އެމްޑީޕީ ވެރިކަމެއްގެ ތެރޭގައި މަހާޖައްރާފުން ދާނީ ހުއިފިލަނޑާ ނަގަން ކަމަށާއި، މި ރާއްޖޭގައި ބިން ހިއްކާ މަންޒަރެއް އެމްޑީޕީ ވެރިކަމުގެ ތެރޭގައި ނުފެންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

މާލޭގައި ދިރިއުޅޭ ހުވަދު އަތޮޅުގެ ރައްޔިތުންނާ ޑރ.ޝަހީމު ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޖަމީލް އުސްމާން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ މި ފަސް އަހަރުގެ ސިޔާދަތު ނިމިގެން އަންނައިރު އެމްޑީޕީގެ މެސިފެސްޓޯއަށް އެ މީހުންނަށް އުނދަގޫވި އެއްކަމަކީ އަދި އެމްޑީޕީގެ ތެރޭގައި ބައިބައިވެގެން އުފެދިގެން ދިޔައީ ސަބަބުތަކެއް ނެތި ނޫން ކަމަށެވެ.

"މެނިފެސްޓޯގައި މަޝްވަރާ ކުރަމުންދިޔައިރު އެ މީހުން ވާހަކަދެއްކީ އެ މީހުންގެ ވެރިކަމެއްގައި ބްރިޖެއް ހަދާނީ ކިހިނެއްހެއްޔޭ؟ 25 ބުރީގެ އިމާރާތެއް ހަދާނީ ކިހިނެއް ހެއްޔޭ؟ މި ހަދަމުން އަންނަ އެއާޕޯޓަށް ހަދާނީ ކިހިނެއްހެއްޔޭ؟ ނޫނީ ރައީސް ފައްޓަވާފައި ހުރި ތަރައްގީގެ މަޝްރޫއުތަކަށް ހަދާނީ ކިހިނެއްހެއްޔޭ. މި މައްސަލަ އުފެދިގެން ގޮސް މިއަދު އެމްޑީޕީ ބައިބައިވީ". ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޖަމީލް އުސްމާން ވިދާޅުވީ، އެމްޑީޕީ ތެރޭގައި އެކިއެކި މައްސަލަތައް އުފެދި އެ ޕާޓީ ބައިބައިވެ އެ ޕާޓީ ތެރެއިން އިތުރު ޕާޓީއެއް ވުޖޫދަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ އެމްޑީޕީ ވެރިކަމެއްގެ ތެރޭގައި މަހާޖައްރާފުން ދާނީ ހުއިފިލަނޑާ ނަގާށޭ. މި ރާއްޖޭގައި ބިން ހިއްކާ މަންޒަރެއް އެމްޑީޕީ ވެރިކަމުގެ ތެރޭގައި ނުފެންނާނެ. އެސްޓީއޯ އިން އެ ގެންނަ ތެޔޮ ބޯޓު އެޅިގަލަށޭ ދާނީ. ފަރުމަހަށޭ ދާނީ. އިތުރުކަމެއް ތަރައްގީއަކަށް ނުކުރެވޭނެއޭ. 25 ބުރީގެ އިމާރާތުގެ އެންމެ ކުޑަމިނުން އެތަނުގެ ހިރަފުސްފޮޅާ ސާފްކުރަންވެސް އެމްޑީޕީ ވެރިކަމެއްގެ ތެރޭގައި ނޭގޭނެ". ޖަމީލް އުސްމާން ވިދާޅުވިއެވެ.

މީގެ އިތުރުން ބްރިޖް ބަލަހައްޓާ މެއިންޓެއިން ކުރާނެ ގޮތްވެސް އެމްޑީޕީއަށް ނޭނގޭނެ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޖަމީލްގެ ވާހަކަފުޅުގައި އޭނާ ވަނީ، އިންތިހާބު ކައިރިވަމުން އަންނައިރު، ރައީސް ޔާމީންގެ ތަރައްގީގެ ކަންކަން އޮޅުވާނުލުމަށް ޓީވީތަކަށް ގޮވާލާފައެވެ. ރާއްޖޭގެ ރަށްތަކަށް ރައީސް ކުރަމުންދާ ދަތުރުތަކުންވެސް އެނގޭގޮތުގައި، އިތުރު ވެރިކަމެއް އެމަނިކުފާނަށް ދޭން ރައްޔިތުން ބޭނުންވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖަމީލް އުސްމާންގެ ވާހަކަފުޅުގައި މާވަރުލު އެއާޕޯޓްގެ މަސައްކަތް 24 ގަޑިއިރު ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އަދި އެ ހިސާބުގަނޑުގެ ރައްޔިތުން އެ އެއާޕޯޓް ހަދާ ރަށަށް ކުރި ޒިޔާރަަތުގެ މައުލޫމާތު އޭނާ މިރޭ ދެއްވެވިއެވެ. މިއަދު ފަރެސްމާތޮޑާގައި އެއާޕޯޓް އެޅުމަށްޓަކައި މަސައްކަތް ކުރެވެމުން އަންނައިރު، އެކަމުންވެސް އެނގެނީ ރައީސް ޔާމީން ހުވަދުއަތޮޅުގެ ރައްޔިތުންނާއި ދޭތެރޭގައި ރައީސްގެ ތަސައްވަރު އޮތް ގޮތް ކަމަށްވެސް ޖަމީލް އުސްމާން ވިދާޅުވިއެވެ.

"އެމަނިކުފާނުގެ ތަސައްވަރަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާއިރު، ސީދާ ހުވަދުއަތޮޅުން، ސީދާ އައްޑޫ އަތޮޅުން ޔޫރަޕަށް ދެވެންޖެހޭނެއޭ. ސީދާ އައްޑޫ އަތޮޅުން ޔޫރަޕަށް ދެވެން ޖެހޭނެއޭ. އެހެންވީމަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ގާއިމްކޮށްފައި އެ އޮތީ". ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޑރ ޝަހީމަށް ތައުރީފް ކުރައްވަމުން ޖަމީލް އުސްމާން ވިދާޅުވީ، އެމަނިކުފާނަށް ތާއިދު ކުރައްވަނީ އެއީ ހުވަދު އަތޮޅުގެ ރައްޔިތަކަށްވާތީ ނޫން ކަމަށެވެ. ޝަހީމަށް ތާއިދު ކުރައްވަނީ އެމަނިކުފާނަކީ ގާބިލް، އަހުލާގް ރަނގަޅު އަދި ރަައީސް ޔާމީންގެ ވެރިކަން ދިފާއު ކުރުމަށްޓަކައި، ރައްޔިތުންނާއި، އިސްލާމް ދީން ދިފާއު ކުރުމަށްޓަކައި ސާބިތުވެ ހުންނާނެ ބޭފުޅަކަށް ވާތީ ކަމަށް ވިދާޅުވިއެވެ. އަދި އެއީ ޝަހީމްއާ އެހެން ބޭފުޅުންނާއި ހުރި ތަފާތުކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޙނ

    ކީއްކުރަންތޯ ޔޫރަޕަށް ދަނީ؟؟؟ އީޔޫ އާ އެހާ ދެކޮޅު ބަޔަކު؟؟

    • ނުރަބޯ

      އީޔޫ އާއި ދެކޮޅެއް ނަހަދާ ސަރުކާރަކުން. އެކަމަކު ކަލޭމެން ރީނދޫބައިގަނޑު އީޔޫލައްވާ ތިޔަ ކުރިމަތިކުރާ ނުފޫޒުތަކާ ދެކޮޅު ހަދަނީ އެކަންކަމަކީ މިނިވަން މުސްތަގިއްލު އިސްލާމީ ދައުލަތަކުން ކުރަންޖެހޭނެ ކަންކަމެއްނޫން.

  2. ޒީނާ

    ޖަމީލް އުސްމާނު ތޯ ހުއިފި ލަޑާ ނަގަން ދުރުވާނި،

  3. އަބްދުއްލާ

    2008 ގަ ވެރިކަމަށް އައިސް ގައުމަށް ދިންގެއްލުމަށް ބަލާއިރު އެމްޑީޕީ ގައުމުގެ ވެރިކަމަށް ގެނައުމަކީ ގައުމު ބަނޑަށް ޖެއްސުން.

