ނައިބު ރައީސް ކަމުގެ މަގާމުގައި ހުރެ ރައީސުލްޖުމްހޫރިއްޔާ އަވަހާރަ ކޮށްލަން ހަމަލާ ދިނުމުގެ ތުހުމަތުގައި އަހްމަދު އަދީބު ހައްޔަރު ކުރިތާ މިއަދަށް 1000 ދުވަސް ވެއްޖެއެވެ.

ރައީސް ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ބައެއް ވަޒީރުން ދަތުރުކުރެއްވި ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބު ހައްޔަރު ކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހު އެވެ. އަދީބު ހައްޔަރު ކުރީ ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު ސިންގަޕޫރަށް ވެސް ވަޑައިގެން އެގައުމުގައި މަޑުކުރައްވާ، އެނބުރި ރާއްޖެ ވަޑައިގެންނެވި ތަނުންނެވެ.

އަދީބު ހައްޔަރު ކުރެވުނީ ރައީސް ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްގައި ދިން ހަމަލާ އާއި ގުޅިގެން ކަމަށް ވީނަމަވެސް އޭނާގެ މައްޗަށް އޭރުވެސް ތުހުމަތު ކުރެވެމުން ދިޔަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުއްޓެވެ. އަދީބު ހައްޔަރުކޮށް ތަޙްޤީޤު ކުރުމުން އެނގިފައިވާ ގޮތުގައި އަދީބު އިސްވެހުރެ އެމްއެމްޕީއާރްސީ އިން ވަނީ ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަަގަށް ނަގާފައެވެ.

އޭގެތެރެއިން ބައެއް މައްސަލަތަކުގައި އަދީބުގެ މައްޗަށް މިހާރު ޙުކުމް އިއްވާފައިވާއިރު އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ތިރީހަކަށް މައްސަލައިގެ ޝަރީޢަތް އަދިވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.

އޭގެތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން ސްނައިޕަރަކު ގެނެސްގެން ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމާއި ސިފައިން ގެއިން ހަތިޔާރު ވަގަށްނެގި މައްސަލައެއް ވެސް ހިމެނެއެވެ.

އަދީބު ޖަލުގައި ހުންނަވާތާ 1000 ދުވަސް ވުމާއި ގުޅިގެން އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރި ޓްވީޓެއްގައި ބުނީ ޤާނޫނާއި ހިލާފަށް ހައްޔަރު ކޮށްފައިވާ ސިޔާސީ ކުށްވެރިންގެ ތެރެއިން ގޭބަންދުގެ ފުރުސަތެއް އަދި ގައުމުން ބޭރަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތެއް ވެސް ނުލިބި ޖަލުގައި 1000 ދުވަސް ފުރިހަމަ ކުރި ފުރަތަމަ ބޭފުޅަކީ އަދީބު ކަމަށެވެ.

"އަދީބަކީ އެއްވެސް މީހެއް ނޫން ކަމަށް ދެކިގެން އަދީބާއި މެދު ރައީސް ޔާމީން މިއަދު އަމަލު ކުރި ނަމަވެސް ޔާމީން ދެން ރާއްޖޭގެ ރައީސް ކަމަކަށް ނާންނާނެ." ނަޝްވާގެ ޓްވީޓްގައި ބުނެފައިވެއެވެ.

ވަރަށް ޒުވާން ދުވަސްވަރު ސިޔާސީ ދާއިރާގެ އެންމެ އުހަށް އަރައިވަޑައިގެން، ވަރަށް ބޮޑެތި ބާރުތައް ހޯއްދެވި އަދީބު ކުއްލިއަކަށް ހައްޔަރު ކުރެވި އޭނާގެ ސިޔާސީ ހަޔާތައް ނިމުން އައުމަކީ އިބުރަތުން ފުރިގެންވާ ހާދިސާއެއް ކަމަށް ވަރަށް ގިނަ ބަޔަކު ސިފަކުރެއެވެ.

އަދީބު ޖަލުގައި ހުންނަވާތާ މިހާރު 1000 ދުވަސް ވެފައި ވާއިރު އޭނާގެ މައްޗަށް މިހާރު ވެސް ތަފާތު އެކި މައްސަލަތަކުގައި ވަނީ 33 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އަދި މިހާރު ދައުވާ އުފުލިފައިވާ މައްސަލަތައް ސާބިތުވެއްޖެނަމަ އިތުރު 200 އަހަރުގެ ޖަލު ޙުކުމެއް ވެސް އަދީބުގެ މައްޗަށް އައުން އެކަށީގެންވެއެވެ. ބެލެވޭ ގޮތުގައި މިހާތަނަށް ރާއްޖޭގައި އެންމެ ދިގު ޖަލު ޙުކުމެއް އިއްވާ ބޭފުޅަކަށް އަދީބު ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ނަފީސާ

    ނަޝް އަކަށް ނޭނގޭތަ އަދީބު ކުރި ނުބައި ކަންތައްތައް؟ ބަޔަކު މަރަން އުޅުމާއި ޤައުމުގެ މާލިއްޔަތުން ބޮޑުވައްކަމެއް ކުރުމާއި ދެން މިހެންގޮސް ކިޔާނެ ކަމެއް ނެތް! އެކަމަކު ނަޝް އަށްވެސް ގޯސްވީ ޔާމީން ދޯ؟ ހޭއަރާބަލަ! ނިދީން ހޭލަބަލަ!

