2017 ވަނަ އަހަރު ސާނަވީ އިމްތިހާނު ނިންމި ކުދިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވާފިއެވެ.

މިދިޔަ އޮކްޓޯބަރު/ނޮވެމްބަރުގައި އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން ރާއްޖޭގެ ގަދަ ދިހައެއްގައި ޖުމްލަ 375 ދަރިވަރަކު ވަނީ ހިމެނިފައެވެ.

ސާނަވީ އިމްތިހާނުގެ ގަދަދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އިނާމްދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ އެޑިއުކޭޝާން މިނިސްޓަރު އައިޝަތު ޝިހާމްއެވެ. މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނީ ވިދާޅުވި ގޮތުގައި ސަރުކާރުގެ އެއްވެސް ކުއްޖަކު ބާކީނުކޮށް ކިޔަވައި ދިނުމުގެ ސިޔާސަތުގެ ދަށުން ، އޯ ލެވެލްގައި ދަރިވަރުން ހޯދަމުން އަންނަ ނަތީޖާ ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި، އޯ ލެވެލް ނިންމި ދިހަ ދަރިވަރުންގެ ތެރެއިން އަށް ދަރިވަރުންނަކީ މަދުވެގެން ފަސް މާއްދާއިން ފާސްވި ދަރިވަރުން ކަމަށް އައިޝަތު ޝިހާމް ވިދާޅުވިއެވެ.

" ތައުލީމީ އުގެނުމުގައި ކާމިޔާބު ނުވާނެ ކަމަށް ބަލައި ސްކޫލުތަކުން އުއްމީދު ދޫކޮށްލާފައިވާ އެތައް ހާސް ކުދިންނަކަށް ސަރުކާރުން އިސްނަގައިގެން ދަސްވާރާއި ބީޓެކް ޕްރޮގްރާމްގެ ތެރެއިން ކާމިޔާބު ހޯދައިދީ އެ ދަރިވަރުންގެ މުހިއްމު ކަމާއި ހުރި ހުނަރު އާއިލާއާ މުޖުތަމައުއަށް ހާމަކޮށްދެވުނު ކަން

ޖަލްސާގައި މިނިސްޓަރ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: މުޙައްމަދު ޖިމީ

އެއީ ސަރުކާރަށްކުރެވުން ވަރަށް މުހިންމު މަސައްކަތެއް" އަައިޝަތު ޝިހާމް ވިދާޅުވެފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިހާމްވަނީ ސާނަވީ އިމްތިހާނުގައި އެކިި ވަނަތައް ހާސިލްކުރެއްވި ދަރިވަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ހުރިހާ ދަރިވަރުންވެސް ކުރިމަގުގައި ތައުލީމީ ދާއިރާއިން އިތުރު ކާމިޔާބީތަކެއް ހާސިލްކުރުމަށް ގަދަ އަޅާ މަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެެވެ.

މިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން ރާއްޖޭގެ ގަދަ 10 ގައި 375 ދަރިވަރަކު ވަނީ ހިމެނިފައެވެ. އަދި 8 މާއްދާއިން އޭ ސްޓާ ހޯދައިގެން ހަ ދަރިވަރަކު ވަނީ ގައުމީ ގަދަ 10ގެ އެއްވަނަ ހޯދައިފަ އެވެ. އެ ދަރިވަރުންނަށް ތައުލީމީ ފަންޑުން ސްކޮލަޝިޕް ވަނީ ދީފައިވެ އެވެ.

އޭގެއިތުރުން ދުނިޔޭގެ ގަދަ 10ގައި މިދިޔަ އަހަރު 35 ދަރިވަރަކު ވަނީ ހިމެނިފައެވެ. ނަމަވެސް އިސްލާމް ދިވެހި މާއްދާއިން އޭ ސްޓާ ދޭން ފެށުމުށް ހަމަޖައްސާ ގެނެވުނު ބަދަލާއެކު ފާއިތުވި ތިންއަހަރާ އަޅާބަލާއިރު ގަދަދިހައެއްގައި ހިމެނުނު ދަރިވަރުންގެ ނިސްބަތް މަދުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޏިޗެ