ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް އަމިއްލަފުޅަށް އިއުތިރާފު ވެފައިވާ ކަމަށާއި އޭނާ ގެނެވޭ ގޮތަކަށް ރާއްޖެ ގެންނަން ޖެހޭ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ގާސިމް ވިދާޅުވެފައި ވަނީ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ "އަޅުގަނޑުމެން" ކަމަށެވެ. މިއާއެކު ގިނަ ބަޔަކު ތުހުމަތުކޮށްފައި ވަނީ ގާސިމް އަމިއްލަފުޅަށް ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ. ގާސިމް މިހެން ވިދާޅުވެފައި ވަނީ ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައި ވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.

މިއަދު ޕީޕީއެމް އިން ބޭއްވި ޕްރެސް ބްރީފިންއެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ މިހާރު ގާސިމް ރިޝްވަތު ދިން ކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ.

"ތިމަންނަމެން ފެބްރުއަރީ އެކެއްގައި ނެެރުނު ހުކުމޭ ވިދާޅުވެ ވާހަކަފުޅު ދެއްކެވީ. އޭގެން އެނގެނީ ހަމަ ގާސިމް އަޑީގައި ހުރެގެން ރިޝްވަތު ދީގެން، މި ރާއްޖޭގެ ސިޔާސީ ހަތަރު ލީޑަރުންނޭ މިކިޔާ ހަތަރު މީހުން ގުޅިގެން ކުރި ކަމެއްކަން މިއީ. އެހެންވީމާ އަޅުގަނޑު ހަރުކަށި އިބާރާތުން ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން ޕީޕީއެމްގެ ނަމުގައި ގެނުވުނު ގޮތަކަށް ގާސިމް އިބްރާހިމް ގެނެސް އަނެއްކާވެސް ހައްޔަރު ކުރާށޭ." އަބްދުލް ރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާސިމް މިހާރު ވެފައި ވަނީ ގައުމަށް މުސީބާތަކަށް ކަމަށެވެ. އަދި ދިވެހި ރާއްްޖޭގެ ރައްޔިތުންގެ ހައްގުތައް ނަގާލައި ރާއްޖޭގެ މިނިވަން ކަމަށް އަރައިގަނެ ސަރުކާރު ވައްޓާލަން ގާސިމްގެ މުދާ ހޭދަ ކުރައްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމާ ބެހޭގޮތުން ދިވެހި ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭނެ ކަމަށް އަބްދުލް ރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރުވެސް މާލެތެރެ ހަލަބޮލި ކުރުމުގައި އެންމެ އިސްކޮށް އުޅުއްވަނީ ގާސިމް އިބްރާހިމް ކަމަށް އަބްދުލް ރަހީމް ވިދާޅުވިއެވެ. އެގޮތުން މީހުންނަށް ލާރި ދީގެން މަގުތަކަށް ނެރޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ،

މީގެ އިތުރުން ދިވެހި ސިފައިންނާއި ފުލުހުންގެ މެދުގައި ބައިބައިވުން އުފެއްދުމަށްވެސް ގާސިމްގެ ޖުމްހޫރީ ޕާޓީއިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް އަބްދުލް ރަހީމް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލިން

    ތިކަމެއް ހިޔެއް ނުވޭ ވާނެހެނެއް..ގަޔަށް ގުއި ރެވޭނީ.. ވިލާތުގެ އެއްވެސް ޤައުމެއްގަ ހުރި މީހަކު މިސަރުކާރަކަށް ނުގެނެވޭނެ.. މެލޭޝިއާ ލަންކާ ނަމަ ހޯޕެއް އޮތީސް.. ތިހެން ގޮވާލުން ހުއްޓާލާފަ ކުރެވޭވަރުގެ ކަމަކާ އުޅެމާ

  2. ޖޭމުސްބޮންޑު

    ކަލޯމެން ބޭނުންހައި ގޮތެއްނުހެދޭނެ.. ޤާސިމްމެން އަންނިމެންގެ ގައިގަ އަތްވެސްނުލެވޭނެ.. ކަލޯމެންނަށްވާނެ ނަމަ މިހާރުވެސް އެމީހުންތިބޭނީ ގެނެސް ޖަލަށްލައިފަ.

