ސަރުކާރާއެކު މަޝްވަރާގެ މޭޒަށް އައުމަށް، އިދިކޮޅު ކޯލިޝަނުން އެއްބަސްވެއްޖެއެވެ. އިދިކޮޅު ކޯލިޝަނުން އެއްބަސްވެފައިވަނީ ސަރުކާރުން ބޭނުން ގަޑިއެއްގައި ބޭނުން ތަނެއްގައި މަޝްވަރާ ކުރިއަށް ގެންދިއުމަށެވެ.

އެނގިފައިވާ ގޮތުގައި މަޝްވަރާއަށް ދިއުމަށް ސަރުކާރާއެކު ދެކެވުނު ވާހަކަތަކުގައި މެދުވެރިއަކަށް ހުންނެވީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު، އަބްދުﷲ ޖާބިރެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި، ސަރުކާރު ތަމްސީލު ކުރާ އިސް މަންދޫބު ޑރ ޝައިނީގެ މި ދައުވަތު ގަބޫލުކޮށް ޝައިނީއަށް ޝުކުރު ދަންނަވާ ކަމަށެވެ.

"ކޮންމެ ކަމެއްވެސް މަޝްވަރާކޮއްގެން ހައްލު ވާން ޖެހޭނެ ކަމަށް ގަބޫލު ކުރަން. އަދި އިއްތިހާދުން ބޭނުންވަނީ ވީހާ އަވަހަށް ޝައިނީ ވިދާޅުވާ ތަނަކަށް ވިދާޅުވާ ވަގުތެއްގައި މަޝްވަރާ ކުރަން ތައްޔާރަށް " ޖާބިރު ވިދާޅުވިއެވެ.

ފަހަކަށް އައިސް ޖާބިރު ފެނިގެންދަނީ ވަރަށް ބޮޑަށް އިއްތިހާދުގެ ފަރާތުން ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައެވެ.

ޖާބިރު މިހެން ވިދާޅުވެފައިވާއިރު ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ވެސް ވިދާޅުވީ އެމްޑީޕީން ވެސް ބޭނުން ވަނީ މަޝްވަރާ ކޮށްގެން ކަންކަން ހައްލުކުރަން ކަމަށާއި ބައެއްގެ ފިއްތުން ތަކުގައި ތާށިވެގެން ތިބުމަކީ ރަނގަޅު އަދި ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކަށް އެކި ފަހަރު މަތިން ދީފައިވާ ދައުވަތު ގަބޫލު ކުރަން ސަރުކާރުން އަނެއްކާ ވެސް ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލާފައެވެ.

މިހާތަނަށް ވެސް ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތައް ފެށިފައިނުވަނީ އިދިކޮޅު ފަރާތްތަކުގެ އިޚްލާސްތެރިކަމެއް ނެތުމުން ކަމަށް ސަރުކާރުން ބުނާ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މަޝްވަރާއަށް ދާނީ ޝަރުތުތަކަކާއި އެކުގައި ކަމަށެވެ. އޭގެ ތެރޭގައި އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖިންނި އަންނި

    ތިއަންނަނީ ފޮޓޯނަގަން، އެކަމަކު އެހާފަލަ ފޮޓޯއެއް ދެންނުނެގޭނެ

  2. މިރާ

    ގ/ގައިދީ ބައިވެރިވޭތާ

  3. ސަފީރު

    ރޔާމީން އަށް ޖެހޭނީ ރައީސް ނަޝީދު، ރައީސް މައުމޫން، ޤާސިމް އިބުރާހިމް، އަދި ޝައިހް އިމްރާނުވެސް މިނިވަންކުރަން.. އިންތިހާބުގައި ކުރިމަތިލެވޭނެ ގޮތްހަދަން..

  4. ޔަހީން

    ގޮރެއް ބުއީތަ

  5. ޙަމެ

    ކޮބާ އެންމެފަުންވެސް މި ދާންޖެހެނީ ތި ޑިމާންޑް ކުރާ ހުރިހާ ކުއްވެރިން ތިބިގޮތައް ބައިތިއްބާފަ ދޯ.މަ ހީކުރީ ކަލޭމެން ހަމަ އެއްގޮތަކައްވެސް އެއްބަސް ނުވާނެ ކަމައް އަންނި މިނިވަން ނުކުރަނީސް ޖަލު ހުކުމުން.

  6. ކަލޯ

    ދެން ނުދައްކާނެ އެއްކަލަ ކުށްވެރިންގެ ވާހަކައެއް.. އޭގެން މީހަކު ދޫކޮށްލާ ފިއްޔާ ގޮނޑިއެއް ދޭން ޖެހޭނެތީ..

  7. ބަތޮލް

    މަޝްވަރާ އޮތީ ހޮނޑައިދޫގަ ފަތިސް ނަމާދު ވަގުތު

  8. ހޯބޯލަވާ

    ހެހެހެ ސުޓަންޓް ޖައްސަނީ ދެންބުނާނެ މަޝްވަރާ ކުރާކައް މާހައުލެއްނެތޭ ތިމާވެއްޓެއް ނެތޭ މޭޒެއް ނެތޭ ސުޓަންޓް ސުޓަންޓް އެންމެންނޭ ހޭއަރާ....... .