ޖަލު ބަންދުން ސަލާމަތްވުމަށް ސަރުކާރަށް ޑީލެއް ހުށަހެޅީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކަމަށް އެކަމުގެ މައުލޫމާތު އެނގިވަޑައިގެން ހުންނެވި އިބްރާހިމް ލުތުފީ (ސަންދާނު ލުތުފީ) ވިދާޅުވެއްޖެއެވެ.

ލުތުފީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުން ސަލާމަތްކޮށް މިނިވަން ކުރުމަށް ސަރުކާރުން އިމްރާނަށް ޑީލެއް ހުށަހެޅި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ. އިމްރާން ދޫކޮށްލުމަށް އޭނާ ވެސް ސަރުކާރުގައި އެދިވަޑައިގެންފައި ވާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.

"މިކަމުގައި (އިމްރާން ދޫކޮށްލުމަށް ވާހަކަދެއްކުމުގައި) ޑރ.ޝަހީމްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ." ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ ޝައިހް އިމްރާން ސަރުކާރަށް ވަރަށް ވަރުގަދަ ހުށަހެޅުންތަކެއް ހުށަހެޅި ކަމަށެވެ. ނަމަވެސް އޭގެތެއިން އެންމެ ހުށަހެޅުމެއް ވެސް ގަބޫލު ކުރަން ސަރުކާރުން ދެކޮޅު ހެދިކަމަށް ލުތުފީ ވިދާޅުވިއެވެ.

ލުތުފީގެ އިތުރު ޓްވީޓެއްގައި ވިދާޅުވީ ޝެއިހް އިމްރާނާއި ޝެއިހް އިލްޔާސް ހަދަނީ ދޮގު ކަމަށެވެ. އެކަމަށް މާތްﷲ ހެކިވެވޮޑިގަންވާނެ ކަމަށް ވެސް ލުތުފީ ވިދާޅުވިއެވެ.

އިމްރާން ޖަލަށްލީ 2015 ވަނަ އަހަރުގެ މެއި މަހުގެ 01 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރުދީ، ހަމަނުޖެހުންތައް ހިންގުމުގައި އިސްކޮށް ހުރިކަން ސާބިތުވެގެންނެވެ. އޭނާ 12 އަހަރަށް ޖަލަށް ލުމަށް ވަނީ ޙުކުމް ކޮށްފައެވެ.

އިމްރާން ޖަލަށް ލުމަށް ޙުކުމް ކުރިނަމަވެސް އޭނާ މިހާރުވެސް ހުރީ ގޭބަންދުގައެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އިމްރާން ގޭބަންދަށް ބަދަލުކޮށްފައި ވެއެވެ.

އިމްރާން ސަރުކާރަށް ޑީލެއް ހުށަހެޅި ކަމަށް ބުނާ ވާހަކައާއި ގުޅިގެން ސަރުކާރުގެ ބަހެއް އަދި ނުލިބެއެވެ. އިމްރާނާއި ސަރުކާރާއި ދެމެދު ވާހަކަތަކެއް ދެކެވުނު ކަމަށް އަޑުފެތުރިފައި ވީނަމަވެސް މިކަމާއި ގުޅޭގޮތުން އިމްރާންގެ ފަރާތުން ވެސް ރަސްމީ ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ފޭކް ޝޭހެއް

  2. ޙަފްޞާ / މާލެ

    ހަތްދޮގުމަޚްލޫފު ހަދާ ކޮންމެ ދޮގެއް މިފަދަގޮތަކުން ބޭޒާރުކުރައްވާކަމީ މާތްﷲގެ ފަޟުލަވަންތަވެރިކަމެވެ. ދޮގުވެރިންނަށް ހުރީ ނާކާމިޔާބުކަން އެނގިގެންދާ ކަމެކެވެ. ފެބްރުއަރީ 1 2018 ން ފެށިގެން މިހާތަނަށް ހަތްދޮގު މަޚްލޫފް 10 ދޮގު ހަދައިފިއެވެ. މިއިން ކޮންމެ ދޮގެއް އެދަނީ ވަރަށް ރަގަޅަށް ބޭޒާރުވެ ހަތްދޮގުމަޚްލޫފް ފަޟީޙަތްވަމުންނެވެ.

  3. ފަތީލާ

    ހުސް ސޭކުންވިއްޔަ ކީއްކުރާނީ މިތިބީ ސޭހުން އުޅޭގޮތް ދެންއަހަރެމެނައް ކިހިނެއްވާނީ ލާދީނީ ފިކުރުގެ ބައިގަނޑާއެކު ތިބަޔަކު ތިބިހާ ހިނދަކު ތެދެއްނުހަދާނެ ވަރައް ސަލާމް

  4. ތިިދެނކަަކު

    ތިިިދެންކަަކު..މޮޔަނުގޮވަަ.ހަނމަަާގަހުރެެޭ.

  5. ގޮހޮޑަަ

    ތީިބޮ
    ޑުދޮގެތީިދެނކާކުަަދޮގުނަހަދާަ..ތީިހުސްަދޮގު..ޕޓގެވެރިންބަދު...ނާަމުނުކުރެޔް..މަސް..ކެޔުމަކީ.ކޮނކަހަލަ...ކަމެކަން.ނެޭނގެނިީތަަަޙންދކުރެ..ވިސްނަަފިކުރުކުރެޔ

  6. ޅޮހީ

    ސަރުކާރުގެ ބުޅީގަ އަޅާގަނޭތޯ ސަންދާނުލުތުފީ(މަ ދަންނަވެސް މީހެއްނޫން) އަނގަހުޅުވަމުން އެބައެނބުރޭ! އޯތް އޭތް މަ ގަންނާނެއްބާ؟

  7. ބުރުމާމަ

    ފަހަތަށް އެނބުރި ކުޑަކޮށް ބަލާލީމަ އިމްރާނުގެ ބަހާއިޢަމަލު އެހެރަ ފެންނަގޮތުން، ލުޠުފީގެ މިޓްވީޓާ ދެކޮޅު ހެދޭކަށެއްނެތް %100 އަށް ޤަބޫލު ކުރަން އިމްރާނު ތިކަން ކޮށްފާނެކަމަށް

  8. ސަމޭދާން

    ހަތްދޮގު ގުދޯ މަހޭ އަށް ވުރެ މިމީހުން ފޭކު. ދެންކިހިނެއް މިމީހުން ދައްކާ ވާހަކަ ގަބުލު ކުރާނީ.

  9. މޫސާ ލުތުފީ

    ސަނދާނު ލުތުފީ އެއީ ކޮހެއް.މިކޮމެންޓް ޖަހަކަ ވަގުތަށް ކެރޭނެތަ؟؟

  10. މުޙައްމަދު

    އިމްރާން ޑީލް ހަދާނަމަ ހަދާނީ މިއަދަކު ނޫން. މީ ވަރަށް ވާހަކަ. ވަގުތުން މި ކޮމެންޓް ނުޖަހާނެކަންވެސް އެނގޭ