ޤަވައިދާއި ހިލާފަށް ޕާކް ކޮށްގެން ކޮށްފައިވާ ޖޫރިމަނާތައް މަޢާފް ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާން ކުރުމަށް މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ސިޔާޒް ވިދާޅުވީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަކީ ސަރުކާރުގެ އެއް އަމާޒުކަމަށާއި އެގޮތުން 2015 އަދި 2016 ވަނަ އަހަރު ގަވައިދާއި ހިލާފަށް ޕާކްކޮށްގެން ކޮށްފައިވާ ޖޫރިމަނާތަށް ސަރުކާރުން މާފުކޮށްފައިވާ ކަމަށެވެ.

އަދި ގަވައިދާ ހިލާފަށް ޕާކް ކުރުމުން ކޮށްފައިވާ ޖޫރިމަނާ މާފް ކުރުމުން ގަވައިދުން އަހަރީ ފީ ނުދައްކާ ފަރާތްތަކުގެ އަތުން ވަރަށް ބޮޑު އަދަދެެއް ސަލާމަތްވާނެ ކަމަށްވެސް ސިޔާޒް ވިދާޅުވިއެވެ.

" ރައީސް އަބްދުﷲ ޔާމީންގެ އަބަދުވެސް އަމާޒަކީ ރައްޔިޔުންނަށް ލުއިފަސޭހަވާނެހެން ކަންތައްތައް ކޮށްދިނުން. މިއަދު މާލެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޕާކް ކުރާނެ ޖާގަ ނެތުމުގެ ސަބަބުން ގަވައިދާއި ހިލާފަށް ޕާކްކުރާ ފަރާތްތަށް އިތުރުވުން. އަދި އެކަމުގެ ސަބަބުން ޖޫރިމަނާ ކުރާ ފަރާތްތަށް އިތުރުވުން. ނަމަވެސް ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ރައީސް ޔާމީން ވަނީ 2015 އަދި 2016 ވަނަ އަހަރުގައި ގަވައިދާއި ހިލާފަށް ޕާކްކުރުމުން ކުރާ ޖޫރިމަނާތައް މާފްކޮށްފަ" ސިޔާޒް ވިދާޅުވިއެވެ.

7 މިލިއަނާ ގާތްކުރާ އަދަދަކަށް ޖޫރިމަނާ ފައިސާ މާފްކޮށްފައިވާއިރު މިހާރު މާލެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކްކުރުމަށް އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން ކުރިމަތީވާ ދަތިތަށް ކަމުގައިވެސް ސިޔާޒް ވިދާޅުވިއެވެ.

އަދި ބްރިޖްއާއި އެކު ޕާކްކުރުމަށް އެެކަށީގެން ޖާގަ ނުލިބުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ސިޔާޒް ވިދާޅުވިއެވެ. އޭރުން ޕާކް ކުރުމަށް ހައްލެއް ލިބި ގަވައިދާ ހިލާފަށް ޕާކް ކުރާ އުނޅަދުތަކުގެ އަދަދު މަދުވެގެންދާނެ ކަމަށްވެސް ސިޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. މުހައްމަދު އަލީ

    ތިއީ މިދިޔަ މަޖްލިސް އިންތިހާބާ ދިމާކޮއް ޖެއްސި ސްޓަންޓް، އެކަމުވެސް މާލެ ދާއިރާތަށް ގޮވީ އަތަށް

