އޯ ލެެވެލްގެ ޓޮޕް އެޗީވާޒް އެވޯޑު ދިނުމުގެ ރަސްމީ ހަފުލާގައި، ކުރިން ވެސް އެވޯޑް ދެމުން އައި ގޮތަށް ގަދަ 10 އަށް އެވޯޑް ދިނުމަށް ސަރުކާރުން މިއަދު ނިންމައިފި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މި ގޮތަށް މި ނިންމީ، މި އަހަރުން ފެށިގެން އެވޯޑް ދޭނީ ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައި ސްކޫލްތަކަށް އެކަން އަންގާފައި ވަނިކޮށެވެ. 2015 ވަނަ އަހަރުވެސް ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑު މިނިސްޓްރީން ނިންމިއެވެ. އެފަހަރުވެސް އެނިންމުން މިނިސްޓްރީންވަނީ ބަދަލުކޮށްފައެވެ.

މީގެ ކުރިން އެޑިއުކޭޝަންއިން ސުކުލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ޓޮޕް އެޗީވާޒް އެވޯޑު ހަފުލާގައި އިނާމު ދޭނީ ހަމައެކަނި 1، 2 އަދި 3 ވަނަ ލިބޭ ދަރިވަރުންނަށް ކަމަށެވެ. އަދި ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑު ދިން ކަމަށް ވިއަސް، ގަދަ 10ގެ އެހެން ވަނަތައް ލިބޭ ދަރިވަރުންނަށް ވެސް ދައުވަތު ދޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

އަދި އަންނަ މާޗް މަހުގެ މެދު ތެރޭގައި އޯލެވެލް ޓޮޕް އެޗީވާޒް އެވޯޑު ދިނުމުގެ ހަފްލާ ބޭއްވުމަށްދަނީ މަސައްކަތް ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޖްވާ

    މީ މި ދުވަސް ކޮޅުގެ ގޮތުން ނިންމި ނިންމުމެއް!

  2. ހުސޭނުބޭ

    ތި ނިންމުމަށް މަރުޙަބާކިޔަމެވެ. މައްސަލައަކީ ގިނަ ކުދިބަޔަކު ގަދަ 10 ގައި ހިމެނުމެއްނޫނެވެ. މިހާރުގެ އިމްތިހާންތަކުގެ ކަރުދާސްތައް މީގެ 15 އަހަރު ކުރިޔާ އަޅާ ބަލާއިރު މާބޮޑަށް ފަސޭހަވުމެވެ. މިކަން ޤަބޫލުނުކުރާ މީހެއްނަމަ ތެދެއްތޯ އަޖުމަބަލާލުމަކީވެސް އެދެވިގެންވާ ކަމެކެވެ. ވީމާ އިމްތިހާންތަކުގެ ކަރުދާސްތައް ކުޑަ ތަންކޮޅެއް ފެންފަރު ރަގަޅުކޮށްލުމަކީ އެންމެ ރަގަޅު ހައްލެވެ.

  3. މުއުމިނާ / އައްޑޫސިޓީ

    ޓޮޕްޓެން ކްރައިޓީރިޔާވެސް ބަދަލުވޭތަ ކުރީގެގޮތަށް؟