އައްޑޫ ސިޓީ ހިތަދޫގައި "ދަންޖެހިފައި" ހުރި ޒުވާނަކު ފެނިއްޖެއެވެ.
އޭނާ ފެނުނީ ގޭގެ ދޮރުމަތީގައި އޮތް ރުއްގަނޑެއްގައި ހުރި ކުޑަ ރުކެއްގައި ވާގަނޑެއް އައްސައިގެން "ދަންޖެހިފައި" ހުއްޓައެވެ.
އޭނާ ފެނުނީ އޭނާގެ ބައްޕަ އަށެވެ. "ދަންޖެހުނު" މީހާ މިހާރު ވަނީ ނިޔާވެފައެވެ.
މަންޒަރުދުއް މީހުން ބުނާ ގޮތުގައި ވާގަނޑު އައްސާފައި ހުރި ހިސާބާއި ބިމާއި ދޭތެރޭ އޭނާގެ އިސްކޮޅުގެ ޖާގައެއް ނެތެވެ.
އޭނާ ދަންޖެހިފައި ވަނީ އަމިއްލައަށް ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.
ވާގަނޑު އައްސާފައި ހުންނަ ހިސާބާއި ބިމާއި ދޭތެރޭ އިސްކޮޅުގެ ޖާގަ ނެތް ނަމަވެސް އަމިއްލަ އަށް ދަންޖެހެވިދާނެ އެވެ. އެފަދަ ބައެއް ހާދިސާތައް މީގެ ކުރިން ވެސް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ.
ކަނދާ ހުރިތަނަށް ވައްޓން ޖެހޭނީ.އެއީ ދީނުގަ އޯތް ގޮތް
ލޮލް..
އެތީސްޓް؟ ހަހަ ލޮލް މަށަށް ވަނީ ކަންކަމާ ކުރިމަތި ލާން ނުކެރިގެން އަމިއްލަ ޔަށް މަރުވާ މިކަހަލަ ފިޑިންނާ އެއްކޮޅަށް ކަލޭމެން ކަހަލަ ތަންދޮރު ނުވިސްނޭ ވަނުވާ ނޭނގޭ މީހުން އަރާތީ. ދީނުން ބެލިޔަސް ލޮޖިކުން ވިސްނިޔަސް ސަޗް ޕީޕަލް އާ ނަތިންގް ބަޓް ކަވަރޑްސް.
ރަނގަޅަށް ފިލި ޖަހަން ނޭންގޭ އާލާތުންވެސް މޮޅުވެފައި ކޮމެންޓް ގަޅަނީ.
ގަމާރޭ ދަލީލެއް ދީބަލަ
ލޮލް
އެހެންވީމަ 10ވަނަ ފްލޯގަ ދަންޖެހިފަހުންނަމީހާ ޖެހޭނީ ފްލޯގެ ސީޓް ކަނޑާފަ 9 އަކަށް ވަށްޓަން....ފަހަރަކު ސީޓެއް ކަންޑަމުން ގޮސް ގްރައުންޑަށް.......ދެން ފައުންޑޭސަން ކަނޑާލާފަ ވަޅުލާނީ.......ސިންޕަލް...........
އެ ބުނާ ބަހުގެ މުރާދަކީ އަމިއްލަޔަށް މަރު ވުމަކީ ކިހާ ނުބައި ޢަމަލެއް ކަމާ މަޙްލޫޤާގެ ފުރާނައަކީ ﷲ ތަޢާލާގެ މިލްކެއް އެކަލާނގެ އެކަމަށް މަލަކުލްމައުތަށް އަމުރު ނުކުރައްވާހާ ހިނދު ތިމާ އަމިއްލައަށް ނަފްސުގެ ފުރާނަ ދުއްވާލުމަކީ ކިހާ ނިކަމެތި ކަމެއް!
ދީނުގަ އޮތް ގޮތަށް ކަލޭ ތިއުޅެނީ
ފަތުވާދިނުން އަވަސްއަރައިގަންނަ މީހާއަކީ ނަރަކައަށް ދިއުމަށް އަވަސްވެގަންނަ މީހެކެވެ.
ކިހިނެއް އެނގެނީ މީހަކު ދައްޖާސާފަ ނޫން ކަމެއްވެސް އެހެންވެ ކަފުންކޮށް ކަށު ނަމާދު ކުރަނީ
ހަނދާން ބަލި ނޫންނަމަ މީހެ ކުރިންވެސް ތިފަދަ ގަބޫލް ނުކުރެވޭ ގޮތަށް ހަމަ ތި އަށްޑޫ ސިޓީގަ ވަނީ ދަންޖެހި ނުވަތަ ދަންޖައްސާ މަރާލަވިފަ. ތާރީހް ބަލާލާފިނަމަ މީ ދޮގު ނޫންކަން ހުންނާނެ ހަބަރުތަކުން ވެސް އިގެން. އިސްކޮޅު ނުޖހެތާކު ދަންޖެހުމަކީ ވަރަށް ނާދިރު ކަމެއް، ސަބަބަކީ ދަންޖެހޭ ވަގުތު ސަލާމަތްވާން މަސައްކަތް ކޮށްފަ ހުންނަކަން އެބަހުރި އެކި ތަހުގީގުތަކުން ހާމަވާން.
އަސްތާ؟...........................................................
ސީދާ ނަރަކަޔައް