  2. ޙަމޭ

    ސައިކަލް ތައް ފުނޑުނު ފަހުން ދޯ

  3. ގިވްއިން

    ޕާކިން ޖޫރިމަނާ މަޢާފް ކުރަން ސަރުކާރުން ނިންމައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މިގޮތަށް މަމެން އުއްމީދު ކުރަމޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް ފިލައިގެން އުޅޭ ބަންގާޅީން ހޯދުމުގެ މަސައްކަތް ކުރާނޭ ކަމަށް ސަރުކާރުން އަދި އިމިގްރޭޝަން އަށް މިކަން ނުވާތީވެ އިމިގްރޭޝަން އަތުން މިކަން ނަގާ މިކަން ޕޮލިހުންނާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާނޭ ކަމަށް މަމެން އުއްމީދު ކުރަމޭ މިހާރަކަށް އައިސް ރާއްޖޭގެ ހުރިހާ ސަޕްލައި އޮޑި ތަކުގައި ވެސް ތިބެނީ ފަޅުވެރިންނަށް ވެސް ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީންނޭ ކޮންމެ ދޯންޏަކަށް 5 މަސައްކަތު މީހުންގެ ކޯޓާ ދީގެން ނަމަވެސް ރާއްޖޭގައި ގަވާއިދާއި ޚިލާގަށް އުޅޭ ބަންގާޅީންގެ ކަންކަން ހަމައަކަށް އަޅުވަން އެބަޖެހެއެވެ. މިކަން ހަމަ މަގަށް ނާޅުވާ ލަސް ވެއްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަގުގައި ވާނެއޭ މިޔަންމާރ އަށް މިހާރު ދިމާވަމުން އަންނަ މައްސަލަ އޭ ދިމާވާނީ މިކަން ކަން ރަނގަޅު ނުކުރާނެއޭ އިމިގްރޭޝަން އަށް ފެނިގެން މިކަން ކަން ކުރާށޭ ޕޮލިހުން ކުރާށޭ ކުރާށޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް...

  4. މާކުންބެ

    ދެން ކޮބާބާ 2017 ގެ ޖޫރިމަނާ ތަށް. މީހަކު ކަމަކަށް ކަމެއް ކުރާ އުސޫލުން ކަންތައް ކުރީމަކާ އެއް ދެކޮޅެއް ނުޖެހޭނެ !!

  5. ކަލޯ

    ތިބުނާ ގަވާއިދުން ޕާކުކުރާނެ ތަން ދައްކަބަލަ

  6. މުހައިމިން

    ޝުކުރިއްޔާ ރައީސް

  7. މުއްދު

    ޝުކުރިއްޔާ ރައީސް ޔާމީން

  8. ގަމާރުމޯލްޑިވިއަން

    ގަމާރު ބައެއް ދޯ

  9. ަަަަައަލިޕުޅު

    ގޭ ގިފިލި ތެރޭގައި ބައިންދާފައި ހުންނަ ބައިސްކަލުގަނޑުގައިވެސް ސްޓިކާ ޖަހާފައި އޮންނަނީ

  10. ބަގުބިސް

    ކޮބާ މިއަހަރުގެ...%50 މީހުން މިއަހަރު ޕާކު ކުރާނެ ތަނެއް ނެތް..މަގު ބަންދު ނޫނީ ޕާކިން ސަރަހައްދު ކޮންސްޓަރަކްށަން ކޮންޕެނީ އަކުން ބުކް ކޮއްފަ..

  11. މަންޑޭލާ

    ކޮބާ 2017 މީކަންނޭގޭ ތިބުނާ މަގުމަތީގެ މަސައްކަތް އެއްމެ ވަރުގަދަޔައް މިބުނީ ކޮނުނު ދުވަސްވަރު .... ކޮއްމެ ކަމަކުންވެސް މަކަރު

  12. ށ

    2015،2016 ގެ އިސްޓިކާ އެއް މިހާރު ނުހުންނާނެ. ކޮންމެ އަހަރަކު އަހަރީ ފީ ދައްކާއިރު އިސްޓިކާ ލާރި ދައްކަން ޖެހޭ. ތިހާ ހެޔޮ އެދެންޏާ 2017 އަދި 2018 ގެ ސްޓިކާ އަށް މައާފް ދީބަ.

