ދިވެހި ރާއްޖޭގެ ކަންކަން ނިންމަން ޖެހޭނީ ދިވެހިން ކަމަށާއި ރާއްޖޭގެ ކަންކަން ނިންމާކަށް އެއްގޮތަކަށްވެސް ބޭރުގެ ފަރާތްތަކަށް ދައުވަތު ދީގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ހއ. ކެލާގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް، މިއަދު މެންދުރުފަހު އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"މި ތަނުގެ ކަންކަން ނިންމާކަށް އެއްގޮތަކަށްވެސް ބޭރުގެ ފަރާތްތަކަށް ދައުވަތު ދީގެން ގެންނާކަށް ނުޖެހޭ." އެޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ބައެއް ކަންކަމާ، ވިލާތު އިއްތިޙާދު (އީޔޫ) އާއި އެނޫންވެސް ހުޅަނގާއި އަވަށްޓެރި ޤައުމުތަކުންވެސް ދަނީ ފާޅުގައި ބެހި، ފާޑު ކިޔަމުންނެވެ.

މިކަމާ ގުޅިގެން ރައީސް އިތުރަށް ވިދާޅުވެފައިވަނީ، 21 ވަނަ ގަރުނުގައި ދަރިންނަށް ކިޔަވައިދީގެން، އެތައް ބަޔަކު ޕީއެޗްޑީ ހާސިލުކޮށް، އަދި ދިވެހި އެތައް ރައްޔިތުންތަކެއް ޢިލްމީ އަދި އެނޫންވެސް ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވުމަކީ، ދިވެހިން، ދިވެހިންގެ އަމިއްލަ ގޮތް ނިންމުންކަމަށެވެ. ހަމައެހެންމެ، ރާއްޖޭގައި ފަތުވާ ދެވޭ ފެންވަރުގެ އެތައް ޢިލްމުވެރިންނެއްވެސް ތިބިއިރު، ރާއްޖޭގެ ކަންކަމާ ބެހެން، ބޭރުގެ ފަރާތްތައް ގެންނަން ނުޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކީއްކުރަންތޯ އެކާވީސްވަނަ ގަރުނުގައި ހުރިހާ ދަރިންނަށް ތައުލީމު ދީގެން، އަދި އަޅުގަނޑުމެން ތެރޭގައި ނުކުންނަ މީހުންނަކީ ޕީއެޗްޑީ ހަދައިގެން ނުކުންނަ މީހުން އަދި އަޅުގަނޑުމެންގެ ތެރޭގައި ރިސާޗް ކުރާ މީހުން އެބަ ތިބި، ޢިލްމުވެރިން އެބަ ތިބި. ކަންކަމަށް ފަތުވާ ދެއްވާ ބޭފުޅުން އެބަ ތިބި. މިހުރިހާ ވަރެއް ކޮށްފައި ދެން އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމު ހިންގާނެ ގޮތް ބޭރުގެ މީހުން ލަފަޔާއި މަދަދަށްތޯ އެދެނީ. އެއީތޯ އަޅުގަނޑުމެން ކުރަންވީ ކަމަކީ." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސްވަނީ އެއްވަނަ ދުނިޔޭގައި ހިމެނޭ ޤައުމުތައް އަދި ވަކިން ޚާއްޞަކޮށް ޔޫރަޕުގެ ބައެއް ޤައުމުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން، އެޤައުމުތަކުގެ ގިނަ ރައްޔިތުންނަކީ އަދި އެޤައުމުތަކުގެ ސިޔާސަތުތައް ކަނޑައަޅާއިރު، އެއީ އެއްގޮތަކަށްވެސް އެމީހުންގެ ދީނަށް ބަލާ ބައެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ، އެމީހުންނަކީ ދުނިޔަވީ ކަންކަމަށް ގެއްލިފައިވާ ބައެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ހަމައެހެންމެ، ތަހުޒީބު ވެފައިވާ ޤައުމުތައްކަމަށް ބުނާ ޤައުމުތަކުގައި، ތަހުޒީބު ވެގެން ކުރާ ބައެއް ކަންކަމަކީވެސް، އެމީހުން ޤަބޫލު ކުރާ ދީންތަކުންވެސް، ހުއްދަ ކަންތައްތައް ނޫންކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، އެއް ޖިންސުން ގުޅުން ހިންގުމާއި އެއް ޖިންސުން ކައިވެނި ކުރުމަކީ ހުރިހާ ދީނެއްގައިވެސް މަނާކޮށްފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ދީންތަކަށް، މިހާރު މި އޮތް ތަހުޒީބުގައި، އެމީހުންގެ ފިކުރަށް އަންނަ ބަދަލާއި ދުނިޔޭގެ ދަޅައަށް ހެއްލިގެންދާ ވަރުން، އެމީހުންގެ ދީނުގައި ހުންނަ އެކަހަލަ ބޮޑެތި އަސާސީ މައްސަލަތައް އެއްކިބާކޮށް ހަވާސާކޮށްލާފައި އޮތް ބައެއް. އެހެންވީމާ އެމީހުން އުޅޭގޮތަށް އަޅުގަނޑުމެން ރާއްޖޭގައި ކިހިނެއްތޯ އެކަން ކުރާނީ." ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، އެފަރާތްތަކުން ބޭނުންވަނީ ރާއްޖެވެސް އެމަގުން ހިނގުމަށްކަމަށާއި އެހެންނަމަވެސް، އެ ފުކުރަށް ދަންޏާ ފަނާވެގެންދާނެކަމަށާއި އަދި ބަދަހިކަންވެސް ނެތިދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެއީ ހަލާކުގެ މަގުކަންވެސް ރައީސް ފާހަގަކޮށްފައިވެއެވެ.

