 6 ވަނަ ތަނބު! 19 ޓްރީލިޔަންޑޮލަރަށް އެޤަވްމު އޮތީ ދަރާފަ! އިންޑިޔާއަކީ އިޤްތިޞާދުގެ 12 ވަނަ ތަނބު! ދަރަނި ބޯހިކޭންނެތް! ކުވައިތު ، ތރުކީ ޢިރާނު ޢިރާޤު ފަދަ ތެލުގެ މުއެްސަދި ޤަވްމުތަކަކީ ދުނިޔޭގ އިޤްތިޞާދުގެ 7 ޕަސެންޓް ހިއްސާކުރާ ޤަވްމުތައް! އިން ކޮންމެ ޤަވްމެއް ވަނީ 7 ޓްރީލިޔަންޑޮލަރަށް ދަރާފަ! މި ޤަވްމުތަކަށް ދަރަނިދެނީ ދަރަނީ ދެއްކެނޭކަމުގެ ގެރަންޓީއޮތީމާ! ދިވެހިރާއްޖެއަށް ދަރަނިދެނީވެސް އެހެންވެ! ދެން ލަލަލާ

  6. ބޮކި

    ވައްކަން ކުރަންވެސްބޭނުން ލޯނުނަގަންވެސްބޭނުން އަކަމަކު ނުހައްގުން ޖަލައްލާފަތިބި މީހުން ދޫކުރާކަށް ބޭނުމެއްނޫ..

  7. ބަލަބަލަ

    ބަލަ ހއ. ދިއްދޫ އަށް މިސަރުކާރުން ދުއިސައްތައެތައް މިލިޔަންރުފިޔާ ހަރދުކުރިއިރު ރަށުގެ ރީދޫ ހުންޖެހެފައިތިބި އަތޮޅު ކައުންސިލާ ރަށު ކައުންސިލްދިނީ ބީރު ކަންފަތް ސަރުކާރައް ކުރީޖެއްސުން ބަލަ ތިޔަރަށް ތަރައްގީ ކުރީމާ މިގައުމުގާ ވެރިކަން ކުރައްވާ ވެރިޔަކު ދިއްދޫއަކުނޫޅުވާނެދެންކޮންޖެއްސުމެންކުރަން ؟؟ ބަލަ މިރައީސައަކީ ތަރައްގީ އަދި ތިރީސްހާސްފުލެޓްގެ މޭއިސްތިރި ލޯނު ދައްކަންއެގޭ ގަޓްސްހުރި ފަހަތައްބެލުމެންނެތް ފަސްމީރު ހަމަކުރި ރުކެއްގެ މިސާލް ބަލަ ތިރީސް ފަސްއަހަރުނިމުނުއިރު އެމް.އާރު މެސެނެތްނުލިބުނު ހަތަރުައަހަރުގެތެރޭގާ ހަތަރުމެސަނު ރައީސްގެ ހިކުމަތްތެރިކަމާއެކު ބަލަ މިއީ ރައީސުންނަކީ

  8. ލިލިި

    ސާބަހޯ...??

  9. އޭޭނަ

    ޢަަރުން ބޭނުމީ ތަރައްގީ ސާބަހެ ރައީސް މީހަ

  10. ފަޒްނާ އަލީ

    ސަޕްރައިޒެއްގެ ގޮތުން ހއ.ދިއްދޫ ޒުވާނުންނަށް އެއަރޕޯޓެއްދިނުންކީއްތޯ މަހާޖައްރާފުން ފަޅުހިއްކާލީމައި އެއަރޕޯޓްގެ މަސައްކަތްފެށުނީއެވެ. ޒުވާނުންގެއުންމީދު ރައީސްޔާމީންގެ ކުރިއެރުން

  11. ސަނދުވާ

    ވަރަށް ރަނގަޅު ޢިބުރަތްތެރި ސްޕީޗެއް. ޙަޤީޤަތަކީ އެއީ. ޝުކުރިއްޔާ ރައީސް ޔާމީން

  12. ދަސް

    ތިވިދާޅުވަނީ އަދި ވެސް ފަސްކުޅަދުބައިކަމަށްތޯ

    • Anonymous

      ބޭނުމީ ތަރައްޤީ ކުށްވެރިން ދޫކުރާނެ މަމެއްނެތް. ސާބަހޭ ރައީސް ޔާމީން.

