ފިކުރެއްގެ ގޮތުން އެއްވެސް ތަޣައްޔަރުކަމެއް ނައިސް އޮތް ހަމައެކަނި ފިކުރަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފިކުރުކަމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ މިއަދު ހއ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކޮށް ނިމުން ފާހަގަކުރުމަށް، އެރަށުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެކަމަކު ފިކުރެއްގެ ގޮތުން ތަޣައްޔަރުނުވެ އޮތް ފިކުރަކީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ ޕާޓީގެ ފިކުރޭ. ފިކުރެއްގެ ގޮތުން އެއްވެސް ކަހަލަ ތަޣައްޔަރު ކަމެއް ނައިސް މިއަދު މި އޮތް ފިކުރަކީ އަޅުގަނޑުމެންގެ ފިކުރު."- ޕީޕީއެމްގެ މުސްތަޝާރުގެ މަޤާމުގައިވެސް ހުންނެވި ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރައީސް ޔާމީން ވިދާޅުވެފައިވަނީ ޕީޕީއެމްއާއެކު މަސައްކަތް ކުރައްވާ މޯލްޑިވްސް ޑެވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަކީ ޕީޕީއެމް އަށް އެކުގައި މަސައްކަތް ކުރަން ފަސޭހަ ޕާޓީއެއްގެ ގޮތުގައިވެސް ރައީސް ވަނީ ސިފަކުރައްވާފައެވެ. އަދި، އެއީ ރައްޔިތުންނަށް ވަރަށް އިހުލާސްތެރި އަދި ރައްޔިތުންނާއެކު ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ ޕާޓީއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ، އެޕާޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކުވެސް، އެހެން ޕާޓީއަކަށް ބަދަލުވެ، ގޮޅި ބަދަލު ނުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހޯރަފުށީގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވެފައިވަނީ ބައެއް ޕާޓީތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ފަރާތްތަކަށްވެސް، ޕާޓީ ބަދަލުކޮށްލާ އެހެން ޕާޓީތަކަށް ބަދަލުވުމަކީވެސް، ފެންފޮދެއް ބޯލުމަށްފަހު ވައެއް ލުންހާ ފަސޭހަކަމަށްވެފައިވާކަމަށެވެ.

"އާއްމު ރައްޔިތުން، އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވީ ވާހަކަ ދައްކާ، އެއަށްވުރެ މާ ވަރުގަދަ، އެއަށްވުރެ މާ ތަޖުރިބާކާރު ސިޔާސީ ބޭފުޅުންވެސް ޕާޓީ ދޫކޮށް ދިއުމަކީވެސް ހަމަ ފެން ފޮދެއް ބޯލާފައި ވައެއްލުން ކަހަލަ ކަމެއް." ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ 2008 ވަނަ އަހަރުގެ ފަހުން، މިއަދާ ހަމައަށް އައިއިރު، ޑިމޮކްރަސީގެ ރޮނގުން ރާއްޖެ، ގިނަ ކާމިތާބީތަކެއް ހޯދާފައިވާކަމަށެވެ. އެގޮތުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެސް އުޅުމުގެ މިނިވަންކަން، ދިވެހި ރައްޔިތުންނަށް ލިބިގެން ދިޔަކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި، ރާއްޖެއަށް ޑިމޮކްރަސީ ގެނައީ ރީތި މިސާލުތަކާއެކުގައިކަމަށާއި ބޭނުންވީ އިސްލާމީ އަދި އިސްލާމީ ވެއްޓަކަށް ގުޅޭ ޑިމޮކްރަސީ އެއް ގެނައުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި، ކޮންމެ ޤައުމެއްގެ ޑިމޮކްރަސީ އަކީވެސް ކޮންމެ ޤައުމަކާވެސް ގުޅޭ ގޮތަށް ބައްޓަން ކުރާ، އެޤައުމެއްގެ ބަޔަކު ކަނޑައަޅާ އިންތަކެއްގެ ތެރޭގައިވާ އެއްޗެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް، ޑިމޮކްރަސީގެ ނަމުގައި ދީނާ ޚިލާފު ކަންކަމަށް ޖާގަ ނުދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އިސްލާމީ އުސޫލުތަކާ ޙިލާފުވާ، ތައާރުޒުވާ ބޮޑެތި ކަންކަން އޭގެ ބަހާގެ ތެރޭގައި ޑިމޮކްރަސީގެ ނަމުގައި ތަންފީޛު ކުރަން އުޅޭތީ އެއަށް ހުއްދަ ނުދެވެނީ. އޭގެ ތެރޭގައި ހައްގެއް ނެތް ގޮތުގައި އަސާސެއް ނެތް ގޮތުގައި މުޅި ރައްޔިތުންގެ ހައްގު ގެއްލޭފަދަ ކަންކަން ކުރުމަކީ ޑިމޮކްރަސީއެއް ނޫން." ރައީސް ވިދާޅުވިއެވެ.

