ސަރުކާރާއެކު މަޝްވަރާ ކުރެވޭނެ ފަދަ މާހައުލެއް ނެތް ކަމަށާއި މަޝްވަރާ ކުރަން ޖެހޭނީ އިދިކޮޅު ޕާޓީތަކާއި ކަމަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހަ(އިބޫ) ވިދާޅުވެއްޖެއެވެ.

ސަރުކާރާއެކު މަޝްވަރާ ކުރުމަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހަ(އިބޫ)ށް ސަރުކާރުން ދިން ދައުވަތަށާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ ސަރުކާރުން މަޝްވަރާތަކަށް ދައުވަތުދީ ފޮނުވި ސިޓީގެ ޖަވާބު މިއަދު ފޮނުވާފައިވާނެ ކަމަށެވެ.

"ސިޓީގައި އިބޫއަކީ ޕާޓީތަކުގެ ކެންޑިޑޭޓެއް ކަމަށާއި މަޝްވަރާ ކުރަން ޖެހޭނީ ޕާޓީތަކާ ކަމަށް ދަންނަވާފައިވާނެ, ސަރުކާރާއެކު މަޝްވަރާ ކުރެވޭނެ ފަދަ މާހައުލެއް އޮތް ކަމަށް ގަބޫލު ނުކުރަން މެދުވެރިއެއް ނެތި ކުރާ މަޝްވަރާއަކުން ނަތީޖާއެއް ނުކުމެދާނެ ކަމަށް ވެސް ގަބޫލެއް ނުކުރަން" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މީގެ ކުރިންވެސް ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން މެދުވެރިއަކު ނެތި ސަރުކާރާ ވާހަކަދައްކައިގެން ނަތީޖާއެއް ފެންނާނެ ކަމަށް ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ހޮވިވަޑައިގެންނެވި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ މަރުހަބާ ވިދާޅުވެ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ފެށުމަށް އަނެއްކާ ވެސް ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު އިބޫއަށް ދިނުމާއި އެކު އެކަމަށް މަރުހަބާ ކިޔައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިވެދާނެ މައްސަލަތަކާ މެދު ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް ޕާޓީތަކުގެ މެދުގައި މަޝްވަރާ ފެށުމަށް ވެސް ޑރ.ޝައިނީ ވަނީ މީގެ ކުރިން ދައުވަތު އަރުވާފައެވެ.

މަޝްވަރާތައް ފަށަން ސަރުކާރުން ދައުވަތު ދެމުން ދިޔަ ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

މިހާތަނަށް ވެސް ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތައް ފެށިފައިނުވަނީ އިދިކޮޅު ފަރާތްތަކުގެ އިޚްލާސްތެރިކަމެއް ނެތުމުން ކަމަށް ސަރުކާރުން ބުނާ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މަޝްވަރާއަށް ދާނީ ޝަރުތުތަކަކާއި އެކުގައި ކަމަށެވެ. އޭގެ ތެރޭގައި އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުންވެސް ހިމެނެއެވެ.

އީޔޫއިން ސަރުކާރުގެ އިސްވެރިންނާ މެދު ފިޔަވަޅު އެޅުމަށް އޮނިގަނޑެއް ފާސްކޮށްފައިވާ އިރު ޕާޓީތަކާ މަޝްވަރާކޮށް އިންތިހާބަށް ފަހި މާހައުލެއް ގާއިމު ކުރުމަށް އީޔޫއިން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙަފްޞާ / މާލެ

    މާޙައުލު އެބައޮތް! މާޙައުލު ތިޔަ މާނަކުރަނީ ކުށްވެރި ޖައްލާދުން ބައިވެރިކރާވާހަކަކަމުގައިވަންޏާ މާޙައުލެއްނެތް!

  2. ނުރަބޯ

    މާހައުލު އޮތެއްކަމަކު ދައްކާނެ ވާހަކަ އެއްނެތުމުން ލަދެއްގަ ނުބެދެންވެގެން ދައްކާ ބަހަނާއެއް ތިޔައީ.

  3. ބޯބުރާންތި

    މީނަ މީ އަޅެ އެއްޗެއްވިސްނޭ މީހެއްވެސް ނޫންތަ. ސަރުކާރުން ދައުވަތު ދިނީ އިދިކޮޅު ކެންޑިޑޭޓަކަށް ހޮވުނީމަ. ކޮންމެހެން އިބްރާހިމް މުޙައްމަދު ޞާލިހް ވީމަ އެއްނޫން. ކުރިން މުލިންވެސް ދައްކަނީ ހުކުން އައިސްފަ ތިބިމީހުން މަސްވަރާ ކުރަން.

