ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި، ޤައުމީ އެއަރލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަންވެސް ވިއްކާލަން ރާވާފައިވާކަން ހާމަވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.

ހއ. އިހަވަންދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމުން ފާހަގަކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އެގޮތަށް ކަންތައް ކުރިނަމަ، އެތައް ގެއްލުމެއް ލިބުނީސްކަމުގައެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވިއްޔާ އެކުންފުނި ހުއްޓާލާފައި އެކުންފުނީގެ މަސައްކަތް ބަޔަކަށް ވިއްކާލަން، އޭރު އޮތް ސަރުކާރުން އޮތީ ނިންމާފައި". ރައީސް މިއަދު ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ވިދާޅުވެފައިވަނީ އެކުންފުންޏަކީ ކުރިން މާލީ އެތައް ދަތިތަކެއް ކުރިމަތިވަމުންދިޔަ ކުންފުންޏެއްކަމަށާއި އެހެންނަމަވެސް، އެއީ މިހާރު އެންމެ ވަރުގަދަ އެއް ކުންފުނިކަމުގައެވެ.

"ދިވެހި ރާއްޖޭގެ އެތަން މި ތަނުގައި ދަނީ އެއަރޕޯޓުތައް ހެދެމުން. މިތަންތަނަށް އެންމެ ފަރިކަމާއެކީ އުދުއްސާ ކުންފުންޏަކީ އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން. އެކުންފުންޏަކީ ރާއްޖޭގެ ޑޮމެސްޓިކް ސިވިލް އޭވިއޭޝަންގެ ތާރީޚުގައި ދުވަހަކުވެސް މާލީ ގޮތުން އުދުހިނުގެންފައި އޮތް ކުންފުންޏެއް. އެހެންނަމަވެސް، އެކުންފުންޏަކީ އިރާދަކުރެއްވިޔާ މިހާރު ވަރުގަދަ ކުންފުންޏެއް." ރައީސް ވިދާޅުވިއެވެ.

މިއަދު ހޯރަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް

ހަމައެހެންމެ، އައިލެންޑް އޭވިއޭޝަން ބޭރުގެ ބަޔަކަށް ވިއްކާލުމުން، ރާއްޖެއަށް އިގުތިސާދީ ގޮތުން އެތައް ގެއްލުމެއް ލިބި، ފަތުރުވެރިކަން ކުރިއަރުންވަންވެސް އެތައް ދަތިތަކެއް ކުރިމަތިވީސްކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމަކު އެކުންފުނި ވިއްކާލިނަމަ މިއަދު އަޅުގަނޑުމެން ކޮންތާކުތޯ އުޅޭނީ. މިއަދު އައިސް ތިލަދުންމަތީގައި އަޅުގަނޑު މި ދައްކާ ވާހަކައަކީ ހއ. އަށާއި ހދ. އަށް އަޅުގަނޑު ބޭނުންވެޔޭ 3000 އެނދު އިތުރުކުރަން. 3000 އެނދު އިތުރުކުރާނަމަ މިތަންތަނުގައި އެއަރޕޯޓު ނެތި ކިހިނެއްތޯ އެނދު އިތުރުކުރާނީ. އެހެންވީމާ މިކަން ކުރާއިރު އަޅުގަނޑުމެންގެ މީހުން އުފުލަން އަޅުގަނޑުމެންގެ އެއަރލައިނެއް އޮންނަ ޖެހޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު، އިންޑިޔާގެ ޖީއެމްއާރަށް، ކުރީގެ ސަރުކާރުން ވިއްކާލީ ކީއްވެގެން، އެމަނިކުފާނަށާއި ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭކަމުގައެވެ. އަދި، އެކަމުގެ މަގުސަދަކީ ކޮބައިކަމާއި އެކަމުން ލިބުނީ ކޮން ފައިދާއެއްކަން ރައްޔިތުންނަށް އަންގައިދޭން ޖެހޭކަމުގައެވެ.

