ކުރިއަށް އޮތް ދެތިން ހަތަރު ހަފްތާގެ ތެރޭގައި މާލެއާއި ހުޅުލެއާ ދެމެދު އަޅާފައިވާ "ސިނަމާލެ ބުރިޖު" ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް މިއަދު އެރަށުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނޫ ބްރިޖުގެ ހުޅުވުމުން، ޒުވާނުންވެސް "ސަޅިކަމާއެކީ" ސައިކަލުގައި ކޮފީ ބޯން ހުޅުމާލެއަށްވެސް ދަތުރުކުރަންވީކަމުގައެވެ.

"އިރާދަކުރެއްވިޔާ ކުރިއަށް އޮތް މަހުގެ ތެރޭގައި، ކުރިއަށް އޮތް ދެތިން ހަތަރު ހަފްތާގެ ތެރޭގައި ހަމަ އެބްރިޖު ހުޅުވައިގެން ހަމަ މި ރަށުގެ ޒުވާނުންވެސް ހަމަ ސަޅިކަމާއެކު ސައިކަލުގައި ކޮފީ ބޯލަންވެސް ހުޅުމާލެއަށްވެސް ދަތުރުކުރަންވީ." ރައީސް ވިދާޅުވިއެވެ.

މިއަދު ހޯރަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް

މީގެއިތުރުންވެސް، މިއަދު ހޯރަފުށީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގައި މި ސަރުކާރުން ހިންގަމުންދާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭފަދަ ވަރުގަދަ މަޝްރޫޢުތަކެއްކަމުގައެވެ. އެގޮތުން، މާ ސިންގާ ކަނޑުގެ މެދަށް ތަނބު ޖަހައިން ބިނާކޮށްފައިވާ ބްރިޖަކީ އެފަދަ މަޝްރޫޢުއެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި، މާތް ﷲ ގެ ރަޙުމަތުން އެކަން ހާޞިލު ކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މި ހިނގާ ބައެއް މަޝްރޫޢުތަކަކީ ހަމަ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރާ މަޝްރޫޢުތަކެއް. އަޅުގަނޑުމެން މި އަޅަމުންދާ ބްރިޖަށް އެކަނި ބަލާލައިފިކަމުގައިވާނަމަވެސް، އެހާ ވަރުގަދަ ކަނޑެއްގައި އެހާ ފުން މިނުގައި ތަނބު ޖަހައިގެން އެއަޅާ ބްރިޖެއް ދުނިޔޭގެ އެހެން ތަނަކު ނެތް. އެކަމަކު ﷲ ގެ ރަޙުމަތުން އެ ބްރިޖުވެސް އެއޮތީ އަޅާ ނިމިފައި." އަންނަ ރިޔާސީ އިންތިޙާބުގައިވެސް ވާދަކުރައްވާ ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުންވެސް، މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ މި ސަރުކާރުން، ރާއްޖޭގައި މިހާ ވަރުގަދަ އަދި ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުން ދަނީ ޤައުމުގައި ހަމަޖެހުން އޮތުމުންކަމަށެވެ. އަދި، ހަމަޖެހުމެއް ނެތި، އަބަދުވެސް މުޒާހަރާތައް ކުރަމުންދާނަމަ، މަޝްރޫޢުތައް ކުރިއަށް ގެންދަން ދަތިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ، މި ޖަލްސާގައި ވާހަކަ ދައްކަމުން، ރާއްޖޭގައި ކުރިއަށް ގެންދަން ރާވާފައިވާ ބައެއް އެހެން މަޝްރޫޢުތަކާ ބެހޭގޮތުންވެސް، ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން، އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދަން ރާވާފައިވާ އައިހެވަންގެ މަސައްކަތްތައް ކުރާނެކަމަށްވެސް ވިދާޅުވިއިރު، ހޯރަފުށީގައި އަޅާ އެއަރޕޯޓަކީ މި މަޝްރޫޢުގެ ބައެއްކަމަށް ރައީސް ވިދާޅުވިއެވެ.

ފ. ނިލަންދޫގައި ކުރިއަށް ގެންދަން ރޭވި ބިޔަ ބޮޑު މަޝްރޫޢު ކުރިއަށް ނުގެންދެވުނީ ބައެއް ފަރާތްތަކުގެ ސަބަބުންކަމަށްވެސް، ރައީސް ވިދާޅުވިއެވެ. އެގޮތުން އެކަން ކުރިއަށް ނުގެންދެވުނީ "ހެޔޮ އެދޭ ފަރާތްތައް ތިބިލެއް ގިނަކަމުން" ކަމަށް ރައީސް ވަނީ ސަމާސާ ރާގަކަށް ވިދާޅުވެފައެވެ.

މިއަދު ހޯރަފުށީގައި ބޭއްވި ޖަލްސާގައި އެރަށުގެ ދެ ޖިންސުގެ އެކި އުމުރުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރާއްޖެތެރޭ

    ތިޔަ ބުރުޖެއް ހުޅުވައިގެން އަހަރެމެން ރާއްޖެތެރޭ މީހުަނަށް އޮތީ ކޮން ފައިދާއެއް. އަހަރުމެން ތިބޭނަން އުދައަރާއިރު ގޭ ދޮރުމަތީ ވެލި ބަސްތާ ޖަހައިގެން. އަހަރެމެން ތިބޭނަނަް ކަނޑު ދޯނި ފަހަރު އަޅާނެ ބަނދަރެއް ނެތިފަ

  2. ީެއިންސާފް

    ޢޯޔެސް ހުޅުވަން ވާއިރައް ދާނަން މާލެ އިންސާއަﷲ ތޭންކްސް ޔާނު ސުޕީޑައް

  3. އއ

    ރގލ

  4. ނުރަބޯ

    މަރުޙަބާ މަރުޙަބާ ރައީސް ޔާމީން، އިންޝާﷲ 2018 ކާމިޔާބުވާނެ.

  5. ބުރިޖު ނޭޅޭނޭ ބުނި ބުއްޅަބެ

    ސާބަހޭ ރައީސް ޔާމީން އިންޝާ ﷲ އެއްބުރުން 2018 ޔަގީން

  6. ޙާލުގެ ދުލުން

    އެއްބުރުން އެއްލަކިން ހޮވަންވީ ރައީސަކީ ތީކަމަށް މިހާރު ޤަބޫލުކޮށްފިން

  7. ޢަލީ

    ސާބަހޭ ރައީސް ޔާމީން

  8. ޙަފްޞާ / މާލެ

    ފާދިއްޕޮޅު ފެލިވަރުގައި މަސްބަންދުކުރ ކާރުޚާނާއެއްހުރުމުން ފައިދާކުރަނީ ހަމައެކަނި ފެލިވަރު ރަށްވެހިންނަށްތޯ؟ ގަމާރުވިޔަސް ފުކެއް ބޮޑުވަރު!

  9. ދީވާ

    ވެލާނާ އިންޓަނޭޝަނަނަލް އެއަރޕޯޓް ހުރުމުން ހަމަ އެކަނި ފައިދާވަނީ މާލޭގައި އުޅޭ މީހުންނަށްތަ ރުޅި އަޔަސް ބޮޑުވަރު ކުރިއަށް ވިސްނާލި ނަމަ ރަނގަޅުވާނެ ހެހެހެހެހެ