ދުނިޔަވީ މިސާލު ދައްކަމުން ރައީސް ވިދާޅުވީ ޖަރުމަނުވިލާތުގައިވެސް، އެޤައުމުގެ ރައްޔިތުން ޤަބޫލު ކުރާ ދީނަކަށް ފުށު އަރައި ނުވަތަ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ވާހަކަތައް ދައްކާ ވެބްސައިޓުތަކާ މެދު ބޮޑެތި ޖޫރިމަނާތައް ކުރާކަމުގައެވެ. މިއީ ލާމަސީލު ޑިމޮކްރަސީތަކުގައި ކަންތައް ކުރާގޮތްކަމަށް ރައީސް ވިދާޅުވެފައިވާއިރު، ރާއްޖެއިން ބޭރުން ސިފައިން ގެންނަ ވާހަކަ ދެއްކުމަކީ އެހެންކަމުން، ޑިމޮކްރަސީގެ ގޮތުން ބަލާއިރުވެސް ދެއްކޭނެ ވާހަކައެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ބޭނުން ދީނަކަށް އުޅުމުގެ ފުރުޞަތު ނެތްކަމަށް ވިލާތު އިއްތިޙާދުން އިއްޔެވެސް ބުނެފައިވެއެވެ. އަދި، މިކަންކަން ހައްލު ނުކުރާނަމަ، ސަރުކާރުގެ ވެރިންނަށް ފިޔަވަޅު އަޅާނެކަމަށް ގޮވާލާފައިވެއެވެ. ހަމައެހެންމެ، ރާއްޖެއިން ބޭރުން ސިފައިން ގެންނާނެކަމަށް، އިދިކޮޅު އިއްތިޙާދުގެ އިސް ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހާލިދު ބުން ވަލީދު

    ވައްކަމާއި ފަސާދަ ނުހައްގުން މީހުންޖަލައްލުމުގެ ފިކުރަކީ ޕީޕީއެމް ފިކުރު

    • ހަހަހަ

      އަޅެ އެމީހުން ސަޖިދާގައި އޮތްވާތަ ޖަލަށްލީ !

  2. ފީލިންގް

    ކަނޑު އަޑީގެ ރެސްޓޯރަންޓަކާއެކު ކޮކޫންގެ ދެވަނަ ރިސޯޓު ޑިސެމްބަރު މަހު ހުޅުވަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު ކޮކޫން ގެ ދެވަނަ ރިސޯރޓް ހުޅުވުމުން އެއިން އުފާވެރި ކަން ލިބިގެން ދަނީ އެއީ ލަންކާ އިންޑިއާ އަދި ޔޫރަޕް އަދި އޮސްޓްރޭލިއާ އަދި ތައިލެންޑް އަދި އިންޑޮނޭސިއާ މީހުންނޭ ދިވެހިން ހިތާމަ ކޮށް ކަރުނައޭ އަޅަނީ ސަބަބަކީ ރިސޯރޓް އިން ދިވެހިންނަށް މެެދު ފަންތީގެ ވަޒީފާ އެއް އަދި މަތީ ފަންތީގެ ވަޒީފާ އެއް ނުދެއޭ މިކަން މިހެން މިހިނގަނީ އެއީ ސީދާ މަޓީގެ ބޮޑުން މިކަން މިގޮތަށް ކުރަން ބޭނުންވާތީއޭ އެމެންގެ ރިސޯރޓްސް ތަކުން އެގްޒެކްޓިވް ޕޯސްޓަކަށް ކޮލިޓީ ދިވެއްސަކު ކުރިމަތި ލައިފިނަމަ އެމެން ބުނަނީ ދިވެހިންނަށް ތިމަންނަ މެން ވަޒީފާ ނުދެމޭ މިހާ ހަޔާތް ކުޑައޭ އެމެން ދެން ކިއެއްކުރަންތޭ އެމެން ރާއްޖޭގައި ވިޔަފާރި ކުރަނީ ފެއްސެންވީއެއް ނޫން އެމެން ރާއްޖޭން ބޭރަށް ޒިންމާ އަދާ ނުކުރެވޭ ނަމަ ފެއްސޭ ކިހާ ބޮޑު ބަލާ އެއް ނޫންތޭ ތަމެންނާއި ހެދި އެއި އެއި އެއި އައި އޭމް ފީލިންގް ލައިކް އަ ޕޮޕް ސްޓަރ އައި އޭމް ފީލިންގް ލައިކް އަ ޕޮޕް ސްޓާރ ވެން އައި ޭކޭން ރިވީލް މައި އެންގަރ އޮން ކޮންސާރންޑް ކޮރަޕްޓް ކާރޓެލްސް އައި އޭމް ފީލިންގް ލައިކް އަ ޕޮޕް ސްޓަރ ފީލިންގް ލައިކް އަ ޕޮޕް ސްޓާރ...