    • ޠަމިން

      ޢަބދުލޯ ކަލޭ ލޯކަނީތަ

  4. ނުރަބޯ

    ހުއިފިލަނޑާ ނަގަން ދެވޭނީ. އޭތި އިންޑިއާ އަށް ކުޑައަގަކަށް ނުދީ އޮތިއްޔާނޫންތޯ....؟؟؟

  5. ރަނާ

    މަހާޖައްރާފް ހުއިފިލަނޑާނަގަން ، އެސްޓީއޯ ތެޔޮބޯޓް މަހަށް ، ކުނިއުފުލާ ކޮޅުވެއްޓތައް މުށިމަހަށް ! ހަމަ ޔަޤީން

  6. Anonymous

    ކަލެއަށް ތިތަން ފެންނާނެ.

    • ރަބޯ

      އެސްޓީއޯ ތެޔޮބޯޓް މަހަށް

  7. ކުއްޓި ސަމީރު

    ހުއިފި ލަނޑާ ނަގަން ދިޔުމަކީ ދެރަކަމެއް ނޫން.. ވަރަށް ލާރި ލިބޭ އަގުހުރި މަސައްކަތެއް އެއީ..

  8. ޑިމޮކްރަޓިސްޓް

    އެބުނާހެން! ކޮންކްރީޓް މަސައްކަތާގުޅޭ އުޅަނދެއްދޯ! އާ ތިދާންޖެހޭނީ ހަމަ ތިކަމަށް!

  9. ސެން

    ރާއްޖޭގެ ރައްޔިތުން އާންމުދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ކަމަށްވާ ، މަސްވެރިކަމުގެ އެކި އެކި މަސައްކަތް ތަކަކީ ދަށުދަރަޖައިގެ މަސައްކަތް ކަަމުގައި ލޭބަލް ކުރައްވަން ފެއްޓޭވީތޯ

    • ޑިމޮކްރަޓިސްޓް

      ހޭބަލި ނުވެބަލަ! ކާކުތަބުނީ ދަށުދަރަޖައޭ؟ މިދައްކަނީ އެމްޑީޕީ ސަރުކާރެއްގަ އެކަމެއްގެ ހާއްސަ ކޮންމެ ކަމެއް އަނެއްކޮޅަށް އަނބުރާލާ! މަސައްކަތުގެ ފަންނީމީހުނާ އާލާތްތައްބޭކާރުވެ އޭގަ އެހެން މަސައްކަތްތަކެއް ކުރަންޖެހޭނެ ވާހަކަ! އެވާހަކަ ބުނެފަ އެއޮތީ މަޖާޒީގޮތުން! އެއްޗެކޭބުނާއިރަށް ތި ފިތުނަ ރޯކުރެވޭތޯބަލަނީ! ތިނޫންކަމެއް ކަލޭމެންގެ ނެތީތައަޅެ؟

  10. ގަމާރުމޯލްޑިވިއަން

    މިކަހަލަ ވެރިންގައުމުތަކށް ހޮވާ މީހުން ގެ ނިކަމެތި ކަމާ

  11. ހައްޤުބަސް

    ބުރޯ އެމްޑީޕީގެ ކުރު 3 އަހަރު ހިއްކިވަރަށް އަދިވެސް ބިން ނުހިއްކޭ ބުރޯމެންނަށް.. އެ ވެރިކަމުގަ 5 އެއަރޕޯޓުގެ މަސައްކަތްފަށާފަ 3 ތަން ނިންމި.. އެތަށް ފުލެޓެއް އެޅި މިއަދު ރިބަން ތިކަނޑަނީ އެވެރިކަމުގެ ފުލެޓުތަކުގަ..ތިވެރިން މަސައްކަތްފަށާ ނިންމި އެންމެ އެއަރޕޯޓެއް ދައްކަބަލަ ބިންގާ އަޅާ ނިންމި އެންމެ ފުލެޓެއް ދައްކަބަލަ.. އަނގަ އޮތީމަ ބޭކާރު ވާހަކަ ދައްކާތި

    • ޑިމޮކްރަޓިސްޓް

      ކަލޯ މިދިވެހިރާއްޖޭގަ ހިނގާ ކަންކަންރަނގަޅަށް ދިރާސާކޮށް ކޮމެންޓްކޮށްބަލަ! ރީންދޫ އާލާތުންގެ ދޮގު ހަބަރުތައްބަލައިގެން ކަލޭގެ ދެލޮލާ ކަންފަތް ބީރުމީހަކަށް ވެގެން އަތްފައިބަނދެވިގެން ތިހުންނަނީ! ތިކަހަކަ މީހަކަށް ދުވަހަކުވެސް ނުރުހޭ މީހަކުކުރާއެއްވެސް ކަމެއްނުފެންނާނެ! މީ ހަގީގަތް!

