ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ފަރާތުން ނުވަތަ އަމިއްލައަށް ކަރުދާހުގައި ފާހަގަ ނުޖެހޭ މީހުންނަށް ވޯޓުލައިދޭން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލެއް ކަނޑަނޭޅޭނެ ކަމަށާއި އެ އޮފިޝަލަށް އެގޮތަށް ވޯޓު ނުލެވޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު، މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފައްދަމުން ކަމަށާއި އިންތިހާބުގައި ހާއްސަ އެހީ އަށް ބޭނުންވާ މީހަކު އެމީހަކު އިހުތިޔާރު ކުރާ މީހަކަށް ވޯޓުލެވޭގޮތަށް ކަންކަން އިންތިޒާމުވެފައި އޮންނަން ޖެހޭނެ ކަމަށެވެ.

" ހާއްސަ އެހީއަށް ބޭނުންވާ މީހާގެވެސް ހައްގުތަކެއް އޮވޭ. އެގޮތަކަށްވެސް ގަބޫލެއް ނުކުރަން އިލެކްޝަންގެ އޮފިޝަލް އަކަށް އެވޯޓު ކަރުދާހުގައި ފާހަގަ ލެވޭނެ ކަމަށް " މާރިއާ ވިދާޅުވިއެވެ.

އިންތިޚާބުތަކާބެހޭ ގާނޫނުތަކަށް ދާދިފަހުން ގެނައި ބަދަލަކާ އެކު، އަމިއްލައަށް ވޯޓް ކަރުދާހުގައި ފާހަގަ ނުޖެހޭ މިންވަރަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓް ކަރުދާހުގައި ފާހަގަ ޖަހައި، ވޯޓް ލައިދޭނީ ވޯޓްލާ މަރުކަޒުގެ ވެރިޔާ ކަނޑައަޅާ އިލެކްޝަންސް ކޮމިޝަންގެ އޮފިސަލެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅަފައެވެ.

މި ބަދަލުގެ މައިގަނޑު ބޭނުމަކީ، އޮޅުވާލައިގެން ވޯޓުލުމާއި، ވޯޓް ގަތުމުގެ އިތުރުން އެކި ގޮތްގޮތުން ވޯޓަށް ނުފޫޒު ފޯރުވުން ހުއްޓުވުން ކަމަށް އެކޮމިޝަނުން ބުނެއެވެ.

އިންތިހާބަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މާރިއާ ވިދާޅުވީ ރީ ރަޖިސްޓްރޭޝަންގެ މަސައްކަތް ދަނީ މިހާރުވެސް ބާރަށް ކުރިއަށް ކަމަށާއި ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ވެސް ވޯޓުލުމަށް ރެޖިސްޓްރޭޝަން ކަންތައްތަކުގައި އެމްޑީޕީން އެހީވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެބޭފުޅުނަށްވެސް ރީޗް އައުޓް ވާނަން. އެބޭފުޅުން ބޭނުންފުޅުވާ ރަށަކަށް ނުވަތަ މަރުކަޒަކަށް ވޯޓުލާން ރެޖިސްޓްރީ ވުމަށް ދެވެން އޮތް ހުރިހާ އެހީއެއް އެންމެ ބޮޑަށް މި ޕާޓީގެ ފަރާތުން ލިބޭނެ " މާރިއާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާއަފްލާ

    މާރިޔާ ލައިލާގެ ހަހގަކަށް ނާރަންތަ މުލިއާގެ ވަލުދޮރާށިން ކިތަށްދުވަހު ފަތިހު ނުކުތީ 2009 އަކުން ފެބްރްއަރީ 2012 އާއި ހަމައށް

  2. ނިޒާމް ބެ

    ޚާޢްސަ އެހީއަށް ބޭނުންވާ ހައްގު ތަކަށް އަރައި ގަތީ މާރިޔާ ދައިތަ އާއި ކެރަފާ އަންނިބެ.

  3. ކުޑަ

    ގާނޫނު އަސާސީއަށް ކަލޭ ފައިންވެސް އެރި.. އަރައިގެން ނަށާވެސް ހެދި. އެކަން ނުވިތަ މަސްއަލައަކަށް.

  4. މަރީ

    މަޖްލިހައް ހޮވަން ތިބޭފުޅާ އައް ވޯޓުދިން އެންމެންގެހައްގުތަކައް ތިބޭފުޅާއަރައިގެން ވާހަކަ ދައްކަބަލަ.

  5. ހައްޕުޑު

    މައިރިޔާ ދައިތަ ތިދައިތަ ތިހުރީ އީޔޫގެ ބޮލައް އަރައިގަނެފަ ނުވިތާކަށް ސިކުނޑިއަށްވެސް އަރައިގަނެފަ ކޮބާ ލަދު .

  6. ހަސަނު

    އޭނާ ކުރަންވީމާ ކޮންމެ ކަމެއްވެސް އޯކޭވާނެ. ޤާނޫނު އަސާސީ ފައިދަށަށް ލާންވީމަވެސް ހަމަ އޯކޭ. މީމިއާލާތުންގެ ފެންވަރު. އަނގައެއް އޮތީތީ ތަޅުވާ ނަގަނީ.