  3. ކޮމްޕެނީ

    ފ. އަތޮޅުގެ މަޝްރޫއު ނުފެށެނީ "ހެޔޮ އެދޭ މީހުން" ގިނަވީމަ ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް ވިދާޅުވުމުން އެކަމާއި މަމެން ވަރަށް އުފާ ކުރަމޭ މަމެން އުއްމީދު ކުރަމޭ ފާފު އަތޮޅު މަޝްރޫއު މާލެ ސަރަހައްދަށް ޑައިވާރޓް ކޮށްލާނެ ކަމަށް އެގޮތުން އެބަޖެހޭ ގުޅިފަޅު އެއްކޮށް ހިއްކާލާ އެފަޅުގައި 1 ކިލޯ މީޓަރު ފުޅާ އަދި 1 ކިލޯ މީޓަރު ދިގު ފުޓް ޕްރިންޓް ގައި ދުނިޔޭގެ ފެންވަރުގެ ކޮމާރޝަލް އަދި އިންޑަސްޓްރިއަލް މަސަައްކަތް ކުރާ ބިލްޑިންގްސް ތަކެއް މިސައިޒު ގައި ހަދަން އަދި ކޮންމެ ފްލޯރ އެއްގެ ހެއިޓް ގައި 7 މީޓަރު ހުންނަ އުސޫލުން 150 ބުރީގެ އިމާރާތް ތައް ކާރު ތަކަށާއި އަދި ޕިކަޕްސް ތަކަށާއި އަދި ކްރޭން ލޮރީ ތަކަށް ދެވޭނެ އުސޫލުން މިދެންނެވުނު ސައިޒުގެ 1000 ބިލްޑިންގްސް ގުޅިފަޅުގައި އަޅަން އިންޑަސްޓްރިއަލް އަދި ކޮމާރޝަލް މަސައްކަތް ތައް ކުރުމަށް ޓަކައި އެއިރުން މަމެންނަށް ޔަގީން އިންޑިއާ ނުވާނެ ކަހިރުވަކަކަށް ވެސް މަމެން ރާއްޖެ ގާތު ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ އޯއް ކޮމްޕެނީ.

  4. ދަވޭ

    އަޅުގަނޑުގެ ސިޔާސަތުތަކުގައި މައްސަލައެއް ނެތް ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިހާރު ތަމެން ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ މެންނަށް އިނގޭނެއެއް ނޫންތޭ ތަމެން ހަރާމްކޯރު އުސޫލުން ކަންކަން ކުރީމާ ރާއްޖެ އަށް ލިބޭ އިގްތިސާދީ ގެއްލުން ތިއާލާތުން ގެ ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީމަ ދޯ ރާއްޖެގެ ރައްޔިތުންނޭ ކިޔާ ފެލޭނީ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

  5. ދިވެހި ދަރިއެއް

    ތަގައްޔަރު ނުވެ އޮތް ހަމައެކަނި ފިކުރެއް ފޭސްބުކް އަދި ޓްއިޓާރ ގައި މިހާރު އެބަ ދައުރުވޭ. ވަކި ނުފޫޒެއް ނެތް ބޭފުޅަކު ރިޔާސީ ރޭހަށް ނުކުންނަވާހަކަ،

  6. ރައްޔިތުން

    ތިޔަ އީ ޔާމީނުގެ ޕީޕީއެމްގެ ފިކުރެއްނޫން ތިޔައީ ޖަހައިގަނެގެން އުޅޭ ފިކުރެއް ތިޔަކަމުގެ އަނިޔާއެއްގެ ގޮތުން މައުމޫން އަތުން ޕީޕީއެމް ނަގާ ޔާމީނަށް ހަވާލުކުރި އެންމެންގެ މަޤާމުތައް ގެއްލި ނިމޭނެ މިހާރު މިސްރާބު ޖަހާފައި ހުރީ ޔާމީނާއި ސަރުކާރުގެ ވެރިންނާއި އަދި މަޖިލިސްގެ ބައިވެރިންނަށް މިއީ މައުމޫނުގެ ދުޢާގެ ސަބަބުން ކުރިމަތިވާ ކަންކަން ކަމަށްވުން ކައިރި - ނުޙައްޤުން އަނިޔާ ލިބޭމީހުންގެ ދުޢާ އާއި މެދު ކަންބޮޑުވާންޖެހޭ