ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމަށް ޖަލަށް ވަޑައިނުގެން، ގޭގައި ހުންނެވުމުގެ ފުރުޞަތު ވެސް އޮތްކަމަށާއި އެހެންނަމަވެސް، އެގޮތަށް ކަންތައް ނުވީ، ރައީސް މައުމޫން ކުރެއްވިކަމެއްގެ ސަބަބުންކަމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ހދ.ހަނިމާދޫގައި ސަރުކާރުން ހިންގެވި މަޝްރޫޢުތައް ނިމުމުގެ ކާމިޔާބު ފާހަގަކުރުމަށް، މިއަދު އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން އެރަށުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ފުލުހުން އެދުމުން، ރައީސް މައުމޫނުގެ ފޯނު ދެއްވިކަމުގައިވާނަމަ، މިއަދު މައުމޫނު ޖަލުގައި ހުންނަވަން ނުޖެހުނީސްކަމުގައެވެ. ހަމައެހެންމެ، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ރިޔާޒަށް ވެސް ކަންތައްވީ އެގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދުވެސް އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާލާނަން، އަޅުގަނޑުމެންގެ އެންމެ އިހުތިރާމް ކުރާ ބޭފުޅަކީ އަދިވެސް ރައީސް މައުމޫން. ރައީސް މައުމޫން ކޮންމެހެން ޖަލުގައި ނުވަތަ އެކަހެރިކޮށް އިންނަވާކަށް ނުޖެހޭ. ރައީސް މައުމޫނަށް އުފުލުނު ތަޙުޤީޤަށް ނުވަތަ އުފުލުނު ދައުވާތަކާ ގުޅޭގޮތުން، އެކި ފަހަރުމަތިން ރައީސް މައުމޫނަށް ފުރުޞަތު އެރުވުނު. ރައީސް މައުމޫނު ގޭގައި ހުންނެވޭނެ ފުރުޞަތު އެރުވުނު. އެކަމަކު އެއީ އެހެން މީހުންނާ އެއްގޮތަށް އެކަން ކުރެއްވިނަމަ އެމަނިކުފާނަށް އެކަހެރިކޮށް ނުވަތަ ޖަލުގައި ހުންނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެ. ފުރުޞަތު ފުރަތަމަ ބޭނުންފުޅު ހިއްޕަވާނެކަމަށް އަޅުގަނޑުމެންނަށް ކޮންމެވެސް ކަހަލަ އުންމީދީ ވާހަކަތަކެއް އިވިފައި، ފުރުޞަތުގެ ބޭނުން ނުހިއްޕެވީ. އެއީކީ ރައީސް ޔާމީން ކުރެއްވި ކަމެއް ނޫން." ރައީސް މައުމޫނުގެ އެއްބަފާ ކޮއްކޯފުޅު، ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރައީސް ވިދާޅުވީ ކުށެއްގެ ތުހުމަތުގައި މީހަކު ތަޙުޤީޤަށް ގެންދާއިރު، އެއީ ފޯނުގެ ޒަރީއާއިން ނުވަތަ އިންޓަނެޓުގެ ޒަރީއާއިން ކޮށްފައިވާ ކަމަކާ ގުޅޭގޮތުން ތުހުމަތުކުރެވޭނަމަ، އެކަމުގެ ތަޙުޤީޤަށް ފޯނު ބޭނުންވާނެކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެމެދު މައްސަލަތަކެއް ޖެހުނުކަމަށެވެ. އެކަމުގެ ސަބަބުން ޕާޓީގެ ތެރޭގައި ހަނގުރާމައެއްވެސް އުފެދުނުކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ، އެކަމުގެ އަސަރު ލޯކަލް ކައުންސިލް އިންތިޙާބަށް ކުރިކަމަށާއި އެކަމުގެ ސަބަބުން ކުރަންވީ މިންވަރަށް، އިންތިޙާބު ކާމިޔާބު ކުރުމަށް މަސައްކަތްވެސް ނުކުރެވުނުކަމަށް، އެޕާޓީގެ މުސްތަޝާރުކަމުގައި ވެސް ހުންނެވި ރައީސް ޔާމީން ވިދާޅުވިއެވެ.

ހަނިމާދޫގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުތަކުގެ ބޭރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެތަކެއް ކަމެއް ކުރިކަމަށެވެ. އަދި، ޝަރީއަތަކާ ނުލައި އެތަކެއް ސިޔާސީ ލީޑަރުން ޖަލަށްވެސް ލީކަމަށެވެ. އެހެންނަމަވެސް، އޭރު ބޭރުގެ ފަރާތްތަކުން، ރާއްޖެއަށް ފިއްތުންތަކެއް ކުރިމަތި ނުކުރާކަމަށް ވިދާޅުވިއެވެ. އެގޮތަށް، ބޭރުގެ ފަރާތްތަކުން ކަންތައް ކޮށްފައި ނުވަނީ، އޭރު ތިބި އިދިކޮޅު ފަރާތްތަކުން، ރާއްޖެ ބަދުނާމު ކުރުމަށް ބޭނުން ނުވާތީކަމަށްވެސް، ރައީސް ވިދާޅުވިއެވެ.

"ދަންނަވާލަން އަޅުގަނޑު ބޭނުންވާ ވާހަކައަކީ މިކަހަލަ އެތައް ކަމެއް އޭރު ހިނގާފައި އޮތް، ސިޔާސީ މީހުން އޭރު ހައްޔަރުކުރީ ތަހުގީގެއް، ގާނޫނެއް، ޝަރީއަތެއް ހިންގައިގެންތޯ، ސިޔާސީ މީހުން ހައްޔަރުކޮށްފައި ހުންނަނީ ހަމަ އެފަހަރަކު ނަގަން ފޮނުވި، ބައެއް ތަންތަނަށް ފުލުހުން އަނެއް ބައި ތަންތަނަށް ސިފައިން އަނެއް ބައި ފަހަރު ސިފައިން ދާއިރު އާމަރުތައް ފޮނުވައިގެން. މިކަހަލަ ހާލތެއްގައި އޭރު ރާއްޖެ އޮތީ، ކީއްވެގެންތޯ އަޅުގަނޑުމެން ހަނދައިން ނެތިގެން މި އުޅެނީ." ރައީސް ވިދާޅުވިއެވެ.

އަދި، އޭރުވެސް ކަރަކަރަޔާއި އިއްތިޙާދުތައްވެސް ހުރިކަމަށާއި އެހެންނަމަވެސް، މިކަންކަން ދައްކާ، ރާއްޖެއަށް ފިޔަވަޅު އެޅުމަށް އޭރުގެ އިދިކޮޅުން ގޮވާ ނުލާކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޝާން

    ކަލޭމެން ކުރާހާކަމަކާއި އާނ ބަސްބުނެ ކަލޭމެންގެ ސަރުކާރަށް ސަނާކީނަމަ މައުމޫނު ހުންނާނީ ގޭގަ، އަދި އިއްޒަތުގަ. މިއީ ރިއަލިޓީ.

  2. ކިކޭދެންބުނާނީ

    ރައީސް ތިދައްކާވާހަފުޅުވެސް ޤަބޫލުކުރާނެ ބަޔަކު ތިބެދާނެ އެކަމަކު ކޮށްމެވެސް ބޭނުމަކު ދޯ ކޮންމެ މީހަކަށްވެސް ސިކުނޑި ލޯ ކަންފަތް ދެއްވާފައިވަނީ ކާނަލް ނާޒިމުގެ މައްސަލައިން ފެށިގެން ޖަމީލު ބޭރުކުރި ހިސާބުން ފެށިގެން މިހާތަނަށް ކަންކަން ވެ ދިޔަގޮތް