    • ފޮނި

      ތިބުނާ އިސްޓިކާ އާ އަހަރީ ފީ ނުދައްކާތީ ދޯ 7މިލިއަން ރުފިޔާ އެކަނޑައިދެނީ. ތިބުނާ ލާރިއެއް ދައްކާނަމަ ކަނޑަން ޖެހެ ލާރި އެއް ނޯންނާނެދޯ

  13. ގޭދޮށު ކުއްޖާ

    2015، 2016 ގެ ސްޓިކާ ތަކަށް ކުރީގެ ނައިބު ރައީސް އަދީބް ހުރިއިރު ވަނީ މައާފް ދެއްވާފަ. ޢަނެއްކާވެސް 2015 ، 2016. ޢަރަތެއް

  14. މަމެން

    މޮޅުވާހަކަ....
    ޖޫރިމަނާ މައާފް ކުރެވިދާނެ. ޕާކިންގ މައްސަލަ ހައްލު ކުރާކަށް ނޭނގޭނެ. ޓްރާންސް ޕޯރޓް ފެއިލް!

  15. ހުދާ

    7 މިލިޔަން މާފުކުރިއްޔާ 14 މިލިޔަން ކާލާނެ، ވަގުންނަށް ދޭނެ ވޯޓެއްނެއް.

  16. ީއިސްމަ

    ކޮބަ ގަވައިދާ އެއްގޮތަށް ޖޫރިމަނާ ފައިސާ ދެއްކި މީހުންގެ ހައްޤު؟. އަހަރީ ފީ ނުދައްކާ ހުރުމަކީ ކުށެއް. ކުށް ކުރުމުން އެމީހުންނަށް ފައިދާ ވަންޏާ ކީއްކުރަން ހަދާ ޤަވައިދެއް

    • އަޖާބު

      ބަލަ ކަލޯ ކޮސް ނުގޮވަބަލަ! ވައްކަން ކުޅަ މީހަކަށް އޭނާގެ ކުށް މަޢާފް ކޮށްދިނަކަސް ކުށް ނުކުރާ މީހާ އަކަށް ކުރާނެ މަޢާފެއް ނޯންނާނެއެއްނު! އެފަދަމީހުނަށްވެސް ހެޔޮ ދަރުމަޔާ ސަވާބު ލިބޭނެ! އިންޝާﷲ

  17. ފަރީ

    ކެމްޕޭން ފެށުނީ... ދެން އޮޅުވާނުލާބަ ތިކަހަލަ ކަންތައް. އެހެންވެއޭ ފޫހިވަނީ.

  18. ސުމެއިނާ

    މިއީ އާއްމު މީހުންނަށް ދިން ލުޔެއް ނޫން ލައިސެންސް ނެތި، އަހަރީ ފީ ނުދައްކާ މަގުތައް މަތީ ރާސް ރާސް ލާފަ ސައިކަލް ދުއްވާ 24 ގަޑިއިރު ހަމައިގަ ތިބޭ ޒުވާން ކުދިންކޮޅެއްގެ ހުވެނެއް ސީދާ ކޮށްދިނީ ... އެހެންޏާ ފަހެ ހަރުދަނާ މީހެއް ނަމަ 2015 ، 2016 ގެ ޖޫރިމަނާ ހުރޭތަ

  19. ޙާދު

    ކޮބާ 2017 ވަނަ އަހަރުގެ ޖޫރިމަނާ؟ ރާއްޖޭގެ ތާރީޙުގައިވެސް އެންމެ ގިނަ މަގުތައް ބަންދުކޮށް އެންމެ ގިނަ އަދަދަކަށް ޖޫރިމަނާ ކުރި 2017 ގައި. ކަންކުރަންޏާ އެކަމުގެވެސް އެންމެ ދޯހަޅި ގޮތްގޮތަށް ކަންތައް ކުރެވޭތޯ ބަލަ. ޝުކުރިއްޔާ!