ހަމައެހެންމެ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، (އެމްޑަބްލިޔުއެސްސީ)ގެ ހިއްސާ ވިއްކާލީ ކީއްވެގެންކަންވެސް ސާފުކޮށްދޭން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ނަޝީދުގެ ވެރިކަމުގައި އެކުންފުނީގެ ހިއްސާ ވިއްކާލުމުން، މިހާރު ފެނުގެ އަގު ހެޔޮކުރަން ދަތިވެފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) އަކީ ސަރުކާރަށް އެންމެ ފައިދާވަމުން ދިޔަ ތިން ކުންފުނީގެ ތެރެއިން އެއް ކުންފުނިކަމަށާއި އަދި އެކުންފުނީގެ ހިއްސާވެސް، ބޭރުގެ ބަޔަކަށް ވިއްކާލީ ނަޝީދުގެ ސަރުކާރުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މިކަމުގެ ސަބަބުން ސަރުކާރަށް އެތައް ގެއްލުންތަކެއް ލިބި، ޖުމުލަ ގޮތެއްގައި ރައްޔިތުންނަށް ގެއްލުންވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިކަންކަން ކުރި މަގުސަދާއި މިކަމުން ނިކުތް ނަތީޖާ ރައްޔިތުންނަށް ބުނެދެއްވުމަށް، ރައީސް ވަނީ އިދިކޮޅު ފަރާތްތަކަށް ދައުވަތު ދެއްވާފައެވެ. އަދި، މައާފަށް އެދެން ޖެހޭނަމަ، އެކަން ކުރެއްވުމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ފޭސް

    ކެނެރީގެ ބުއްޅަބޭ ނުރާވާނެ ސަހަލު ކަމެއް. އެހެންނޫން ވާނީ މުލިއާގެ ތެރޭގައި ބޮއިގެން ހޭކެނޑިފަ ޒިޔައްޓޭއާއި ޑިލްޑޯ ހިފައިގެން 24ގަޑި އިރު އޮންނަނީ ވެރިކަމުގަ ހުރި އިރު.

  2. މިލްނާ

    ސާބަހޭ ލޮބުވެތި ރައީސް...ލަވް ޔޫ ސޯމަޗް❤️

    • ހަބީބީ

      ތެދެއް! ވީ ލަވްޔޫ ރައީސް ނަޝީދު!

  3. އައްޓަމަސް

    ލޮލަށްރީނދޫފެން އެޅިފައިވާފރާތްތަކުން ތިޔަ ވާހަކަ ގަބޫލެއްނުކުރާނެ، ބުނާނީ އަބޫޖަހުލުބުނިހެން "ދުރަށްދެމިގެންދާސިހުރެކޭ"

    • ކަލޯ

      ކަލޯ މިހާރުހުރީ ދުރޫސުލް އަހުލކާގުތަ. ކަލޭހުރޭ އޭނަކިޔާހާ އެއްޗެއް ގަބޫލޮ ކޮށްގެން

      • ރައްދު

        ލައްބަ! އަޅުގަނޑުމެން ރައީސް ޔާމީނުގެ ވާހަކަފުޅު ޤަބޫލުކުރަން.

  4. 3ނިރު

    ވިއްކާނެ ހުރިހާ ތަނެއްވެސް ވިއްކާނެ އެއީ އޭނާއަށް ފައިދާވާގޮތަށް ކަމިޝަންލިބޭގޮތަށް

  5. ޢެމްއެސް

    ޢެހެންވީމާ ފައިސާ ކެވިފައި ވަނީ އައްނިސަރުކާރުގައިތާ ސޮރީ

  6. ރިޒްވީ

    ހުސް ދޮގު.

    • Anonymous

      ނުވިތާކަށް ގަންޖާރާޖާ ވަނީ ރާއްޖޭގެ ކޯޓްތަކާއި ފުލުހުންގެ އިމާރާތްތަކުގައި ރޯކޮށް އަންދާ އަޅިއަށްހަދާ އެތަށް މިލިޔަން ފައިސާ އެއްގެ ގެއްލުންދީ ދިވެހި ފައިސާގެ އަގު ވައްޓާލާ ނުވިތާކަށް ފެންކުންފުނީގެ ހިއްސާ ވެސް ނުހައްގުން ވިއްކާލާފަ. އެ ކަލޭގެ ހަވަރަށް ދިނުމަށް ގޮވާލާން! ޝަހާދަތް ކިޔަން ނޭނގޭ ޖަންޖާ!!!!