    • ޖުހާ

      ބިންގާ އެޅީމާ އެނިމުނީތާ؟ ބަލަސޮހަލާ. ތިކަހަލަކިތަންމެ ބިންގަލެއް އެޅިއަސް އެއަމިއްލައަށް ނައްޗަކަށްނާރާނެ. މީހުންނަށްދައްކަން ބިންގާއެޅީ. އެޅިބިންގާތަކަށް ތިބުނާ އަންނި އިރުގާ ފަސްއެޅި ފޮރުވުނީ. ހަދާނެގޮތެއްވެސް ނޭގުނީ. މިސަރުކާރުން ތިޔަހުރިހާތަނެއްހަަދަމުން އިތުރު ތަންތަންވެސް ހަދަމުން އެދަނީ.

    • އަސްލުހާލަތު

      ކަލޯ ދިރާސާ ކޮށްފަ މިބުނަނީ.. ކަލޯ ނިކަން ދިރާސާކިށްބަލަ، ކުރިޔަސް ކަނު މީހުންނަކަށް ނުފެންނާނެ.. ބިންގާއެޅީއެއް ނޫން ހަމަ އެކަނީ މަސައްކަތްވެސް ފަށާ ނިންމި ބޮޑުބައެއްގެ ހިފި ނުތިބެވިގެން ފުލުހުންނެރެ. ވެރިކަން ވެއްޓީމަ ނުނިންމުނީ ގިނަ ތަންތަން.. ހަޖަމެއް ނުވާނެ ނުވާނެ ދަންނަވައްތަރެއް

  12. ވިއްކާ

    ހުއިފިލަނޑާ ނަގަންވެސް ތީތި ނޯންނާނެ. ފުރަތަމަ ވިއްކާލާނީ ތި.

    • Anonymous

      އެނގެއެންނު ގަންޖާބެގެ ދައުރުގައި ކުނިއުކަން ގެންގުޅުނު ކޮޅުވެއްޓިތަކާ ގެންގުޅުނު ލޮރީތަކަށް ވީގޮތް!! ހުރިހާ އެއްޗެއް ގްރައުންޑްކޮއްފަ އެލުއްޗާގެ އައުވާނުންގެ ވެހިކަލް ތަކާއި ކޮޅުވެއްޓިތަކާ ދޯނިފަހަރު ދުވާލްކަށް ލައްކަ އަކަށް ކުއްޔަށް ނަގައިގެން ކުނިއުކީ!!! އެކަމަކު އެކަން ވެސް ނުވެ މުޅި މާލެ ކުނިކޮށްލީ!!

  13. ހާލު

    ވައްކަން ކުރުމަށް ވުރެ ހުއިފިލަނޑާ ނެގުން ވެސް އަޅުގަނޑަށް މާ ރަނގަޅު. އެއީކީ ފާފަ ވެރި ވާނޭ ކަމެއް ނޫން. ހުއި ފިލަނޑާ ނަގާ މީހުންގެ އަތް ކަނޑާކަށް އިސްލާމް ދީނަކު ނޯވޭ.

  14. ށެންޓޭ ހިތަދޫ

    އެވަރައް ބިން އަންނި ދައުރުގަ ހިއްކީމަ ދޯ ވަހީދު ސަރުކާރުގަ ބޯނުހިކުނީ ހުސްދަރަނި އޮތީ ވަހީދު ފަކީރު ޖިރިޔާނު މޮޔަނުވީ ޖިހާދު ކަހަލަ ވަރުގަދަ މީހަކު ހުރުމުން ސަލާމަތްވީ. ޢަނެއްކާ އޭގެ ފަހުން ހުންގާނުގާ ހިފީ އިކޮނަމިސްޓެއް. ނޫންނަމަ ހެޔޮކޮއް ބަނޑައަ ޖެހުނީސް