  20. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  21. އޮޅާލާ

    ރިސޯޓުތައް ހަދަންކުރާ ހޭދަ އަނބުރާ ލިބެން މިހާރު 20 އަހަރު ނަގާނެ ކަމަށް އިންވެސްޓަރުން ބުނުން އެއީ މައްސަލަ އެއް ކަމަށް މަމެން ދެކެމޭ ސަބަބަކީ ރިސޯރޓްގެ އޯވަރ ހެޑް ބޮޑު ވަނީއޭ ސަބަބަކީ ރިސޯރޓް ގެ ވޭޖް ބިލް ވެސް މާ ބޮޑޭ ރާއްޖޭން ބޭރު މީހުން ޑިރެކްޓަރުން ނަމުގައި އައިސް އެތިބެނީ މަހަކު 8 ހާސް ޑޮލަރު އަދި 6 ހާސް ޑޮލަރު އަށޭ ދިވެއްސަކު އެފަދަ މަގާމަކަށް މަހަކު 3 ހާސް ޑޮލަރަސް އެޕްލައި ކުރުމުން ރިސޯރޓަށް އިންވެސްޓް ކުރާ ދިވެހި އިންވެސްޓަރު ވެސް އަދި ބޭރު އިންވެސްޓަރު ވެސް ބުނަނީ ދިވެހިންނަށް ތިމަންނާމެން ވަޒީފާ ނުދެމޭ މިހާ ލަދު ހަޔާތް ކުޑަ އޭ އެމެންދޭ ޖަވާބު ތައް ދިވެހިންނަށް ބޭރު މީހުން ރިސޯރޓް ހިންގަން މެނޭޖްމެންޓާއި ހަވާލުވެ ތިބެގެން ކުރަނީ މަޖަލޭ ބޮޑެތި ޚަރަދޭ ކޮށްލަނީ ޕިކްނިކް އާއި ކޮކްޓެއިލް ޕާރޓީ ހަދައިގެން މިކަން ކަން ނުކުރާނެއޭ ދިވެހި ޓޮޕް މެނޭޖްމެންޓެއް އޮންނަ ނަމަ މީ އޭ ރިސޯރޓްގެ އޮޕަރޭޓިންގް ކޮސްޓް މައްޗަށް ދާ ކަމަކީ މިކަން މަޓީ އަށް ނުފެނުން އެއީ މަޓީ ގަމާރުވުމުން ވާގޮތޭ މަމެން ބުނަން ނެތީމު ދޯ. މިކަން ކަން ބަދަލު ކުރަން އުޅޭށޭ ސަރުކާރުން ބަލާ އެއް ނޫންތޭ ކޮން މަޓީ އެއްތޭ މަޓީ އޮޅާލާ ޖަހާ އެތަނުގެ ބޮޑުންގެ ބެކަށް އޮޅާލާ އޮޅާލާ އޮޅާލާ...

  22. ގިވްއިން

    ޓްރެފިކް ޖޫރިމަނާ މައާފުކޮށްފި ނަމަ މިކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ހަމަ މިގޮތަށް ވިޔަފާރި ވެރިންނަށް ވެސް ލުޔެއް ދިނުމުގެ ގޮތުން މިހާރު ރާއްޖޭން ބޭރުން އަމިއްލަ ކުންފުނި ތަކަށް ގެންނަ ލޭބަރުން ގެ ނަމުގައި ބަހައްޓާ ޑިޕޮޮޒިޓް ފައިސާ ދެބައި ކުޅަ އެއް ބަޔަށް ދަށް ކޮށް ހަދާ އަދި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅުން ތައް ހޯދާ އެމެން ރަށަށް ފޮނުވާލަން ފުލުހުންނާއި ސަރުކާރުން އެކަން ހަވާލު ކޮށް ހަދާ ކޮންމެ ދުވަހަކު މޯލްޑިވިއަންގެ ދެ ފްލައިޓް ގައި ފުލް ކޮށް އެމެން ގެންދާނެ ގޮތް ހަދާށޭ މިކަމަކީ މީ ނުކޮށް އަދި ބްލައިންޑް އައިއެއް ދޭން ޖެހޭ ވަރަށް ވުރެން ޑެޑް ސީރިއަސް ކަމެކޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވްއިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް...