  7. ޑިމޮކްރަޓިސްޓް

    ރީންދުލޭމެން އެއްބަހެއްނުވާނެ! ކިހިނެއް އަމިއްލަ ސިކުނޑިއަށް އަމިއްލަ ބާރުނުހިންގޭ؟ އަދިވެސް ބޮނޑިބަތްކާން ދުވޭ!

  8. ބަންކަރު

    އެކަމަކު ނަށީދު ބުނީ ތިމަންނަ ލެޕްޓޮޕަކާއި އެއް ރިސޯޓުން ގައުމު ހިންގާނަމޭ. ދެން ކީއްވެތޯ ގައުމުގެ ރައުސުލްމާލު ވިއްކައިގެންވެސް ކޮޅެއްގައި ނުޖެހި ނަށީދުގެ ވެރިކަން ދަރާވިކެންވީ؟ ވިރިކަން ލިބި ދައުލަތުން ކުރަންޖެހޭ ހޭދަތަށް އެނގުނީމާ ބޯގޮވީ. ފައިސާ ހޯދާނެ ގޮތެއް ނުވިސްނުނީ. ޢަދި ޕްލޭނެއް ހަދަންވެސް ނޭގުނީ އަމިއްލަ މީހުން ޑިމާންޑް ކުރި ކަންކަން ކޮށްދޭން މަޖްބޫރުވީމާ މަންޒަރު ބަދަލްކުރަން މައުމޫނާ ދިމާކުރީ، މޫދު ފިލްމު ކުޅެން ފެއްޓީ. ގާޒީ ވަގަށް ނެގީ ފަހުން ކޮންޓްރޯލް ގެއްލުނީ މިހުރިހާ ކަމެއް ގޮސް ހުއްޓުނު ހިސާބަކީ ނަށީދުގެ ނާގާބިލްކަމެވެ.

    • ބަފާ

      ބުއްޅަބޭ ލެޕްޓޮޕަކާއި ދޮންކެޔޮވަކަކުން ގައުމު ހިންގޭނެޔޭ ބުނީމަ އެވާހަކަ ގަބޫލުކުރި 50ވަރަކަށް ހާސް ދުންމާރިން މިގައުމުގައި އުޅުނު، އަދިވެސް މަދުބަޔަކު އެބައުޅޭ! މިކަހަލަ ގަމާރުން ތިބިއްޔާ އެކަހަލަ ބުރާންތިންނަށް އަދިވެސް ވެރިކަމާތޮޅެން ފުރުސަތުލިބޭނެ!

    • ޖރސ

      100% ސާފު ވާހަކައެއް..ތީ ހަމަ ތެދެއް

  9. ސާހިބު

    ކޮން ތަނަވަސްކަމެއް އައީ،.. މުވައްޒަފުންނައް ރަނގަޅެއްނޫން. ޕްރޮމޯޝަންއެއް ނުދޭތާ ބޯނަސްގަނޑެއްވެސް ނުދޭ.ބޯޓުގަތުން ނޫން ކަމެއް ނުކުރޭ.. ކޮންތަނަވަސް ކުންފުންޏެއް ކިޔާަށް

    • Anonymous

      ނުދިނަސް ހެޔޮ!! ތިޔަ ތަން ވިއްކާލަންތަ ބޭނުންވަނީ!! ގަންޖާ ވަނީ މިރާއްޖެ ވެސް ވިއްކާލަން ނިންމާފައި. ވަގު ކަލޭގެވަނީ ޕޯޗްގީޒުންގެ 17 އަހަރަށް ވުރެ ދަށުދަރައިގެ އަނދަވަޅަކަށް ވައްޓާލަން ނިންމާފައި!! والحمد لله. އެކަމެއްނުވި!! إنشاء الله ދެންވެސް އެކަމެއް ނުވާނެ!! ގަންޖާބޮއެ ބޮއެ ހުންނަންޖެހޭނީ!!

  10. މެޑަމް

    ނަޝީދާ ޔާމިނަކާ ބޭނުމެއްނޫން! އިބޫ ބޭނުމީ!

