ރައީސް ޔާމީން އިންތިޚާބު ކުރަންވީ ހަމައެކަނި އަންނަ ދައުރަށް ނޫންކަމަށާއި 30 އަހަރު ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަން ޖެހޭ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރައްވާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ ހުވަދު އަތޮޅު ރައްޔިތުންނާއި ބައްދަލު ކުރުމަށް މިރޭ ޕީޕީއެމްގެ "ރުމާލު-2" ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު ދުނިޔޭގައި ހުރިއްޔާ (ރައީސް ޔާމިން 30 އަހަރު ވެރިކަމުގައި ބެހެއްޓުމުގެ މަސައްކަތް) ކުރާނަން. ރައީސް ޔާމީން އިސްލާމް ދީން ހިމާޔަތް ކުރާނަމަ އެމަނިކުފާނު އުމުރު ދުވަހު ވެރިކަމުގައި ބަހައްޓަން ޖެހޭ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އޭނާ އަކީ ވެރިކަމާއި ތޮޅޭނެ ބޭފުޅެއް ނޫންކަމަށެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ޝަހީމް އެއްލާލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ވެސް ޝަހީމް މިރޭ ވަނީ ރައްދު ދެއްވާފައެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީން އަކީ ވަފާތެރިންނަށް ވަފާތެރި ބޭފުޅެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރޭ ވެސް ދީނީ އިލްމުވެރިންނާއި ހަތީބުން ހިމެނޭ ގޮތައް 70 ވަރަކަށް ބޭފުޅުންނާއި އޭނާ ބައްދަލު ކުރެއްވި ކަމަށެވެ.

"އެބޭފުޅުން ވިދާޅުވީ ހިތުގެ އަޑިން މިތިބީ ރައީސް ޔާމިން އާއި ޝަހީމް އާއި އެކު ކަމަށް. އެއްބޭފުޅަކު ވިދާޅުވި އޭނާ 2000 ވޯޓް ހޯދާ ދޭނަމޭ. އެއީ އަޒީބެ. އެންމެނަށް ވެސް އެނގޭނެ އަޒީބެ." ޝަހީމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ޖަލު ބަންދެއްގައި ހުންނަވަނިކޮށް ޝަހީމް ރައީސް ޔާމީން އާއި ގުޅިވަޑައިގަތުމުން ކުރިމަތިވާ ފާޑުކިޔުންތަކަށް ވެސް ޝަހީމް މިރޭ ޖަވާބު ދެއްވިއެވެ. އޭނާ ވިދާޅުވީ މިއީ ޖަލުގައި ތިބި މީހުންގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން ކަމަށާއި ޖަލުގައި ތިބި މީހުންގެ ވާހަކަ ދައްކާނީ އިންތިޚާބަށް ފަހު ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ ބާރުއެޅުންތަކުގެ ސަބަބުން އީޔޫ އިން ރާއްޖެ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އުޅޭތީ އެކަމަށް އިޝާރާތްކޮށް ޝަހީމް މިރޭ ވިދާޅުވީ ރިޔާސީ އިންތިޚާބު އަންނައިރު އެއް ފަރާތުގައި އޮތީ ޔޫރަޕް ކަމަށާއި އަނެއް ފަރާތުގައި ހުންނެވީ ރައީސް ޔާމީން ކަމަށެވެ.

"ރައީސް ޔާމީން އާއި ގާތް ވެސް ނުވެވޭނެ. ރައީސް އާއި ކައިރިވެވޭނީ އަޅުގަނޑުމެން ދުއްވާލާފައި." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް އެއްޗެހި ކިޔާނެ ކަމެއް ނެތް ކަމަށާއި އިދިކޮޅު ފަރާތްތައް ގެނެސްގެން މިއިންތިޚާބު ރައީސް ޔާމީން އަށް ކާމިޔާބު ކުރުމަށް ހުރިހާ އެންމެން މަސައްކަތް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ސަަާބަހޭެ

  2. ފިލްވް

    އެންމެ ފަހުން 500 އަހަރު އެމްޑީޕީ ވެރިކަމުގައި އޮންނާނެއޭ ބުނި އަލްހާންއާއި 3 ވަނަ ދައުރެއް ރައީސް ނަޝީދަށް ދޭން ޖެހެއޭ ބުނި ކާނަލް ނަޝީދު ފަހުން ވަނީ އެމްޑީޕީއާ ދެކޮޅުވެ ޕީޕީއެމްގެ އޮޑި އޮތް ކޮޅަށް އަރާފައި. ވީމާ ތިފަދަ ބަސްތަކުން ހާމަކޮށްދެނީ ޝަހީމް ރައީސް ޔާމީނަށް އިހްލާސްތެރި ނޫން ކަން. ފުރިހަމަ ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ. ޝަހީމް ތިޔަ އުޅެނީ ވެރިކަމުގެ ބޭނުމުގައި. އެކަމަކު ނުބަޔަކާއި ގުޅިގެން ރަނގަޅެއް ނާންނާނެ. ޝަހީމް ހުންނަންވީ މިނިވަންކޮށް ނުވަތަ އިދިކޮޅު ފަރާތްތަކާއެކު މިވަގުތު.