  13. ޙިލްމިއްޔާ

    ޙަފްޞާ ގެ ތިޔަ ހިސާބުތައް އޮންލައިންކޮށްނަމަވެސް ފެންނާނީކިހިނެއް؟ ހާދަ ވަރެކޭ ތިޔަހުރީ އަރުވާލާފަ! މަ ހަމަ ބަލާބަލާވެސް ފެނުނީ ތިޔަތަނުން ތިން ޤަވްމު! އަދަދުތައްވެސް ދިމާވޭ! ދެންހުރި ޤަވްމުތައް ހޯދާނީ ކިހިނެއްތޯ ޙަފްޞާ؟

  14. މޮޔަސޮރު

    މިސަރުކާރު އައި އިރުވެސް މިރާއްޖޭގެ ބޭންކް ތަކުގަޔާއި، މަނިޓަރީގަ ހުންނާނެ ފައިސާ ދެން ޔާމީން ކޮންތާކުން ހޯދި ފައިސާއެއް ޚަރަދަު ކުރީއޭ ތިކިޔަނީ އެފައިސާއަކީ ރައްޔިތުންގެ ފައިސާ އެފައިސާއިން ޚަރަދު ކުރަންޖެހޭނީ ރައްޔިތުންގެ ކަންކަމަށް އެކަމު މިސަރުކާރުން އެންމެ ގިނަ ކޮރޕްޝަންއަށް ފައިސާ ޚަރަދުކޮށްފަވަނީ، އަދީބަކީ ކޮން ޕާޓީއެްގެ މީހެއް؟

  15. އަބްދުއްލާ

    ނުހައްގުން އެކަކުވެސް ޖަލަށް ލާފައެއް ނެތް. ހުރިހާމީހުން ވެސް ޖަލަށްލާފާތިބީ ގާނޫނުގައިވާގޮތަށް ކުށެއްކުރިކަން ނުވަތަ ނުކުރާކަން އެގޭނީ ސަރީއަތް ނިމުނީމަ .

  16. ވަތަން

    އިތުރު ޖަލުތަކެއް އަޅަންވީނުންތޯ

  17. ޒާ

    ސާބަހޭ ރައީސް ޔާމީން. އަހަރެމެން ނުދުވާނަން ތަރައްގީ ދޫކޮށްފައި އެކަން ހުއްޓުވަން އުޅުމުން ޖަލަށްލީ މީހުންގެ ހައްގުގައޭކިޔާފައެއް.

  18. މުނާފިގު ކަލޭގެ

    ވިޔަފާރި ފުޅާކުރަން ވިޔަފާރިވެރިން ނަގާ ލޯނު އަދާ ކުރުމުގެ ޒިންމާ ނަގަންޖެހެނީ އެ ވިޔަފާރިވެރިއެކެވެ. އަދި ލޯނު އަދާ ނުކުރެވިއްޖެ ނަމަ، ނެގޭނީ ވެސް އެ ވިޔަފާރިވެރިޔާގެ މުދާތަކެވެ. މިއާޚިލާފަށް ރައީސް ޔާމީން ދިވެހި ސަރުކާރުގެ ނަމުގައި ނަންގަވާ ލޯނު، އަދާ ކުރަންޖެހޭނީ އެކި ނަންނަމުގައި ރައްޔިތުންގެ އަތުން ނެގޭ ފައިސާއިންނެވެ. އެ ނުދެއްކުނަސް ރައީސް ޔާމީންގެ މުދަލުން ފުކެއްވެސް އުންޏެއް ނުވާނެއެވެ. ތިހެން ގުނބޯ ހެއްދޭވަރަށްވުރެ ދިވެހިން މިހާރު ޢިލްމީ ވެފައި، ހޭލުންތެރި އެވެ.

  19. ނިންނި

    ސާބަހޭ ރައީސް ޔާމީން.

  20. ނައްލަބެ

    ސާބަހޭ މަގޭ ރައީސް ކޮން ކުއްވެރިންނެއް ކުއްވެރިންގެ ފަރާތުން ގައުމަށް ވަންނަ ލާރި އޮހެނަީތަ އެމްޑީޕީ ބޭނުން ވާނީ ކުއްވެރިން އަދި އީޔޫ ދެން ލާދީނީވެގަތުން މިއީ މިބައިމީހުންނަޢް އެންމެ މުހިއްމު ކަންތައްތައް އަޅުގަނޑު މެން ބޭނުމީ ރައީސް ޔާމީން އާއި ގައުމައް ގެންނަ ތަރަށްގީ ޝުކުރިއްޔާ ރައީސް ތިގޮތުގައި ދެމިހުންނެވުމައް ދާންނަވަން .

  21. ޙަސަން އަބޫބަކުރު

    ކުށްވެރީން ދޫނުކުރައްވާ އެމީހުން ބޭރު ޤައުމުތަކުގެ އެކިއެކި ޖަމްޢިއްޔާ ތަކުގެ ދޮރާށި ދޮށަށް ޙައްޤު ހޯދަން ބަެއިތިއްބާ! ޙައްޤަކީ ކޮބައިކަން އެގޭނެ ރައްޔިތުންނަށް! ޙައްޤުތަކަށް ސަަރުކާރުން އިޖާބަ ނުދެއްވާތި. މަނިކުފާނު ގެންދަވާ ކުރިޔަށް ބާރަށް! އަޅުގަނޑުމެން މިތިބީ މަނިކުފާނު ދެވަނަ ދައުރަށް ހޮވުމަށް އަވަދިނެތި

  22. އަދީބު ރިޓާންސް

    ސާބަހޭ ރައީސް! އަހަރެމެން ބޭނުންވަނީ ތި ވަގު ހިފާ ހައްޔަރުކުރަން!