މިވަގުތު ރާއްޖޭގައި އޮތް އެންމެ ހަރުދަނާ އިގްތިސާދީ ސިޔާސަތެއް ގެންގުޅޭ ޕާޓީއަކީ ރާއްޖޭގެ ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކަމަށް ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ބުނެފިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ދިމާކޮށް އިންތިހާބުގައި ވާދަކުރާ ފަރާތްތަކާއި އަދި މީގެ ކުރިން ރާއްޖޭގެ ވެރިކަންކުރި ފަރާތްތަކުން ރާއްޖެ، ވިޔަފާރީގެ ގޮތުން ކުރިއެރުވުމަށް ކުރެވުނު ކަންތައްތަކަށް ބަލައި މިވަގުތު ރާއްޖޭގައި އެންމެ ހަރުދަނާ އިގްތިސާދީ ސިޔާސަތެއް ގެންގުޅެނީ ސަރުކާރު ހިންގާ ޕީޕީއެމް އިން ކަމަށެވެ.

އަދި އެންމެ ރަނގަޅު އިގްތިސާދީ ސިޔާސަތެއް ގެންގުޅޭ ޕާޓީއަކީ ޕީޕީއެމްކަމުގައި ނިންމީ ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ ކަންމަށް ބަލާފައި ކަމަށްވެސް އާސިފް ވިދާޅުވިއެވެ.

އަދި އެންމެ ހަރުދަނާ ވިޔަފާރީގެ ސިޔާސަތެއް ގެންގުޅޭ ޕާޓީއަކީ ސަރުކާރު ހިންގާ ޕީޕީއެމްކަމުގައި ކަނޑައެޅުމުގައި ވިޔަފާރިއެއް ފަށަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ސަރުކާރުގެ ތެރެއިން ތަނަވަސްވެފައި އޮތީ ކިހާ ވަރަކަށް ކަމާއި ސަރުކާރުން ހުޅުވާލި ފުރުސަތުތަށް ބޭނުންކޮށްގެން ކިތައް މީހުން ވިޔަފާރި ފަށާފައިވޭތޯ އާއި އިގްތިސާދީ ގޮތުން ރާއްޖެއަށް އަދި ކުރިއެރުމާއި ރާއްޖެއަށް އައި އިންވެސްޓްމެންޓްތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށްވެސް އާސިފް ވިދާޅުވިއެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ގެންގުޅުނީ ރާއްޖޭގެ އިގްތިސާދާއި ވަރަށް ބީރަށްޓެހި ސިޔާސަތެއްކަމަށާއި އެ ސިޔާސަތުތަކާއި ވިޔަފާރިވެރިންގެ ޖަމިއްޔާއިން އިދިކޮޅު ހަދާ އެންމެ ބޮޑު ސަބަބަކީ ވަކި ގައުމަކާއި އެކު ވިޔަފާރި ކުރުމަށް ނުވަތަ ވަކި ގައުމަކާއި އެކު ވިޔަފާރި ނުކުރުމަށް އެ ސިޔާސަތު ތަކުގައި ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން ގެންގުޅެނީ ރާއްޖޭގެ އިގްތިސާދާއި ވަރަށް ބީރަށްޓެހި ސިޔާސަތެއް. އެ ސިޔާސަތުގައި ވަނީ ވަކި ގައުމަކާއި އެކު ވިޔަފާރި ކުރުމަށް. އަދި ވަކި ގައުމަކާއި އެކު ވިޔަފާރި ނުކުރުމަށް. ނަމަވެސް އެއީ އަޅުގަނޑުމެން ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބަލައިގަންނާނެ ކަމެއް ނޫން. އަދި ވިޔަފާރިވެރިންގެ ޖަމިއްޔާއިން އަބަދުވެސް ބާރު އަޅާނީ ވަކި ގައުމެއް ބާކީ ނުކޮށް ހުރިހާ ގައުމަކާއި އެކުގައިވެސް ވިޔަފާރިކުރުމަށް " އާސިފް ވިދާޅުވިއެވެ،

އިދިކޮޅުގައި ތިއްބެވި ފަރާތްތަކަށް އަދި ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ އިގްތިސާދީ ސިޔާސަތަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

" އިދިކޮޅު ފަރާތްތަކު ވިސްނުން ހުރީ ވަކި ގައުމުތަކާއި އެކި ވިޔަފާރިކުރުމަށް. އަދި އެބޭފުޅުންގެ ބަސްމަގު ހުންނަ ގޮތުން އެބޭފުޅުން ގެންގުޅުއްވާ ވިޔަފާރީގެ ސިޔާސަތުތަކުގެ ދޯދިޔާކަން ހާމަވޭ. ބައެއް ފަހަރު އެ ބޭފުޅުން އެބަ ބުނޭ ރާއްޖެ ބަނޑަށް ޖެހެނީ އޭ. އަދި ބޭރުގެ ސިފައިން ރާއްޖެ އަރާ ހިސާބަށް ރާއްޖޭގެ ކަންކަން ގޮސްފިޔޭ. މިފަދަ ވާހަކަތަކަކީ ވިޔަފާރިވެރިން ކަންބޮޑުވާ ވާހަކަތަށް " އާދިލް ވިދާޅުވިއެވެ.

ވިޔަފާރިވެރިން ތިބެންވާނީ ވިޔަފާރިވެރިންގެ ގޮތުގައި ކަމަށާއި ސިޔާސީ ފަރާތްތަށް ތިބެންވާނީ ސިޔާސީ ފަރާތްތަކުގެ ގޮތުގައި ކަން ފާހަގަކުރައްވަމުން އާސިފް ވިދާޅުވީ ވިޔަފާރިވެރިން ސިޔާސީ މައިދާނަށް ނުކުތުމަކީ އެހެން ވިޔަފާރިވެރިންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޒާތީ ހަސަދަ އާއި އެނޫންވެސް ކަންކަމަށް މަގުފަހި ކުރުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ޔޫރަޕިއަން ޔުނިއަންއިން ރާއްޖޭގެ ސަރުކާރުގައި ހިމެނޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައިފިނަމަ އެކަމުގެ ނޭދެވޭ އަސަރު މުޅި ގައުމަށް ކުރާނެ ކަމަށްވެސް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ ބުނެއެެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިދިކޮޅު ފަރާތްތައް މުގުލުގައި ތިބެގެން ރާއްޖޭގެއިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށް ވަށްޓާލުމަށް ކުރަމުންދާ މަސައްކަތް ކަމަށްވެސް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙާލުގެ ދުލުން

    ސާބަހޭ ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސް ޙައްޤުބަސް ބުނުމުގައި ޖެހިލުންނުވޭ!

  2. ވަހިއްޓޭ

    މީ ދޯ އެއްކަލަ ކުދިން ގައިގަ ކުލަ ހާކައިގެން ފޮޓޯނަގަން މިއުސިއަމް ތެރޭގަ އުލުނު ކަލޭގެ

  3. ބޮޑުވަރު

    ޤައުމުވިއްކާ ކާލާސިޔާސަތު؟