ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ގައުމާ މުހާތަބު ކުރައްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާނީ މިރޭ 8 ޖަހާއިރު ކަމަށެވެ. ރައީސް ގައުމާ މުހާތަބު ކުރައްވަނީ ކޮން ކަމަކާ ގުޅުވައިގެން ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މިއީ މިދިޔަ މަހު ރައީސް ސޯލިހް ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަށް ފަހު މިފަދަ ގޮތަކަށް ފެނިވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.

ރައީސް އެންމެ ފަހުން ގައުމާ މުހާތަބު ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އޭރު ރައީސް ވަނީ ގައުމާ މުހާތަބު ކުރައްވާފައިވަނީ އެދުވަހު ފާހަ ކުރަމުން އައި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައިޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައެލޯގް

    ބަލަމީނަތަ އަދިވެސް ރައީސްއަކީ! ގައިމު އަންނިބުނީ ރައީސްއަކީ ފައިސަލް ނަސީމޯ އެހެންވެ އޭނާލައްވާ ހުވާކޮށްފަވަނީ، ދެންއެހުވާދޯ ފަހުންކުރީ ދެންއޭތި ބާތިލެއްވެސް ނުވެއެއްނޫންދޯ

  2. ދެބޯގެރި

    ހިންނަވަރު އިބުރާހިމް މުޙައްމަދު ސޯލިހަކީ މިހާޜު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމަކަށް ޤަބޫލެއް ނުކުރަން މިހާޜުގެ ރައީސަކީ ފައިސަލް ނަސީމު އަންނިގެ ރޭވުމަކުން ވެރިކަމަށް ވަނީ އިންޤިލާބެއް ގެނެސްފަ އިބުރާހިމް މުޙައްމަދު ސޯލިހަށް ރައީސުލްޖުމްހޫރިއްޔާއޭކިޔާފަ އެއްވެސްކަމެއްކުރުމުގެ ޤާނޫނީ ހައިސިއްޔަތެއްނެތް އޭނަޔަށް އެ ހައިސިއްޔަތު އޮތިއްޔާ މަށަށްވެސް އެ ހައިސިއްޔަތު އޮންނާޏެ

  3. އުކުޑާ

    ތިޔައީ ރައީސެއްކަމެއް އަހަރުމެން ގަބޫލެއްނުކުރަން ދާދިމިދާކަށްދުވަހު ރައީސްކަމުގެ ހުވާކުރީ ފައިސަލްނަސީމު .