  4. ޤާދިރު މަނަދޫ

    އިދިކޮޅޭ މެންގެ ބޭނުން ވަރައްސާފު..އިޒުރޭލް ޖަމުއްޔާއިން މި ގައުމާ ދިވެހިރައްޔަ ތުންނައް ދަތިކުރުން..

  5. ެިެިެިެެއިބްރާހިމްބެ

    ދެންތިގޮތަށްތިބޭ ގޮތްދޫނުކޮށް، ޅިޔަންބޭވެސް ކަންތައްކުރަންވާނީ އަންނިބުނާގޮތަށް،
    ހިންނަވަރު އިބޫއަކަށް ތާޢިދެއްނެތް އަދި ޅ.އަތޮޅުންވެސް ތާޢީދެއްނެތް ޝުކުރިއްޔާ؟؟؟؟؟؟ ވ.ވެދުން

  6. ފާއިޒް

    ކޮންމެވެސް އެއްޗެކޭ ކިޔާގެން މަޝްވަރާ ނުކުރަން ތިއުޅެނީ ބޭނުމަކީ މިޤައުމު ފުނޑު ފުނޑު ކޮށް އަނދަވަޅަކަށް ވައްޓާލުން...

  7. ރަށްދު

    ނުޖެހެ ފުރުސަތު ދޭކަށް ވެސް

  8. ގިވްއިން

    ކޮންކްރީޓް ތަރައްގީއޭ މަމެން ބޭނުންވަނީ އެހެން ކަމުން އެބަޖެހެއޭ ކޮންކްރީޓް ބްރިޖްސް ތަކުން މާލެ ސަރަހަައްދު ފުރާލަން އެގޮތުން އެބަޖެހޭ މާލެ ސަރަހައްދުގައި 100 ބްރިޖްސް އެޅެން އެއީ ތަރައްގީއޭ ކޮންކްރީޓް ފްލެޓްސް ތައް އެބަޖެހޭ 10 މިލިއަން ފްލެޓްސް ޓަވަރު މާލެ ސަރަހަައްދުގައި އަޅަން މީއޭ ތަރައްގީ އަކީ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން...

  9. ގިވްއިން

    މި ކުރާ ކަމެއްގެ ބޭނުމަކީ ކޮބާ އެއީ މިގައުމު ލިޓިލް ސިންގަޕޯރ އަށް ހެދުމޭ އެކަން ނުވިސްނޭނެއޭ ކޮރަޕްޓް ކާރޓެލްސް އިން އަދި ޕޮލިޓިޝަނުންގެ ލޭބަލް އަޅުވައިގެން ނިކުތަސް ތަމެން ފެއްސެން އުޅޭށޭ މަމެން މިއުޅެނީ މިގައުމު ލިޓިލް ސިންގަޕޯރ އަށް ހަދަންއޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް...

  10. ރެޓޭ

    މީނަ މިބުނާ މާހައުލަކީ ބަރަހަނާ މާލަމް ތޯއްޗެ! އެހެންނަފަހެ މީހަކު އަޖާބުވެދާނެ އެއްނު!

  11. ޒާ

    ތިހެން ވިއްޔާއި އަމިއްލަ ރަށުގައި މަޝްވަރާކުރެވޭނެ މާހައުލު އޮތްތޯ ބަލާފައި ރަށުގައި ހުރެބަލަ. ތިޔަބަދަ ނާގާބިލް ކަންކަމުގައި ހިތްވަރު ނެތް މީހުން ކީއްކުރަން ވެރިކަމަށް ކުރިމަތިލީ.

  12. ރާއްޖެ

    ޢިދިކޮޅުފފަރާތްތަކުން ސަރުކާރާއެކު މަސްވަރާކުރަން ބޭނުންވާކަމަށް ބުނަމުންދަނީ
    އީޔޫ ގައެވެ ސަރުކާރުން ތަކުރާރުކޮށް ތައުވަތު
    ދެމުން ގެންދިއަ ނަމަވެސް މަސްވަރާއަށް އެމީހުން ހަޒިރުނުވަނީ ހަމަގަސްތުގައެވެ
    އަދި ދުވަހަކުވެސް ނުވެސް އަންނާވެސްމެއެވެ ބޭނުމަކީ ސަރުކާރަށް ދަދިކޮށް ޖެއްސުން ކުރުމެވެ ސަރުކާރުން އެމީހުންގެ ހީލަތްތެރި ރޭވުމަށް ވިސްނަން ޖެހެއެވެ އެމީހުން ދަމާ
    ގުއިރޯނުގަ އެމީހުން ޖައްސަން ޖެހެއެވެ

  13. ޟަމެން

    ގަޅަބެ ވާނީ ހަމަ ގަޅަބެޔަށް. ހުހުހު