  2. ޙަފްޞާ / މާލެ

    ގަޑީއިރު ކިޔަފިއްޔާ ޢަދަދު ބޮޑުވާނެ! މިނިޓްކިޔާފިއްޔާ ޢަދަދު މާ ބޮޑުވާނެ! ސިކުންތުންކިޔާފިއްޔާ ޢަދަދު މާ ބޮޑުވަނެ!

  3. ހަންޕު

    އޭނާ ދޫކޮށްނުލާތި ދޫކޮށްލައިފިނަމަ އިސްލާމްދީނާ މިގައުމު ފުނޑުފުނޑުކޮށްލާނެ

  4. ޖަސްޓިސް

    ތީނަ 10000 އަހަރައް ގަލުގަ ހުރިޔަސް މަދުވާނެ

  5. ދިއްދޫ

    ކީއްތަވާނީ 100000 ލައްކަދުވަސްވިއްޔާ. މިކަހަލަ މީހުން ތިބޭ ދުވަސްގުނަން ތިބޭ ބައެއްތަ ނޫސްވެރިންނަކީ. ހާދަ ގޮތެއްނެތް ބަޔެކޭދޯ.

  6. ޢަހަންމާ

    ނަޝްވާ މޮޔަގޮވަނީތޯ. ޢަދީބަކީ ދުނިޔޭގަ ހުރިހާ ދުވަހަކު ޖަލުގައި ހިންނަންޖެހޭ މީހެއް. ކަލޭމެން ބަޔަތު ހިފައިގެން އުޅޭ ބައިގަނޑު އެމް.ޑީ.ޕީ އަށް ވާގިވެރިވާ ބަޔަކު ނޫންތަ އަދީބުގެ ވީޑިއޯ ރިޕޯޓެއްވެސް ހެދީ އޭނާޔަކީ ގޭންގެ މާސްޓަރ އެއްކަމަށް ބުނެ. މަނަމަ ތިހާ އަދީބުދެކެ ލޯބިވާނަމަ އެމް.ޑީ.ޕީ އާއި އެކު ބަޔަތު ނުހިފާނަން.

    ތިޔަށް ކިޔަނީ ގެރި ލޯބި.

  7. ބޭބެ

    ކަނބުލޯ ކީރިތި ޤުރުއާނުގެ އާލިޢިމްރާން ސޫރަތުގެ 26 ވަނަ އާޔަތުގެ ތަރުޖަމާ ކިޔާލާ އެއަށް ރަނގަޅަށް ވިސްނާލުމަށް ބޭބެ އެދެން.

  8. ޝައިތާން

    ބަލާބަލަ ސަޓާނިކް ސިމްބޮލްތައް ދައްކައިގެން އަތުން ކުރާ އިށާރާއްތަކަށް ނިކަން

  9. މޯޑިވިއަން

    މީނަގެ ކަންކަމާ ވަގުތުން އުޅުމަށްވުރެ ޤައުމަށް އެކިގޮތް ގޮތުން ރަނގަޅު ކަންކަން ކޮށްދީފައިވާ ފަރާތްތަކުގެ ދުވަސްތަކާއި އަހަރުތައް ގުނައިގެން ގެނެސްދިނުން އެދެން. މީ ދެންކާކު. ވީ ޑޯންޓް ކެއަރ ދީސް ޕީޕަލް. އިންކުލޫޑިން ކެނެރީގެ މޮޔަކުއްޖާ.

  10. ސިއްދީޤުލްއަމީން

    ސިޔާސީ މީހަކު ވިޔަސް، އިމާމަކު ވިޔަސް، އަމަޔަކު ވިޔަސް، ބަފަޔަކު ވިޔަސް، ދަރިޔަކު ވިޔަސް، އަދި އެނޫން މީހަކު ވިޔަސް ކުށެއް ކުރީމަ ދެންކިޔަން ޖެހޭނީ ކުއްވެރިޔެކޭ. މި ޤައުމުގެ އެއްވެސް ޤާނޫނެއްގައި ނޯންނާނެ ސިޔާސީވުން އެއީ ކުށެއްކަމަކަށް. ވީމަ ސިޔާސީ ކުށެއް ނޯންނާނެ. އަދި ސިޔާސީ ކުއްވެރިންނެއްވެސް ނޯންނާނެ. އެއީ ޔަހޫދީންގެ ހުސް ޕްރޮޕެގެންޑާ

  11. އާދަނު

    ކަނބުލޮ! އަދީބަކީ ކަނބުލޮއަށް މީހަކަށް ވިޔަސް އަހުރެމެންނަށް އެޢީ އެއްވެސް މީހެއްނޫން. ދުވަހަކުވެސް އޭނާ ޖަލުން ނެރޭނެ ކަމެއް ނެތް. އަނިޔާވެރި ނުލަފާ ކަމީނާ!

