ދިވެހިން އެއްކުރި ފައިސާ އިން ފަލަސްތީނުގެ ޣައްޒާގެ 100 ގެއަކަށް ކަރަންޓު ދީފި އެވެ.

ޣައްޒާގެ ގެތަކަށް ކަރަންޓް ދީފައި ވަނީ ރާއްޖޭގެ 150 ޖަމިއްޔާއަކާއި ކައުންސިލްތައް ގުޅިގެން ހިންގާ "ލޯތްބާއެކު" ކެމްޕޭންގައި އެއްކުރި ފައިސާ އިންނެވެ. ޣައްޒާގެ 250 ގެއަކަށް ކަރަންޓު ފޯރުކޮށްދެވޭ ވަރަށް މިހާރު ވަނީ ފައިސާ އެއްކުރެވިފައެވެ.

ދިވެހިން އެއްކުރި ފައިސާ އިން ކަރަންޓް ފޯރުކޮށްދީފައި ވަނީ ޗާޖް ކުރެވޭ ލެޑް ލައިޓްތަކެއް ހަދިޔާ ކޮށްގެންނެވެ.

އިސްރާއީލް އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާ އަށް އެކަށީގެންވާ ގޮތެއްގައި ކަރަންޓެއް ނުލިބެއެވެ. ޣައްޒާއަށް ތެޔޮ ފޯރުކޮށްދިނުމަށް ވެސް އިސްރާއީލް އިން ވަރަށް ބޮޑަށް ހުރަސް އަޅައެވެ. އަދި ޣައްޒާގެ އިންޖީންގެތަކަށް ހަމަލާދީ އިސްރާއީލް އިން ދޭތެރެދޭތެރެއިން އެތަންތަން ހަލާކު ވެސް ކޮށްލައެވެ.

ޣައްޒާ އަށް އެހީތެރިވުމުގެ މަސައްކަތް ދިވެހިން ކުރަމުން ގެންދަނީ ޣައްޒާގެ އަލްފަލާހު ކިޔާ ޖަމިއްޔާއަކާ ގުޅިގެންނެވެ.

ޣައްޒާ އަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން 9122121 ނަމްބަރަށް ގުޅުމުން އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

މީގެ ކުރިން ވެސް ދިވެހިން ވަނީ ޣައްޒާއަށް އެހީތެރިވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ 2014 ވަނަ އަހަރު އިސްރާއީލް އިން ޣައްޒާ ސުންނާފަތިކޮށްލި ހަނގުރާމައިގައި ހާލުގައި ޖެހުނު ފަލަސްތީން މީހުންނަށް އެހީވުމަށް ދިވެހިން ހިންގި ބޮޑު ހަރަކާތެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބަތޮލް

  މިހާރު ތިކަމާ ރުޅިއަރައިގެން ކެރަފާ ނަސީމު އޮންނާނެ އިޒްރޭލު ކައިރީ ހޭރެން.

 2. ޖޭޑް ޢައްބާސް

  ލެޑް ލައިޓް ހަދިޔާ ކޮއްގެންނޭ ބުނާއިރު، އެލެޑް ލައިޓްތަކަކީ މިނިވަން 50 ފާހަގަ ކުރަން ޗައިނާ ސަރުކަރުން ރާއްޖެއަށް ހިލޭގެ އެހީގެ ގޮތުގައި ހަދިޔާ ކޮއްފައިވާ އެއްޗެހިތަކެއް....!!! އެހެންވީމާ ޢައްޒާ ފަންޑަށް ހޯދި ފައިސާއަށް ވީނުވީއެއް ނޭނގިފައިވަނީ...! ފައިސާ ފައިސާ ފައިސާ..... ފައިސާ ފައިސާ ފައިސާ......

  • އަންނި

   ތިހާވަރު ތިއެގުނީ ކަލެއަށް އެގޭތީނުން.....
   ކަލޭމެން ކިތަންމެ ރުޅިއަޔަސް ފަލަސްޠީނަށް މިސަރުކާރުން އެހީވޭނެ

  • އަންނި ދި ސޮނިބެ

   ޔަހޫދީންނައް ހަޖަމެއް ނުވާނެ. ޢަބަދުވެސް

   ކޮންމެވެސް އެއްޗެކޭ ކިޔާތި.

  • ޖޮއްބެ

   ކަލޭގެ ރީނދޫ ސަރުކާރުން ވައްކަންކޮށް ދައުލަތުގެ މާލިއްޔާ ދިރުވާލިޔަސް މިސަރުކާރުން އެކަހަލަ ކަންކަމެއް ނުކުރޭ. އޭގެ ހެއްކަކީ ސަރުކާރުން ގައުމުގެ ތަރައްގީ އަށްޓަކައި ކުރަމުންދާ ބުރަ ގިނަގުނަ މަސައްކަތް. ކަލޭވެސް ދެލޯކަނު ނޫނިއްޔާ ފެންނާނެ މިގައުމުގައި ސަރުކާރުން މިއޮއް ކުރަމުންދާހާ މަސައްކަތް. ޗައިނާ ސަރުކާރުން ހަދިޔާކުރި ބޮކިތައް ސަރުކާރު އޮފީސް ތަކަށާ ގޭގެއަށް ބަހާ ހުސްކުރީކަމެއްވެސް ކަލެއަކަށް ނޭނގުނު ރީނދޫވެފަ ހުރިލެއްބޮޑުކަމުން.....!!! އަޖައިބުވޭ މިތިބަ ގުއިދުރަން ތަކާހެދި.

 3. ލޯތްބާއެކު

  އަލްހަމްދުލިﷲ. ވަރަށް އުފާވެރި ހަބަރެއް.

 4. މ

  الحمد لله