އިންޖީނުލީ އުޅަނދުތައް ތައާރަފް ކުރި ފަހުން ރިޔަލު ދޯނީގައި މިހާރު އެއް ގޮތަކަށް ވެސް މީހުން ދަތުރުކޮށް ނޫޅެއެވެ. ދިވެހި އާދަކާދަތަކުގެ ޝައުގު ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް ރިޔަލު ދޯނީގައި ދަތުރު ނުކުރާތާ އެތައް އަހަރެކެވެ.

"ހަނދާން ހުރޭ، އުމުރުން 14-13 އަހަރުގައި ރަށުން މާލެއަށް ދަތުރުކުރިން ރިޔަލު ދޯނީގައި، އޭގެ ފަހުން އަޅުގަނޑު ވެސް ދަތުރު ނުކޮށް މި އޮތްހާ ދުވަހު މިހުރީ،" ރިޔަލު ދޯނީގެ ތަޖުރިބާ ކޮށްލަން ބޭނުންވެފައި ހުރި ވަރު އަލީ "ވަގުތު" އަށް ކިޔައިދެއްވިއެވެ.

ރިޔަލު ދޯނީގެ ތަޖުރިބާ ކުރާ ހިތްވެފައި ހުންނަވަނިކޮށް އަލީއަށް އެނގިވަޑައިގަތީ ޅޮހީގައި ރިޔަލު ދޯންޏެއް އޮތް ކަމެވެ. އެހެންވެ އެ ދޯނި ގަތުމުގެ ޝައުގުވެރިކަން އުފެދުނީއެވެ. ދޯނި ގަތުމަށް ޓަކައި އަލީއާއި އޭނާގެ ބައެއް އެކުވެރިން ޅޮއްސަށް ދިޔައީއެވެ.

"މިހާރު ދޯނި އޮންނާނީ އަޅުގަނޑުމެން ރަށުގައި، ބ. ކެންދޫގައި، އަޅުގަނޑު ވެސް މިހެން އުޅޭއިރު ރިޔަލު ދޯނި ދުއްވަން ދަސް ކުރަން އަދި ރަށު ބައެއް ޒުވާނުންނަށް ދަސްކޮށްދޭން ވެސް ރިޔަލު ދޯނި އޮންނާނެތީވެ ގަތީ،" ރިޔަލު ދޯނި ގަތުވުމުގެ ވިސްނުމަށް އައި ގޮތް އަލީ ކިޔައިދެއްވިއެވެ.

ނ.ޅޮހިން ބ.ކެންދުއަށް ފުރަން ވެގެން ދަތުރު ފަށަން ފުރަތަމަ އުޅުނީ ބުރާސްފަތި ދުވަހުގެ ފަތިހުގައެވެ. އެކަމަކު ވައި ހުރި ގޮތުން، އެ ދުވަހުގެ މެންދުރަށް ދަތުރު ފަސްވެގެން ދިޔައެވެ. އަދި އެ ދުވަހުގެ ރޭ ނ. ވެލިދޫ ކައިރީ އޮންނަ ފަޅު ރަށެއް ކަމުގައިވާ ރާފުއްޓަށެވެ.

ރާފުށީގައި މަޑު ކުރުމަށް ފަހު އަލުން ދަތުރު ފެށީ އިއްޔެ ހެނދުނެވެ. އިއްޔެ ހެނދުނު ދަތުރުކޮށްފައި ރޭގަނޑު އިނގުރައިދޫގައި މަޑުކުރިއެވެ. ރިޔަލު ދޯންޏަކަށް ވާތީ، ވައި ހުރި ގޮތުންނާއި ރޭގަނޑުގެ ވަގުތު ވުމުން މަޑުކޮށްލަން ނިންމީއެވެ.

"އަޅުގަނޑުމެން ބޭނުންވީ ރަށަށް ރިޔަލު ދޯނީގައި އަންނަން، އެކަމަކު އާދީއްތަ ދުވަހު ހެނދުނު ބައެއް ކުދިން ވަޒީފާއަށް ވެސް ނުކުންނަން ޖެހޭތީ ދެން ނިންމީ އިނގުރައިދޫއިން އިންޖީނުލީ ދޯންޏެއްގައި އަންނާނީއޭ، ރިޔަލު ދޯނި އޭގައި ކަފު ޖަހައިގެން،" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ރިޔަލު ދޯނީގައި ދަތުރު ކުރުން ދަސްކޮށްދިނުން ހުއްޓާލަން އޭނައަށް ފެނިވަޑައިނުގަންނަ ކަމުގައެވެ. ރަށްރަށުގައި އުޅޭ ޒުވާނުންނަށް އެ ހުނަރު ދަސްވުން މުހިންމެވެ. މަސްވެރިކަމަށް ނުކުމެ އުޅޭ އުޅަނދުތަކުގެ އިންޖީނަށް މައްސަލައެއް ދިމާވުމުން ވެސް ސަލާމަތުގެ އައްސޭރިއަށް މި ގޮތަށް ދެވިދާނެއެވެ.