  23. އޮޅާލާ

    ސަރުކާރުން ޕާކިން ޖޫރިމަނާތައް މަޢާފްކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ހަމަ އެގޮތަށް އެބަޖެހޭ ނޫންތޭ ސަރުކާރުން މިހާރު މާލޭގައި ދުއްވަން ޖެހޭ ހަތަރު ފުރޮޅުލީ ވެހިކަލްސް ތައް ރަޖިސްޓަރ ކުރަން މާލޭގެ ގަރާޖެއްގެ ސިޓީ އެއް ހޯދަން ޖެހޭތީވެ އެކަން ނިމުމަކަށް ގެންނަން. މާލޭގައި ހަތަރު ފުރޮޅުލީ ގަރާޖެއްގެ ސިޓީ ހޯދަން މިޖެހެނީ އައިބޭ ހާވައިގެން އެއިން ކިޔާ ނީލަމެއް ގައި ބައިވެރިވާން އޭ އެއީ މަދުވެގެން 60 ހާސް ރުފިޔާ ދީގެން ނޫނީ ނުލިބޭ އަގު ބޮޑު ސިޓީ އެކޭ އެކަމަކު އެ ގަރާޖް އިންނަނީ ދުނިޔޭގައި ވެސް ނޫނޭ ހަނދުގައޭ ހުންނަނީ ދެން ޓްރާންސްޕޯރޓް އޮތޯރިޓީ ގައި އުޅޭ ވަގުންނާއި އަދި މާލޭގައި އުޅޭ ފަސްމާމުލު ފަސް ވަގުންނާއި ގުޅިގެން ކުރާ ކަންކަމޭ މިހުންނަނީ މިފަދަ ކަންކަން އެބަޖެހެެއޭ ނިމުމަކަށް ގެންނާން. ކިއެއްކުރާ ގަރަޖް ސިޓީއެއް ތޭ މާލޭގައި ގަރާޖް ގައި ޕާރކް ކޮށް ފައި ހުންނަނީ ކޮން ކާރެއްތޭ ކޮން ޕިކަޕެއް ތޭ ގަރާޖް ސިޓީ އޮޅާލާ ޓްރާންސްޕޯރޓް އޮތޯރިޓީގެ ބޮޑޭގެ ބެކަށް ޖަހާބަލަ އޮޅާލާ އޮޅާލާ އޮޅާލާ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...

  24. ހަހަ

    މިއީ ކޮންކަމެއް ވޯޓާ ދިމާކޮށް ކުރަން ލަފެއް ނެތީ ދޯ

  25. ދޮމްބެ

    ތީ ރައްޔިތުންނަށް ހެޔޮއެދުމެއްނޫން. އަޅުގަނޑުވެސް މާލޭގަ ސައިކަލް ދުއްވާތާ 5 އަހަރުވެއްޖެ. އެންމެ ސްޓިކާއެއްވެސް ނުޖަހާ. ތިޔަށްވުރެ މާރަނގަޅުވާނެ ތިމާމީހާގެ އިޙްމާލެއްނެތި ހާލުގަޖެހިފަ ތިބިމީނުންނަށް ތިފައިސާ ޚަރަދު ކުރިއްޔާ. ޓީގެން ތިއެނގެނީ ގަވައިދާ އެއްގޮތަށް ޕާކުކުރުމުގެ ބޭނުމެއް ނެތްކަން.

  26. އަބްދުއްލާ

    2015 އާއި 2016 މައާފް ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް . ގާނޫނުއަސާސީގަ ބުނާ ހަމަހަމަ ކަން ވަނީ ގެއްލިފާ . މައާފްކުރާ ދުވަހުން ފެށިގެން ކުރީގެ ހުރިހާ ސްޓިކާތައް މައާފް ކުރެވެންޖެހޭނެ.

  27. ހުސެން ނަޝީދު

    ލަދެއް ނުގަނޭ މާފޭ ބުނާއިރު ބަލަ ނޭންގޭތަ ނުހައްގުން ފޭރިގަނެވޭ ލާރި ކަމެއް ނުވިތާކަށް ވޯޓް ފޮށި ފެނުނީމަ ދޯ ރައްޔިތުން ފެނި މާ ހެޔޮ ބޭބެ ތިޔަވަނީ ހައްޖަށް ފޮނުވިޔަސް ދެވޭނެ ވޯޓެއް ނެތް މަށައްވެސް މާފު ކުރޭ