  11. ފިޔާތޮށި ޢަމާ

    ޙެހެ.. ތީ ވިއްކާލަން ރަނގަޅުތަނެއް.. ސާވިސް ރަނގަޅީކީނޫން... ފައިދާއެއް ވަންނަނީކީނޫން.. މީ ރީނދުލަސް ފިޔާތޮއްޓަސް އެންމެން ދަންނަ ހަގީގަތެއް..

  12. އަބްދުއްލާ

    އެމްޑީޕީ ސަރުކާރުން ސްޓެލްކޯ އާ ބީ އެމްއެލް ވިއްކާލަން އުޅުނު . ސްޓެލްކޯ ވިއްކާލްން އުލުނީ ކެނެޑާ ގެ ކުންފުންޏަކަށް އޭނާގެ ބޭބެ ގެ ހިއްސާ އޮންނަ .ކެނެރީގެ ގަންޖާ ސަރުކާރުން ވަނީ ރާއްޖެއިން ގިނަ އަދަދެއްގެ ދޮންވެލި ބޭރު ގައުމަކަށް ވިއްކާލާފަ .ކާގޯ ފްލައިޓް ބަރުކޮށްގެން ދަންވަރު 2010 ވަނަ އަހަރުތެރޭ ރާއްޖެއިން ވަނީ ބޭރު ކޮށްފާ ވެބްސައިޓްގަ މިކަން އެގެން އެބަހުރި އެއީ އާޓިފިސަލް ބީޗެއްހެދުމަށް . އައުޓްޑޯ އަށް އަޅާފާހުރި ހުރިހާ ދޮންވެލި އިމްޕޯޓް ކުރީ މޯލްޑިވްސް އިންކަމަށް ލިޔެފާވޭ . އިންޑޯގެ ހުރިހާ ވެލި ޑުބާއީ އިން އިމްޕޯޓް ކުރިކަމަށްވެސް ލިޔެފާވޭ . ހަމަގައިމުވެސް މިއީ ހިލޭސާބަހަށް ކުރިކަމެއްނޫން.

  13. ޙަމީދު

    ނަސީދު ވިކަންއުޅުނީ މޯލްޑިވިއަންއެކަނިތަ 30އަހަރުދުވަހުން މައުމޫނު އެއްކޮފަހުރިހުރިހާއެޗެއް އަދިމިހާރު ވިއްކަން ދިމާކޮއްފިނަމަ މާގިނަވާނެ

  14. ޢަލީ

    ޢަދި އެމްޓީޓީސީސީ ދުއްވާލަން އުޅުނު ވާހަކަ އޮތީ!!

  15. ޒާ

    ވިއްކާ ހުރިހާއެއްޗެއް ހުސްވީމާ ނަޝީދު އޮތީ އަންހެނުންވެސް ވިއްކަން ރާވާފައިހެން ހީވަނީ.

  16. އަދް

    އެ އީ އަހަރެންވެސް ދެކެމުންދާ ހުވަފެނެއް ... މޯލްޑިވިއަން އަކީ ރާއްޖޭގެ ދިރާގު ގޮތަށް އަމިއްލަ ޖީބު ބަރު ކުރާ ބައެއް .. އެމީހުންނާ ޗެލެންޖް ކުރާ ބައެއް އެބަ ޖެހޭ އަންނަން

  17. އަބުޅޯ

    ޒާ. ތިބުނާ ދުވަސް ފެންނަން ވަރަށް ގާތްވެއްޖެ. އެކަލޭގެ އެ އުޅެނީ އަދި ހިތްހަމަޖެހޭ އަގެއް ހުށަހަޅާ މީހަކާ ދިމާނުވެގެން.

  18. އަލީ

    އެމްޑީޕީގެ ވަރަށްބޮޑު މަގުސަދެއް ރާއްޖެ ބޭރުގެފަރާތްތަކަށް އަޅުވެތިކޮށްފަ ބޭއްވުން. އޭރުން ދެކަމެއް ހާސިލްވޭ. އޭރުން މިރާޢްޖެ ލާދީނީ ކުރަން ފަސޭހަވާނެ. ދެން އެމީހުންނަށް ވެރިކަމަށް އައުމަށާއި ވެރިކަމުގަ ދެމިތިބުމަށް ފަސޭހަވާނެ. އެއީ އޭގެ ސަބަބުތަކަކީ.