މިފަހަރު ބާއްވާ ރިޔާސީ އިންތިހާބު އިންތިހާބަކަށް ނުވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ފެންނަމުން ދަނީ ވޯޓު އޮޅުވާލުމާއި އެނޫންވެސް އެފަދަ ގޮތްގޮތުން އިންތިހާބުގެ ނަތީޖާ ނެރެން ރައީސް ޔާމީން މަސައްކަތްކުރައްވާ މަންޒަރު ކަމަށެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިކަމާއެކު ކުރިއަށްދާނެ މަގު ފަހިކުރުމަށް ސިޔާސީ ޕާޓީތަކުގެ ދައުރު ފުޅާކުރަންޖެހޭ ރައީސް ޔާމީން އަބްދުލް ގައްޔޫމް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ބޭނުންވާ ނަތީޖާ ނެރުމަށް މަސައްކަތްކުރައްވަނީ އޮޅުވާލުންތަކެއްގެ ތެރެއިން." އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އިލެކްޝަން ކޮމިޝަނުގައި ތިއްބެވި ބޭފުޅުންނާއެކު ސުލްހަވެރި ދެފުށް ފެންނަ އިންތިހާބެއް ބޭއްވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ކުރިން އެމްޑީޕީއިން ގޮވާލާފައިވާ ގޮތަށް، އަލުން އިލެކްޝަން ކޮމިޝަން އެކުލަވާލަންޖެހޭ ކަމަށެވެ.

"އިލެކްޝަން ކޮމިޝަން އެކުލެވިފައި އޮތްގޮތަށް އިސްލާހު ގެންނަންޖެހޭ. އެހެން ނޫނީ މިފަހަރު ބާއްވާ އިންތިހާބު އިންތިހާބަކަށް ނުވާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރިސޯޓުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަކީ އެމްޑީޕީއަށް ލިބެން އަންނަ އެތަކެއް ވޯޓެއް އުނިވެގެންދާނެ ކަމެއް ކަމަށާއި ހުރިހާ ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓަނީ އެހެންވެގެން ކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި ވޯޓު އޮފިޝަލުން ލައްވައި ފާހަގަ ޖަހައިދޭ ގޮތަށް ހެދުމާއި، މަދު ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުންފަދަ ކަންކަން ވަނީ ކޮށްފައި" އިބޫ ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި ދެފުއް ފެންނަށް އިންތިހާބަކަށް ހެދުމަށް ސަރުކާރުން އަނަނީ މައްސަކަތް ކުރަމުނެވެ. އަދި އިންތިހާބު މިނިވަންކަމާއި އަމާން ކަމާއެކު ކެންޕެން ކުރެވޭނެ މާހައުލެއް ގާއިމު ކުރުމަށް ވެސް ސަރުކާރުން އަންނަނީ މައްސަކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޒާ

    އިންތިޚާބަކަށް ނުވާނެއޭ ތިޔަބުނާ ބަސް ރަނގަޅަށް ހަނދާން ބަހައްޓާއްޗެ. ތިމާމީހާ ހޮވިއްޖެނަމަ އިންތިޚާބު ބަރާބަރުވާނެކަން ކަށަވަރެވެ. ތިޔަކަމުންވެސް ދޭހަވަނީ ތިމާ ނުހޮވޭނެތީ ދައްކާ ބޭކާރު ވާހަކަ ކަމެވެ.

  2. ކާމިނީ

    ޥަގު

  3. ޢަސ

    ކަލޯ ފުވާދު ޓޯޕީ ލައިގެން ކަލޭމެން ވޯޓް ލީ އިރު މަކަރު ހަދާފަ އޮތީމަ ބިރުން ތިއުޅެނީ. ރިސޯޓްތަކުން ކަލޭމެނަށް ވޯޓް ލިބޭނެ ކަމަށް ބުނާއިރު ކަލޭމެން ވެރިކަމުގަ އަހަރުންނަށް ހެދި ގޮތް ހަނދާންނުނެތޭ

  4. ޢަދި

    އިންތިޚާބުން އިބޫ ފެއިލްވާނެކަން އެނގޭއިރަށް އިންތިޚާބު ކަމުނުދިޔައީ. ރަޖާލައިގެން ގޭގައި އޮންނަވީނު

  5. ރުޒާނާ ޗޮއްޕަޓު

    ތިހެން ބުނާށޭ ބުނީ އީޔޫ އިންތަ؟ ހހހހ

  6. ޛުންޔާ

    ޢެއީ އިބޫ ނޮހޮވޭނެކަން ޔަޤީންވާތީ

  7. ކަލީ.

    އެކަމަކު އިބޫ ހޮވިއްޖެނަމަ އިންސާފު. ގައުމު ބަނޑައްޖައްސަން ގޮވާމީހުން ބޭނުމެއްނޫން.. މިނުލަފާ މީހުންގެ ކިބައިން،. ﷲ މިގައުމު ސަލާމަތް ކުރައްވާށި.

  8. އަބްދުއްލާ

    އިބޫމެން 2008 ގަ ހިންގިކަންކަން އެބުނީ

  9. އަބޫ އަދާލަތު

    މިފަހަރުގެ އިންތިޚާބު އިންތިޚާބަކަށް ނުވާނެ،
    މިހާރުގެ އިބޫ އިބޫއަކަށް ނުވާނެ،
    މިހާރުގެ ކިނބޫ ކިނބުލަކަށް ނުވާނެ،
    މިހާރުގެ އަންނި އަންނިއަކަށް ނުވާނެ،
    ދެން އަޅެ ނުހޮވޭނެކަން ގައިމުވީމާ މިހާރު އެހާރަށްވެ، އެހާރު މިހާރަށްވެ ނިމިއްޖެ.

  10. އަހޫ

    ހާދަ އަވަހަށް ބަލި ގަބޫލް ތިކުރެއްވީ؟

  11. ހިންނަވަރީ

    އިންތިޚާބަކަށް ނުވާ އިންތިޚާބެއްގައި ބައިވެރިވާން ކެމްޕޭނު ތިކުރަނީ ކީއްވެ؟ އިބޫ ވެސް މިހާރު ބައްލަވަނީތަ؟ ނޫނީ މޮޔަވީތަ؟ ބުއްދި ސަލާމަތުން ނެތްކަން ޔަގީން.

  12. ހުސޭނުބޭ

    ހޯއްހޯއްހޯއްހޯއް........ މި ފަހަރުގެ އިންތިޚާބުގައި ބޮޑުތަނުން ބަލިވާނެކަން ޔަޤީންވެގެން މަރަށްތެޅެންފެށީތަ؟

  13. ވަގުވަގުތް

    ހުސް ޕީޕީއެމް ސަޕޯޓަރުންގެ ކޮމެންޓްސް

  14. ާައަޅުގަނޑު

    ސަރުކާރުން ކުރަނީ ކޮން މަސައްކަތެއްކަން ލިޔެލި ނަމަ ދޯ!