"މިހާރު އުޅޭ ގިނަ ޒުވާނުން އަރަން ވެސް ބޭނުން ނުވޭ ރިޔަލު ދޯންޏަށް، އަޅުގަނޑަށް މި ވެސް ވީ ވަރަށް މަޖާ ތަޖުރިބާއަކަށް، މި ރަނގަޅު ކަމެއް ދަސްކޮށްލަން،" އަލީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަމްކުޅިބޭ

    މިހާރު ކީއްވެތޯ މަސްމާރުކޭޓުގައި މަސްކަނޑަން ނުދަނީ. ތިހުންނަނީ ހައްތަހާވެސް މަޝްހޫރުވާންވެގެން ކުރާ ދެއްކުންތެރިކަން.

    17
    3
  2. ބޮކިއްތޭ

    ޔާމީންގެ ވެރިކަމުގަ ރީނދޫ ބަގައާ އެއްވެގެން ކަލޭ ފެލުނު ފެލުމާ އުޅުނު އުޅުންވެސް އެހެރީ ވީޑިއޯ ކުރެވިފަ. ނައިބު ރައީސްކަމަށް އެންޑޯޒް ނުކުރި ހިސާބުން ހިތުން ވަރަށް އިންޓެގްރިޓީ ހުރި ސިމްޕަލް މީހެއް ކަމަށް ދެއްކުނަސް ކަލޭ ތިއީ ކާކުކަން ދަންނަމު

    15
    2
    • ގައިދުރު

      ޥަގު ޔާނުތަ

  3. vai

    13 - 14 އަހަރުގައި އެރަށުން ރިޔަލުދޯނި މާލެދަތޔރެއްނުކުރޭ.

  4. ޢިޔާބު

    ކޮސްވާހަކަ. ދާއިރާ މެމްބަރަކަށް ވުރެ ބޮޑަށް އަމިއްލަ ޝަޙްޞީ މެމްބަރެއް

    11
    1
  5. ދިވެހިން

    ސަޅި ކަމެއް ތީ. މަރުހަބާ އަލީ

    1
    1
  6. ހުސެން ރަޝީދު

    އެއާރޕޯރޓް ލައުންޖް ބޭނުންކޮށްފަ ރައްޔިތުންނަށް ބިލް ކުރާ މީހެއް ތީ. ހަމަ ސީދާ ދެއްކުންތެރިކަމުގެ މީހެއް

  7. ޏަމްނަމް

    ތީގަ ދަަތުރު ކޮއްގެން ވައި ނުލިބިގެން ބެހިގެން ގޮސްގެން ސަރުކާރުން އަނެއްކާ ވީ އެތައް ހަރަދެއް ކޮއްގެން ހޯދަން. އާލާ ކޮއް ދިރުވަން ވެސް ކުރަން ވާނީ ފައިދާ ހުރި ކަންކަން.

  8. އަންތަރީސް

    ބ ކެންދުއަށް ރައީސްޔާމީންގެ ދައުރު ގެންނަން އޮތްތަރަށްގީ ނަރުދަމާނިޒާމާއި ފެންޕުލާންޓުގެ ހިދުމަތް ރަށަށްނުލިބި ދިޔައީ ކެންދުއަށް އޮތް ބަޖެޓަށް އަލީ ނޫނެކޭބުނެގެން އެއީ އެމްޑީޕީގެ ސަބަބުން މިހާރުގެ ސަރުކާރުން ނަރުދަމާއަޅަން ރޯނާއި ކަޑަ ޖަހާތާ 3 އަހަރުވެއްޖެ މިހާރު މީނަގެ އަނގަކޮބާތަ؟

  9. މުހަންމަދު

    ފަިއިސާގަޑު ތަޅާ ހުސްކުރާނެ ގޮތެއް ނޭންގިގެން ތޯއްޗެ އެއުޅެނީ.