ދޫކޮށްލުމަކީ ރައީސް އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދު ރަހީމު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަމުގެ ނަރުދަމާ ނިޒާމު އިފްތިތާހު ކުރުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމު ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ވެރިކަމާ ހަވާލުވާ ދުވަހު ޖަލގައި ތިބި ސިޔާސީ ކުށްވެރިން ދޫކޮށްލާނެ ކަމަށް އިދިކޮޅު ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވާ ވާހަކައަށް ރައްދުދެއްވައި އަބްދުރަހީމު ވިދާޅުވީ ކުށްވެރިން ދޫކޮށްލުމަކީ ރައީސް އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އިދިކޮޅުން ރިޔާސީ އިންތިހާބަށް ނެރެފައިވާ ކެނޑިޑޭޓާއި ރަނިންމޭޓު ދައްކަނީ މުޅިންވެސް ނުކުރެވޭނެ ކަންތަކުގެ ވާހަކަ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމުގެ ވާހަކަ އެފަރާތްތަކުން ނުދައްކާ, މީގެންވެސް އެނގެގެން ދަނީ އެބޭފުޅުންގެ ތަސައްވަރެއް ނެތްކަން. އެބޭފުޅުންގެ ވިސްނުމެއް ނެތްކަން. " އަދުރޭ ވިދާޅުވިއެވެ.

އަބްދުރަހީމު ވިދާޅުވީ ގާނޫނުގެ ހަމަތަކާ އުސޫލުތައް ނޭނގޭ ބަޔަކަށް ވެރިކަން ނުކުރެވޭނެ ކަމަށާއި ރައީސް ނަޝީދު އޭރުވެސް ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް އެއްވެސް އެއްޗެއް ހިއްޕަވައިގެން ނޫން ކަމަށެވެ.

" ތަސައްވަރެއް ނެތީމާ އެހެން އެވަނީ. ހުސްއަތާ ރިޔާސީ ރޭހަށް ނިކުމެ ވަޑައިގަންނަވާ ބޭފުޅުންނަކަށް ރައްޔިތުންނަށް ފައިދާ ވާ ވާހަކައެއް ނުދެއްކޭނެ،" އަބްދުރަހީމު ވިދާޅުވިއެވެ.

ގާނޫނުގެ ބާރު ރައްޔިތުންގެ މައްޗަށް ހަމަހަމަ ކަމާއެކު ހިންގާތަން މިހާރު އެބަ ފެންނަ ކަމަށާއި، ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމުގެ ނަތީޖާވެސް ފެންނަ ކަމަށް އަބްދުރަހީމު ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ދިވެހިން ބޭނުންވަނީ ދިވެހިންނަށް ބޭނުންވާ ކަންތައް ލޯނު ނަގައިގެންވެސް ކޮށްދެއްވާ، އެ ލޯނު އަދާކުރައްވާ ވެރިއެއް ކަމަށާއި، އެ ވެރިއަކީ ރައީސް ޔާމީން ކަމަށެވެ.

" އެމްޑީޕީގެ ސަރުކާރު ނިމިގެން ދިޔަައިރު ރާއްޖޭގެ ދަރަނި 23 ބިލިއަނަށް ވަނީ އަރާފައި. ރައީސް ވެރިކަމާ ހަބާލުވިއިރު ދަރަނި ވަނީ 28 ބިލިއަނަށް އަރާފައި. ރައީސ ޔާޔާމީނުގެ ސަރުކާރުން 13 ހާސް މިލިއަނުގެ ދަރަނި ވަނީ އަދާކޮށްފައި،" އަބްދުރަހީމު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ކުށްވެރިން ރައީސަށް ދޫކޮށްލެވޭގޮތެއް ގައިމު ޤާނޫނުގައި އޮވޭ! އެއީ މަޢާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު!!! އެހެނަސް އެ ޤާނޫނުގެދަށުންވެސް ދޫނުކުރެވޭނޭމީހުން ތިބޭނެ! މިސާލަކަށް މައިބަދަގުޑިމީހުނަށާ ، ބޮންގޮއްވިމީހުންނަށާ ، ހަތިޔާރުގެންގުޅުނުމީހުންނަށާ ، ރަހީނުކުރިމީހުންނަށާ ، މިވައްތަރުގެ 6 ވައްތަރު!

  2. މަކަރު އީޔޫ

    މައިބަދަ ގުޑާ މިހުން އަދި ބޮންގޮއްވާ މީހުން ހިޔާނަތް ތެރިން ދޫނުކުރާތި.