  3. އިބިރިހިމާ ބެއްޔާ

    ބަލާބަލަ ވަގުލަލޭގެ ވޯޓްހޯދަން ޖަހާ މަޅި
    ކުދިންނޭ ސަމާލުވޭ

  4. ޙަފްޞާ / މާލެ

    1. ޖަމީލު ބޭރުކުރީ . ޙަވާލުކުރެވުނު މަސްއޫލިއްޔަތު އަދާނުކުރެވި ( ތަޢުލީމާއި ޞިއްހީދާއިރާ) ފުލުންދިޔުމާއެކު އިދިކޮޅުފަރާތަތަކާއެކު ސިއްރު ޖަލްސާތައްކޮށް ދައުލަތަށް ޙަރާންކޯރުވާކަން އެގި ކަށަވަރުވުމުން.
    2. ކާނަލް ނާޒިމު ބޭރުކުރީ ދައުލަތާދެކޮޅަށް އިދިކޮޅުފަރާތަތަކާ ، އަދީބާއެކު ޑީލްހަދާ އެކަން އެނގިފައޮއްވާ ހަތިޔާރު ގޭގައި ގެންގުޅޭކަން އެގި ފަޅާއަރާ ޙުކުމްކުރުމުން. މިކަން އެންމެ ސާފްވަނީ ޗައިނާގެ ރައީސް ވަޑައިގަތްދުވަހު އާދައިގެ ހެދުމުގައި ފަހަތުގައި ހުއްޓާ ކާލިގަނޑުޓީވީން އެމަންޒަރުދައްކާ ނާޒިމަށް ތަޢުރީފްކުރަންފެށުމުން
    3. ދެންވެސް ކެބިނެޓުން ބޭރުކުރިބަޔަކުވެސް ބޭރުކުރީ އެކަހަލަ ޑީލްތައް ސަރުކާރާދެކޮޅަށް އިދިކޮޅުފަރާތްތަކާގުޅިގެން ހިންގާކަން ކަށަވަރުވުމުން.
    އެމީހުން ބޭރުކުރުމުން އަނެއް ދުވަހު އެމީހުންގެ އަޞްލުސިފަ ފާލުކުރަމުން ދިޔައީކާލިގަނޑުޓީވީއަށް އަރާތިބިގެން! މިމަންޒަރުތައް ކަލޭ ނުބަލަންތަ؟

  5. ރައްޔިތުން

    މުއުމޫނާއި މެދު ހާދަ ޔާމީން ދެރަވަނީ މިއީ މިހާރު މިފެން މަންޒަރަކީ

  6. ޚަލީލު

    މިޖަނަވާރުދައްކާވާހަކަ ސަލާމަތްބުއްދިހުރި އެކަކުވެސް ޤަބޫލުނުކުރާތި

  7. ކެނެރީ ބުއްޅަބެ

    ކެނެރީގޭ ފިރުައައުނު ކޮބާ؟ީ ޔަހޫދީންގެ އެޖެންޓު

    ކޮބާ؟ ފައްޅިި އެޅުމުގެ ހުއްދަ އަށް އެދި ގޮވި

    ޝައިޡާން ކޮބާ؟ 24 ގަޑި އިރު ހަމައިން

    ނެއްޓެން ގޮވި ގަންޖާބޯ ކޮބާ؟ އިތުރު މާތް

    ރަސޫލާ އަށް ޟަލަވާތް ނުކިޔާނެ ކަމަށް ބުނި

    ދައްޖާލު ކޮބާ؟ ހަދީސް، ވަޙީ ނޫން އެހެން

    އެއްޗެއް ހޯދަން އެދުނު މުނާފިޤު ކަލޭގެ ކޮބާ؟

    ............ހައްޔަރު ކުރޭ.....މަރާލާ ގެނެސް...

  8. ފަސީ

    މަނިކުފާނު މިއަދު ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ތިވާހަކަ ދައްކަން ލަދުގަންނަންޖެހޭނެ. ރައްޔިތުންގެ މަޖްލިސް މެމްބަރަކު އަމިއްލަ އިއުތިރާފުން ރިޝްވަތުބެހިވާހަކަ ގައުމީ ޓީވީ އިން ބްރޯޓްކާސްޓްކުރިއިރުވެސް އެބޭފުޅާއަށް ވީއެއްވެސް ކަމެއްނެތް. އެކަމަކު މަނިކުފާނުގެ ބޭބެގެ ފޯނު ނުދިނީމަ ޖަލަށް. ކޮން އިންސާފެއް.

    • ރައީސް

      އިންސާފަކީ މުޅި ދައުލަތް ދަވާލާ ޔަހޫދީންނަށް

      ހިތް އުފާ ކޮށް ދިނުން. އެއައްފަހު ފިލާ ތިބެ

      ޤައުމާއި ރައްޔިތުން ބަނޑަށް ޖައްސަން އުޅުން

      އިތުރަށް އިންސާފު ފެންނާނެ ގުދުވެފަ ބެލީމަ

  9. ނަސީރު

    ބުހްޅަބެ ބުނަންތަ ވާހަކައެއް ، ކަލޭގެ ކަރުން ހަންދާނީ ހަމަ، ތިޔަހެން ފެލުނީމަ ، އަނބި ގޮތްޔަގެ ކަނޑިކީގަ ލޯވަރުޅު އަޅާގެން އުޅޭޒާމެން ނޫން ވީ. ޚިޔާނެ އެއްޗެއް ނޭންގި ހަމަ ހުރހާ ލީޑަރުން ދޫކުރަން ޖެހޭނީ