ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ބޭނުންވަނީ އެ ފަރާތްތަކުގެ ދަރިން އެލަވަންސް ލިބިގެން އުމުރު ދުވަހު ގޭގައި ތިބެން ނޫން ކަމަށާއި، އެ ފަރާތްތަށް ބޭނުންވަނީ އެ ފަރާތްތަކަށް ހުނަރު ދަސްކޮށްދީ މަސައްކަތްތަކެއް ކުރެވޭނެ ބަޔަކަށް ހަދައިދިނުން ކަމަށް ސަރުކާރާ އިދިކޮޅު ކޯލިޝަނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތަށް ހޯދައިދިނުމަށް މަސައްކަތްތަކުރާ ޖަމްއިއްޔާތަކުގެ އިސް ވެރިން ފައިސަލް އާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ހިއްޞާ ކުރުމަށް ޖުމްހޫރީ ޕާޓީގެ މައި އިދާރާގައި ރޭ ބެއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

"އެއްވެސް ބެލެނިވެރިޔަކު ބޭނުންވަނީ ކޮންމެހެން ވަކި އަދަދެއްގެ (އެލަވަންސް) އުމުރު ދުވަހަށް ލިބޭގޮތަށް ކުއްޖާ ގޭގައި ހުރުމެއް ނޫން. އަޅުގަނޑުމެންގެ ވިސްނުމަކީ އާލީ އައިޑެންޓިފިކޭޝަން ސިސްޓަމެއް ޤާއިމުކުރުން. އަޅުގަނޑުމެން ޤަބޫލުކުރަނީ ބެލެނިވެރިންވެސް އެންމެ ބޮޑަށް ބޭނުންވާނީ އެ ކުއްޖާގެ އެ ހުންނަ މިންވަރަކުން އެ ކުއްޖާއަށް މަސައްކަތްތަކެއް ދަސްކުރެވުން، އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވެސް ވާނެ." ފައިސަލް ނަސީމް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ރޭގެ ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުގައި މަސައްކަތްކުރާ ޖަމްއިއްޔާގެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތަކެއް ހިއްޞާކޮށްފައިވާ ކަމަށާއި، އޭގައި މިހާރު ހުރި ޗެލެންޖެސްތަކާއި، ދިމާވާ ދަތިތަކާއި، އަދި އެ ދަތިތަށް ނައްތާލުމަށްޓަކައި މިހާރުން މިހާރަށް ކުރެވޭނެ ކަންތައްތައް ފާހަގަކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޔަޤީންކަން މިދެނީ އެ ސެކްޓަރގެ ކަންތައްތައް އަޅުގަނޑުމެން ވަރަށް ގާތުން، އެންމެ މުހިންމުކަން ދީގެން ބަލާނެ ކަމަށާއި، ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެންމެ ޅަފަތުގައި އައިޑެންޓިފައި ކުރެވިގެން އެހިސާބުން ފެށިގެން ދެވެންޖެހޭ އެޑިޔުކޭޝަން އަދި ތެރަޕީތައް ދެވިގެންގޮސް ތަފާތު އެކި މަސައްކަތްތައް ދަސްކޮށްދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ވާހަކަ (ދަންނަވަން)." ފައިސަލް ވިދާޅުވިއެވެ.

އިތުރަށް ފައިސަލް ވިދާޅުވީ، ޖަމްއިއްޔާތަކުގެ ފަރާތުން ހުށަހެޅި ޕްރޮޕޯޝަލްގެ ތެރެއިން ނުކުރެވޭނެ ކަމެއް އޮތްހެން ހީ ނުވާ ކަމަށާއި، ޑިޖިޓަލް ޒަމާނުގައި ވަރަށް ފަސޭހައިން ކަންތައްތައް ކުރެވެން އެބަހުރި ކަމަށް އަދި ދެމެހެއްޓެނިވި ގޮތަކަށް މިކަންތައްތައް ކުރެވޭނެ ގޮތްތަށް ހޯދައި، ބެލެނިވެރިންނަށް އެ ހިތްހަމަޖެހުން ހޯދައިދިނުމަށް ކޯލިޝަނުގެ ސަރުކާރަކުން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ޑިސެބިލިޓީއަށް ވަކިން ހާއްޞަ ސަމާލުކަމެއް ދީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ހުރި ހުރިހާ ނުތަނަވަސްކަން ފިލުވައިދިނުމަށް މަސައްކަތް ކުރުން، އެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން." ފައިސަލް ނަސީމް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހުށަހެޅި ކަންކަން ކޯލިޝަނުގެ މެނިފެސްޓޯގައި ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެ ކުދިންގެ ކަންކަމަށް ހާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމަކީ، އިޖުތިމާއީ ދާއިރާއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، ގިނަ ބައެއްގެ ލޯބި ހޯއްދަވައިގެން ހުންނެވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޒާ

    ފާޑުފާޑުގެ ޖަމިއްޔާ ހަދައިގެން ކުދިންގެ ހައްގުގައޭ ބެލެނިވެރިންގެ ބަހޭ ކިޔައިގެން ކޮން ހާ ބޭނުމެއް ތިބޭނެނީ. ބަލަ މިސަރުކާރުން ނޫންތަ ކުދިންނަށް ވަޒީފާ ދިނީ. ކިރިޔާވެސް އުޅެވޭ ކުއްޖަކަށްވިއްޔާ ވަޒީފާ ދީފި. ތަޢުލީމްދަނީ ދެމުން. އެއަށްވުރެން ހާލު ބޮޑު ކުދިންނަށްވެސް އެދަނީ ފައިސާވެސް ދެމުން. ދޭ ފައިސާކޮޅު ބޮޑުކުރާވާހަކަ ބުނީމާ ތިމާމެންގެ މޮޅުކަމާއި ކަމެއްކޮށްދޭކަން ދައްކަން މި އުޅޭނީ އެ ފައިސާކޮޅުވެސް ލިބުނަ ނުދޭން.

  2. އިބްރާހީމް

    ބަލަ ނޭގޭތަ މިހާރުވެސް އޭގެ ގިނަމީހުން ވަޒީފާތަކުގަ އުޅޭކަމެއް.

  3. މުދިމް

    މިހާރުވެސް ނުކުޅެދުންތެރިކަން ހުރި ކިތައް މީހުން ވަޒީފާ އަދާކުރާކަން އިދިކޮޅު ކޯޅޭޝަން ރަނިން މޭޓަށް އެނގިވަޑައިނުގަތްކަމީ ހިތާމަ ކުރާކަމެއް.

  4. ފަޅުވެރިން

    ކޮންތާކު މޮޔައެއް މިއީ އަނެއްކާ؟ ބަލަ ނުކުޅެދޭ މީހުން ވަޒީފާގެ ބާޒާރަށް ނެރެދިނީ ޔާމީން ސަރުކާރުންނެއް ނޫންތަ؟ މޮޔަ ނުގޮވާ މަޑުން ގޭގައި އޮވެވޭތޯ ބަލާބަލަ!!

  5. ޢ ރަސީދު

    ނުކުޅެ ދުން ތެރިކަން ހުރި ކަމެއް ކިރެވާ ވަރުގެ މީހަކައް ވިއްޔާ ވާޒިފާ ލިބޭ ވަޒީފާގަ އެބައުޅޭ މޮޔަވާހަކަ ނުދައްކާ

  6. Anonymous

    އެހެންވެއޭ ރައީސް ޔާމީން ސަރުކާރުން ނުކުޅެދުންތެރިކަން ހުންން ފަރާތްތަކަށް ވަޒީފާތަށް ހަމަޖައްސާފައި އެވަނީ. ފެރީ ޓަރމިނަލްތަކާއި ޕީއެސްއެމްގަ އެއުޅެނީ ކިތަށް މީހުން؟ ހޭބަލިވެފަތަ ފައިސަލް ތިހުރީ. މިސަރުކާރުން އެކަނި އެކަން ކޮށްދެއްވީ. މަސައްކަތް ނުކުރެވޭ ވަރުގެ މީހުން އެލަވަންސް ނަގައިގެން ގޭގައި އެތިބެނީ. ތިޔަ ޕާޓީ ތަކުގެ ސަރުކާރު 2008 އިން.2012 އަށްއޮތްއިރު އެމީހުން އެއީ އުޅޭ ބައެއްކަމެއް ނޭނގުނު.

  7. ބަތޮލް

    އެއްވެސް މީހަކު ނުބުނޭ ގޭގަތިބޭށޭ. އެލަވަންސް ނަގައިގެން މަސައްކަތް ކުރުމަކަށް ހުރަހެށް ނެތްކަން މިއީ އެންމެނަށްވެސް އެނގޭކަމެއް

  8. ކ

    ان شاء الله

  9. ކަލޯ

    ދެލޯ ސަލާމަތުން ހުރި މީހަކަށް ވިއްޔަ އެނގޭނެ. މިސަރުކާރުން ނުކުޅެދޭ ކުދިންނަށް ފަހި ކޮށްފައި ހުރި ފުރުސަތުތަށް. ކަލޭމެން ކަހަލަ ދަތްޔޫސުންގެ އުނދަގޫ ނުޖެހޭނަމަ މިހާރު އެކަންކަން ވެސް ވަރަށް ފުރިހަމަކޮށް އޮންނާނެ. މިސަރުކާރުން ތިކަހަލަ ހުރިހާ ކަމަކަށް އެޓެންޑް ވެފައި އޮތީ ދަރިފުޅޫ.

  10. ހުސޭނުބޭ

    ތި އުޅެނީ އެފަދަ މީހުން މިހާރު އަދާކުރާ ވަޒީތަކުން ވަކިކޮށްފައި އެ ލާރިކޮޅުވެސް ދިރުވާލަން. މާޒީގައި ކަލޭމެން ކަންކޮށްފައިވާ ގޮތަކީ މިއީ!

  11. ދޮށިމޭނާ

    ބަލަގަ މައިންގެ ރަށުގައި ވެސް އެބަތިބި ނުކުޅެދޭ މީހުން ނަށް ވަޒީފާދީފަ ތިބި މީހުން މިއީ ހަޤީގަތް