"އަޅުގަނޑުމެންނަށް އެކަންޏެއް ނޫން އެއްޖިންސުން ގުޅުން ހިންގުމާ، އަޅުގަނޑުމެންނަށް އެކަންޏެއް ނޫން އެއް ޖިންސުގެ ކައިވެނި ހަރާމްވެފައި މިއޮތީކީ. ހުރިހާ ދީންތަކެއްގައި އޮންނަ ކަމެއް އެއީ. ކީއްވެތޯ ބައެއް ދައުލަތުން އެކަންކަން ހުއްދަ ކޮށްފަ އެއޮތީ. އެއީ އެމީހުންގެ ދީން ހުއްދަ ކުރާތީކީ ނޫނޭ. އެމީހުން އެ ހުއްދަ ކުރާ ދީނެއް އަޅުގަނޑަށް ވިދާޅުވެ ދެއްވާ. އެ ހުއްދަ ކުރާ ދީނެއް ނޯންނާނެ. އެހެންވުމުން، މި ފިކުރަށް އަޅުގަނޑުމެން ދަންޏާ ފަނާވާން މި ދަނީ. އަޅުގަނޑުމެން މި ދަނީ ފަނާވާން އަޅުގަނޑުމެންގެ ބަދަހިކަން ނެތިދާން މި ދަނީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގިވްއިން

    އީޔޫ އިން އަދި ގަރާރެއް ފާސް ކުރި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ އީޔޫގެ މެމްބަރު ގައުމު ތަކުން އެއަށް ތަބާ ނުވާނެއޭ ދެން އެ ގަރާރު ދާން ޖެހޭނީ އެ ގައުމު ތަކުގެ ޕާރލަމެންޓް އަށޭ އެއްވެސް ގައުމެއްގެ ޕާރލަމެންޓް އިން ރާއްޖޭގައި ޑިމޮކްރަސީ ނެތޭ ކިޔާ އެގައުމު ތަކާއި ރާއްޖޭގެ ވިޔަފާރި ވެރިންނާއި ގުޅިގެން ހިންގާ ވިޔަފާރި ތަކަށް ދަތި ކުރުމުގެ ފިޔަވަޅު ނާޅާނެއޭ ބިކޮޒް އެއީ ހައިޓެކްސް ޕޭޔަރ އިން ކަމަށްވާތީއޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

  2. އަހުމަދް

    އީޔޫގެ އަޅުވެތިކަމުގެ ދަށުގަ އޮތްތަނެއްތަ މީ އެމީހުން މިތާ އަމުރު ހިންގަން؟

  3. މަހަށްދޭބަލަ

    ފިޔަވަޅު އެޅިޔަސް އަޅުގަނޑަކަށް ގެއްލުމެއް ނުލިބޭނެ ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ދެން ހުންނާނެ މިހާރު ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ ދެން ތަމެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

  4. އަލީ

    ސާބަހޭ ރައީސް. ދެންވެސް ރައީސް ޔާމީން. އިންޝާﷲ

  5. އަފޫ

    އީޔޫ އަކީ އަބަދުވެސް މަގްސަދަކަށްވަނީ އިސްލާމީ ގައުމުތައް ފުނޑާލުމަށް. އެންމެ ދެރަވަނީ ދިވެހި ދަރީން އީޔޫ އާއި އެއްކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެއްބާރުލުން ދޭތީ.

  6. މަމީ

    މިގައުމުގައި ކުރަންވީ ކަންތައްތައް އީޔޫ ނިންމާ ކަމުގައިވާނަމަ މިއީ އަޅުވެތިގައުމެއް

  7. ޙާލުގެ ދުލުން

    ސާބަހޭ!!!!!ރައީސް ޔާމީން އެންމެ ތަންފުކެއްވެސް ދޫނުދެއްވާތި.ރީނދޫ ބައިގަނޑު ދެންދުއްވައި ގަންނާނީ އެހެން ދިމާލަކުން ކުޅިކުޅެން. އެބައިގަނޑު އެއްކުޅި ކުޅުނިއްޔާ މަނިކުފާނު ހާސްކުޅި ކުޅުއްވާތި މަނިކުފާނުގެ ސިކުނޑީގައި އެވަރުގެ ހަކަތަ ހުންނާނެ.އިންޝާﷲ

  8. މޮޔަސޮރު

    ކުރިއަކުން ގަޓުވާކަށް ނޭގޭ ދޯ. ވެރިކަން ލިބުނީމާ ކޮންމެ މީހަކަށްވެސް ވާގޮތް ދޯ. އަންނިއަށްވެސް ވީ ތިވަރު. ވެލާނާ ތަކުރު ބުނީ ހަމަތެދެއް. ގޮނޑީގައި އިށީނީމާ ވެރިކަމުގެ ފޮނިކަން ފެންނާނީ. ގަދަބަސް ނުބުނޭ. ތިމާމެންގެ ޙާލަތަށްވެސްނާ.