  3. މިސްރު

    ޝަހީމު މިރާރު ބުއްދި ހަމަތަ ލާހިކެއް ނޫންތިޔަކަންތަށް ވާކަށް އަޅުގަނޑު މެންނަކީވެސް ހުވަދު އަތޮޅު މީހުން

    • އެންމެ ހެޔޮވަރު ޙަފްޞާ

      ބުއްދި ހަމަ ވީމަ އެތާގަ ހުންނާނީ.. އެހެން ނޫންނަމަ ހުންނާނީ ކަލޯ އެއްނު..

  4. ނުރަބޯ

    ޝަހީމް އެވިދާޅުވީ ތެދެއް. އިޚްލާޞް ތެރިކަމާއެކު ކަންކަން ކޮށްދޭ ވެރިއަކަށް ފުރުޞަތުދޭންޖެހޭނެ. އެކަމާ ޖެހިލުންވާނެކަމެއްނެތް.

  5. ބޮން ބިން އަކުއާ

    ކަލޭ ހުވަފެނުންވެސް ތިކަމެއް ނުވާނެ

  6. މާރިޔާ

    ސާބަހޭ ސާބަހޭ

  7. ޔާމިން

    ވަރައްއުފާވެއްޖެ

  8. ލައިލާ

    އިރާދަކުރެއްވިއްޔާ އެއްލަކިން މިކަންނިމޭނެ2018ރައީސްޔަމިންއިންޝާﷲ

  9. އިބިރިހިމާ ބެއްޔާ

    އޯއި ޝަހީމޫ ތިޔާ އުޅެގަތީ ހައުދަހާ ވިޔާނުދާ ފާޑަކަށޭ ތިޔާ ޔާމީނަކަށް ނެތޭ މިޤައުމުގަ ދެން އިތުރު ފުރުސަތެއް

  10. ރައްޔިތުން

    30 އަހަރު ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަން ޖެހޭ ނަމަ ކީއްކުރަން ބާއްވާ އިންތިޚާބެއް މިހާރު ކޮށާ މަށާފައި އޮތް މަޖިލީހުން ހަދާލަންވީ ނޫން މި އަދުން ފެށިގެން ވެރިކަމުގެ ދައުރަކީ 100 އަހަރު ކަމާއި މި ދައުރު ކަނޑައަޅާ ހިނދު ހުންނަ ވެރިމީހާއަކީ މި ގާނޫނުގެ ދަށުން މިގޮތަށް ދައުރު ފެށޭ ފުރަތަމަ ވެރިމީހާ ކަމަށް ކަނޑައަޅައި މިގޮތަށް ގާނޫނެއް

    • ނަޖުވާ

      އަހަރެމެން ވެރިކަމަށް އަންނާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ރައްޔިތުންގެ ރުހުމާއި ލޯތްބާއިއެކު...އެއްގޮތަކަށްވެސް ޔަހޫދީންނާއި ނަޞާރާއިންގެ މަދަދުވެރިކަމެއް މިރާއްޖޭގައި ވެރިކަމެއް ކުރާކަށް ބޭނުމެއްނޫން..އިންޝާﷲ ރައީސް ޔާމީނު 2018 އިންތިޚާބު ކާމިޔާބު ކުރައްވާނެ..އެއީ ޙިލްމުވެރި ބޭފުޅެއް..ދޫފުޅު ފަސޭހަ ބޭފުޅެއް..އެމަނިކުފާނު ދެއްވާ ސްޕީޗްތަކުން ލޮލުން ކަރުނަ ހިތްލާލާ..ހިތަށް ތާޒާ ކަމާއި އުފާވެރިކަން ގެނެސްދޭ..ލަވް ޔޫ ސާރ ސޯ މަޗް.

  11. ޔާމިން

    އިބުލާ ފައިސަލާ ފެނޭތޭ

  12. ހައްވަ

    ދަކްތޫރު ތިޔަވަރު ތަންކޮޅެއް މަދޭ، 100 އަހަރަށް ހަދާލާ.

  13. ހިހޫ

    ވަރަށްބޮޑު ތެދެއް ތިޔަ ވިދާޅުވީ. 30 އަހަރުވެސް ރ ޔާމީނަށް ހައްގު.

  14. ރަށުމީހާ

    ޝާހީމަށް އޮތީ ކޮންފަދަ ހިތިކަމެއްކަމެއް އެގިލައްވާނީ ޝަހީމަށް ނޫނީ ﷲސުބުހާނަހޫ ވަތައާލާޔަށް.. ޔަގީނުންވެސް އެގޭކަމަކީ ގޮތެއް އޮތްނަމަ އެވަރަށް އިތުރުފުޅެއް ނަހައްދަވާނެ. އަމިއްލަފުޅަށް ކިޔޭނުކިޔޭ ހިސާބަށް ކަންކަން ގޮއްސި!!