އިދިކޮޅު އެމްޑީޕީ ކެންޑިޑޭޓެއް އިންތިހާބު ކޮށްގެން އަޅުގަނޑުމެން ދާނީ ވަލަށް ކަމަށް އެންވާރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމު ވިދާޅުވެއްޖެއެވެ.

ތިލަދުއްމައްޗަށް ރައީސް ޔާމީން ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ހއ.ދިއްދޫ އަށް ރައީސް ޔާމީން އާއެކު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިނިސްޓަރ ތޯރިގް ވިދާޅުވީ އިދިކޮޅު ލީޑަރުން ބުނަމުން ދަނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށެވެ.

"އަޅުގަނޑަަށް ބޮޑަށް ހީވަނީ އިންސާފުވެރި އިންތިހާބެއްް ނުބާވަން އުޅެނީ އެބޭފުޅުން ހެން, ނަމަވެސް މިނިވަން އިންސާފުވެރި ދެފުއްފެންނަ ރިޔާސީ އިންތިހާބެއް މި ސަރުކާރުން ބާއްވާނެ" މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ އިދިކޮޅު ބޭފުޅުނަށް ވަރަށް ރަނގަޅަށް އެގިވަޑައިގަންނަވާ ކަމަށް އެބޭފުޅުނަށް ރާއްޖޭގައި މިހާރު ތާއީދެއް ނެތް ކަން އެހެންވެ އެބޭފުޅުން ދަނީ ސަރުކާރުން ގެންނަމުންދާ ތަރައްގީ އަށް ހުރަސް އަޅުވަމުން ކަމަށް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

"މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ދިއްދޫއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކޮށް ދިއްދޫގެ ނަން ހަޑިކޮށްފައިވޭ މި ފަހަރު އަދި ދެންވެސް އިދިކޮޅު ފަރާތްތަކަށް ދިއްދޫގެ ރައްޔިތުން އެފުރުސަތު ދީގެން ނުވާނެ" މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

އިޔާދަ ކުރުވަނިވި ހަކަތަ ދިއްދޫގައި ގާއީމުވެގެން ދާނެ ކަމަށް ވިދާޅުވެ ތޯރިގް ވިދާޅުވީ ރަށްގިރުމަށް ހައްލެއް އަދި ފެނުގެ ހިދުމަތަކީ ވެސް ދިއްދޫގެ ރައްޔިތުން ނުހަނު ބޭނުންވެފައިވާ ހިދުމަތެއް ކަމަށާއި އެކަން ކަން ހައްލުކޮއްދެއްވާފައި ވަނީ ރައީސް ޔާމީން ކަމަށެވެ.

މިނިސްޓަރ ތޯރިގް ވިދާޅުވީ ރައީސް ޔާމީން ދާނީ ރާއްޖޭގެ އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތެއް ބާކީ ނުކޮށް ތަރައްގީގެ މަޝްއޫތަކާއި އެކީ ކުރިއަށް ކަމަށެވެ.

ހއ. ދިއްދޫގައި ސަރުކާރުން ކުރިޔަށް ގެންދިޔަ ހަތަރު މަޝްރޫއެއްގެ ނިމުން ފާހަގަކޮށް، އެ މަޝްރޫއުތައް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދިއްދޫއަށް މިއަދު ވަޑައިގެން އިފްތިތާހު ކޮށްދެއްވާފައި ވަނީ އެ ރަށުގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މަގު ހެދުން އަދި ހައުސިން ޔުނިޓުތަކުގެ މަޝްރޫއުއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކަލޯ

    ކަލޭ ވަލަށް ފޮނުވާށޭ ދިވެހި ރައްޔިތުން ބޭނުންވަނީވެސް ވީހާވެސް އަވަހަށް

  2. ޒާ

    ވަލަކަށްނޫން ދާނި ޖަލަށް. އިޒް ކަރެކްޓް

  3. ދޮންޔޫސުފު

    ދިއްދޫ ރައްޔިތުންގެ ބަޔަކު ލައްވާ ރަށުއޮފީސްތެރެއަށް ރޯމަސްތަކެއް އަޅުވާފައި "ސާބަހޭ ތިޔައީއޭ ޑިމޮކްރަސީ އަކީ" ބުނީވެސް ތި އެމްޑިޕީ ބައިގަނޑު.

  4. މޫސަ

    ތީ ހަމަ ރަނގަޅުވާ ހަކައެް އެހެނޫނީ ޖަލަށް

  5. މާޝާ

    ވަލައް ވެސް ގޮޅި އަށް ވެސް ބްރޯ

  6. ޖާން

    ރަނގަޅުވާހަކައެއް. ޖުޒާންބަލި ޖެހުނު މީހުން ރައްޔިތުންނޫޅޭ ރަށްރަށަށް އަރުވާލާއި އެކަހެރިކުރިފަދައިން ތިބޭފުޅާ ބަހައްޓާނީ ރައްޔިތުންގެ މުދާ ޙައްޤުނޫންގޮތުގައި ބޭނުންކޮށްފައިވާތީ ފަޅޫރަށެއްގަ އެކަހެރިކޮށް ކަރަންޓީނު ކޮށަފއި.

  7. ހަސަނު

    ރަގަޅު ވާހަކައެއް އެމް ޑީ ޕީ ގެ ރައީސަކު ތޯރިގަށް މިނިސްޓަރު ކަމެއް ނުދޭނެތާދޯ ވަލަށް ނޫނީ މާފުއްޓަށްވެސް ދާންޖެހިދާނެ

  8. ސައީދު އަހުމަދު

    ވަލަކައްނޫޖަލާއް ކުރިވައްކަންތައް ކޮންމެސްދުވަހަކުންބެލޭނެ

  9. ފަސީ

    ބަލަ ވަލުގައޭ މަސައްކަތްއޮތީ ބޭފުޅާ

  10. އަބްދުއްލާ

    2008 ގަ ކަންވީގޮތް ހަނދާން ކުރަމާ .ގައުމު ބަގުރޫޓް ވާން ކައިރި ވެފައިވާކަމަށް އައިއެމް އެފުން ބުނުމުން އިސްތިއުފާ ދީފަ ފިލީ. މުސާރަތައްކުޑަކޮށް ހަރުމުދާ ވިއްކާ ކައުންސިލަތަކުގެ ފައިސާ ނަގާ ފަގީރު ކޮށްލި

  11. ދިގުރަށު ސޮރު

    މި ވަޒީރު ޖަލަށް ލެވޭ ދުވަހަކީ ވަރަށް ދެކެން ބޭނުން ދުވަހެއް.