ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅާފާނެކަމަށް ގާނޫނީ ޒިންމާ އަދާކުރުމުން ނުރެކޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ތަރުޖަމާން އަދި އެކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް "ވަގުތު" އަށް ވިދާޅުވީ އެ ކޮމިޝަނުގެ ރައީސް އަދި އެއްވެސް މެންބަރަކަށްވެސް އެއްވެސް ތަނަކުން ފިޔަވަޅެއް އެޅިކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ގެ މެންބަރުންނަކީ އެއްވެސް ތަނަކުން ފިޔަވަޅު އަޅާފާނެ ކަަމަށް ނުވަތަ ފިއްތުންތަކެއް ކުރިމަތި ކުރުވާނެ ކަމަށް ހަވާލުވެފައިވާ ގާނޫނީ ޒިންމާ އިން ރެކޭނެ ބައެއްނޫން ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް މިހެން ވިދާޅުވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އީޔޫ އިން ރާއްޖޭގެ ބައެއް އިސްވެރިންނާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވިދާޅުވެ ލިސްޓެއް އާއްމު ކުރައްވާފައެވެ.

ނަޝީދު އާއްމުކުރެއްވި އެ ލިސްޓުގައި ރައީސް އަބްދުﷲ ޔާމީން އާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ބައެއް ވަޒީރުންނާއި އެމްއެންޑީއެފްގެ އިސްވެރިންނާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ބައެއް ވިޔަފާރިވެރިންނަށް ފިޔަވަޅު އެޅި ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ "އަޅުގަނޑުގެ އިލްތިމާސް އަކީ އެންމެ ބޭފުޅުން ރައިސް ޔާމީން އާއި ދުރަށް ވަޑައިގެން ރާއްޖެ އަށް ރަނގަޅު ގޮތައް އަމަލު ކުރެއްވުމެވެ."

ރައީސް ޔާމީން އާއި އިތުރު ބައެއް ބޭފުޅުންނަށް އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އީޔޫގެ އެއްވެސް ގުނަވަނަކުން އެފަދަ މައުލޫމާތެއް އަދި މިހާތަނަށް މީޑިއާ އާއި ހިއްސާ ކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޏަސްމިރަދު

    ސާބަހެ އަކުރަމް

  2. ޙަސަނުބެ

    ޙެޔޮނުވާނެ އޭނާގެ ނަމުގެ ކުރިއައް ރައީސް ނުލާބަލަ އެއީ އެވަރުގެ މީހެއްނޫން އޭނާގެ ނަން މިގައުމުންވެސް ފުހެލާ ދެން

  3. ކައުނު

    ޖަރީމާ ރައީސް އައްސޭކު ކެނެރީ ނަސީދު ފެއިލް ވެއްޖެ! ހަހަހަހަ، މިޤައުމަާ ހަމަޔަށް ވެސް ނާދެވޭނެކަން ޔަޤިން ވަނީ! އިބޫ ގޮވާގެން ބޯގޮއްވަން ބޭރު ޤައުމުތަކުގައި މިޤައުމު ގެ ވެރިކަން ބޭނުންވެގެން ޖަރީމާ ހިންގަނީ! ހަމަ ހިނި އަންނަނީ! މި ބަލާވެރިކަމުން ﷲ މިޤައުމު ސަލާަމަތް ކުރައްވާތޯ ހުރިހާ މުސްލިމުން ދުޢާކުރައްވާ! ހުރި ނުބައި ކަމެއްގެ ބޮޑުކަމާއެވެ. އަޅުގެ ވެރިރަސްކަލާކޮ! މުސްލިމް ޤައުމެއްގައި ބޮޑުވެގެންވާ މުސްލިމެއްގެ ނަމުގައި އުޅޭ ބޮޑު ޢަދާވަތްތެރި އިބިލީގެއް ފާޅުވެ މި ބޮޑު ކެނެރީގޭ ޝައިޠާނާެގެ ކިބައިން މި ކުޑަކުޑަ ނިކަމެތި މުސްލިމުން ކޮޅު ރައްކާތެރި ކުރައްވާ އަޅަމެންނަށް ނަޞްރުދެއްވާ ސަލާމަތްކޮށްދެއްވާންދޭވެ!

    • ޢަބުޅޯ

      އާމީން ޔާރައްބަލްޢާލަމީން

  4. އެނގޭތަ

    ކޮމިޝަނުގެ މެމްބަރުންގެ ޤާނޫނީ ޒިއްމާ އަކީ ކޮބައިކަން ބުނެ ނުދެވުނީ އެކަންކަން ނޭނގުނީމައި ކަމަށް ޤަބޫލުކުރެވޭ. އެހެން ނޫންނަމަ މިވެނި ކަމެއް ކުރާނަމޭ ބުނެ އެ ޒިއްމާ އަކީ ކޮބައިކަން ބުނެދިނީސް. އެކަމަކު މިހާރު އެ ތިބެނީ ވަކި މީހަކު އަންގާ ކަންކަން ކޮށްކޮށް އެ މީހާ އަންގާ ކަންކަމަކީ ޤާނޫނީ ޒިއްމާ ކަމަށް ހީވެފަ.

  5. ޢަބުޅޯ

    ޢާމީން ޔާރައްބަލްޢާލަމީން.