  3. އަތޮޅުން

    ގާސިމުރާއްޖެގެނެސް ހައްޔަރުކުރުމަށްގޮވާލަމެވެ

  4. ީހަގީގަތް

    ވަގުތު ކުދިން ހާދަހާ ވާދޮގެއްހަދައޭ......
    މަވެސް ތިވާހަކަ އަޑުއެހީމޭ.....
    ބިރުވެތިވޭ.......

  5. ވގ

    މިހާރު އެބަ އާދޭ

  6. ބެއްޔާ

    މަތިންތޯ. ކަނޑު މަގުންތޯ. ސަބްމެރީނުގަތޯ. ކިހިނެއްތޯ ގެންނަންވީ؟ ޤާސިމު އަތުން ބުނެކިޔާ އާދޭސް ކޮށްގެންވެސް މީހުން ލާރިހޯދަޔޯ ކިޔާއަޑުއިވޭ.

  7. އަލީ

    ހަމަ ގެންނަ އިރަށް އަނބުރާގަނެގެން ވެއްޓޭނެ.

  8. ޙަސަން

    ''ގެނެވޭނެ ގޮތަކަށް ގެންވެންޖެހޭ'' ގެނެވޭނެތަ؟؟؟؟؟ ހީއެއްނުވޭ... މާދަމާ 1 ޖަހާއިރު އީޔޫ އިން ނިންމާ ގޮތެއް އިހަށް ބަޅާލަން ޖެހޭ. ދެން ތިބެގެން ހަޅޭއްލަވާ

  9. ދޮންކެޔޮ ފިލްމް

    ދެން ގެނެބަލަ ކައެމެނަށް ވަންޔާ

  10. ބެއްޔާ

    އިދިކޮޅު ޕާޓީތަކުގެ ބަސް

    ޖުމްހޫރީ ޕާޓީ ސަމީރު: އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވި އެއްޗެއް ނޫން އެއީ ވިލާ ޝިޕިންގެ ޗެއަރމަން ގާސިމް ވިދާޅުވި އެއްޗެއް

    ރިޔާޒު ކުރީގެ ސީޕީ: ތިކަމުގައި ހަގީގަތް ބަލަން މިދަނީ ހުރިހާ ގަލެއް ފުރޮޅަމުން

    ނަޝީދު: މިކަން ތަހުގީގު ކުރަން ހަތިޔާރާ އެކު އިންޑިޔާ ސިފައިން ރާއްޖެ އަރަން ގޮވާލަން

    އިބޫ އެމްޑީޕީ: ގާނޫނު އަސާސީޔާ ގާނޫނުތަކާ ހިލާފަށް އަޑު އެހި މީހުން އަޑު އެހީ އެހެން ވީމަ އެވިދާޅު އެއްޗެއް އެއީ ގޯސް އެއްޗެއް ކަމަކަށް ގަބޫލެއް ނުކުރާނަން

    އަލީ ޒާހިރު: އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ ބުނާގޮތް އެއީ އަދާލަތުގެ ނިންމުން، މިރޭ ސިދާތާ ޔާ އަނާރާޔާ އެކީ ބަޔާނެއް ނެރޭނަން

    މައުމޫނު: އަޅުގަޑު ހައްޕު މާނައިނީ ހަނުހުންނަން ނިންމީ

    ޖަމީލު: ކޮންކޮޅެއް މޮޅުވަނީ؟ މޮޅުވާ ކޮޅެއް ޔަގީން ވީމަ ޓްވީޓް ކޮށްލާނަން

    ވަރަށް ސަލާމް

    • ލޮލް

      ހަހަހަހހަހަހަހހަަހަހަހަހަހަހަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

  11. އަލްޖިބްރާ

    " މަހާނަ މައްޗައް މަޑިއަށްޖެހުން " ކަލޭމެން މިހެން ކިޔާ އަޑުއަހަމުތަ ؟ ތިކުރަނީ އެޒާތުގެ ކަމެއް ! އަދިވެސް ބުނަންތަ ކަލޭމެން ތިކައްކަނީ " ޚިޔާލީ ފޮލާ " ! ތީގާ ރަހައެއްނުލާނެ ! ކަލޭމެނަށް ކުރެވޭނެ ކަމަކީ ކަލޭމެންގެ އަތްފޯރާ ފަށުގައިތިބި މީހުނަށް އަނިޔާކުރުން !