  12. ޢަންނި

    ނަސްވާ މަށާ އިންނަންވީނު

  13. އަހުމަދު

    އަދީބަކީ ރައްޔިތުންގެ ލާރި ކެއުމާ ރިލްވާން އަށް ވީގޮތް އެގޭނެ މީހެއް

  14. ޙހހ

    ޢިރާދަކުރެއްވިއްޔާ މަރުވާނީ ވެސް ތިކަލޭގެ ޖަލުގައި

  15. ޙައްޤު ބަސް

    ޢަދީބަކީ ނުބައި ނުލަފާ މުނާފިޤެއް، އޭނާ އަކީ މަރަން ޖެހޭ މީހެއް

  16. އާބިދާގޭ މޮހޮންމަދު

    الحمد لله... މަރުދުވަހަށް ހުރުން އޭނައަށް ހެޔޮމަމެއްކަމުގަ ވެސް ވެދާނެ

  17. ވިސްނާ

    ޢަދީބުކުރައްވާފައިވާ ކަންތަކަށްބަލާއިރު ވަރަށް ނުބައިކަންތައްކުރައްވާފައިވޭ ދައުލަތުގެ
    ބަޖެޓުން ވައްކަންކުރައްވާ ،ގައުމުގެރައީސްއާ، ގައުމުގެ އިސްބޭފުޅުންގެތެރެއިން އެތަށް
    ބޭފުޅުން އަވަހާރަކޮށްލުމަށް ލޯންޗްގައި ބާރުގަދަގޮވުމެއް ގޮއްވާލާފައިޥޭ ﷲގެ ރަހުމަތް
    ފުޅުން އަދީބު ރާވައިފާގޮތަށްކަންތައްނުވީ އެކަމަކުކަމުގެބާވަތުންމިއީވަރަށްނުރައްކާތެރި، ނުބައި އަމަލުތަކެއް ނަޝްވާ އަދީބު ކުރައްވާފައިވާ މިޒާތުގެ ނުބައި ކަންތައް
    ރަގަޅުކަންތަށްކަމަށްދެކިލައްވަނީތޯ ދަރި،ފިރިމީހާ،މަންމަ،ބައްޕަކުރެއްވިއަސް ގޯސްކަމެއް
    ގޯސްކަމަށްވާނެކަމަށް ނަޝްވާއަށް ދަންނަވަން ވީމާ އަދީބު ކުރައްވާފައިވާކަންކަމަށް
    އަދީބަށް އައިސްފއިވާ ހުކުމަކީ ޝައްކެއްގެމަށްޗަށް ކުރައްވާފައިވާ ހުކުމެއްނޫން މިޢީ
    ވަރަށްގިނަމީހުންނަށް ޢެގޭގޮތަށް އަދީބު ހިންގާފައިވާ ޖަރީމާ ނުބައި ކަންތަކެއް ކަމުގެ
    ބާވަތަށްބަލާއިރު އަދީބުގެމަށްޗަށްއައިސްފައިވާ ހުކުމްކުޑަ އެއީ ރާއްޖޭގެ ރެކޯޑްނޫން
    ދުނިޔޭގެކަމުގައިވިޔަސް އަދީބްއަކީ ސިޔާސީކުށްވެރިއެއްނޫން އެއީ ވައްކަންކުރާ މީހުން
    މަރަންރާވާ ބޮޑު މުޖުރިމެއް ނަމަވެސް އަދީބަކީ އިންސާނަކު ކަމުގައިވާތީ އިންސާނީ
    ހައްޤްތަކުން އަދީބުމަހުރޫމްކުރުމަށްނޭދެން ނަޝްވާއަށް ހެޔޮއެދޭ މީހެއްގެހައިސިއްޔަތުން
    ބުނެލަން އަދީބުކުރެއްވިކުށްތައްސާބިތުވާހިދު އަދީބަށް އަދަބުދެއްވަނީ ބޭއިންސާފުން
    ކަމަށް ނިސްބަތްވާގޮތަށް ނަޝްޥާގެބަސްމަގު ހުންނަނަމަ އަދީބުކުރެއްވިކުއްތަކުގެ ބައި
    ވެރިއަކަށް ނަޝްވާހުންނެވިކަމަށް ޝަޢްކު އުފެދިދާނޭ އަދި ޢަހަރެން ނަޝްޥާއަށް
    ޙެޔޮޢެދޭމީހެއްގެ ޙަޢިސިޢްޔަތު ބަދަލުވެދާނެ ނަޝްވާ ޢެފަދަފަރާތަކަށްނުވުންއެދެން