ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް ފިޔަވަޅު އެޅި ކަމަށް ބުނާ ބޭފުޅުންގެ ލިސްޓެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއްމުކުރީ ސުޕްރީމް ކޯޓުގެ ހުކުމަށް ނުފޫޒު ފޯރުވަންކަން ހާމަވެއްޖެއެވެ.

ނަޝީދު މި ލިސްޓު އާއްމުކުރެއްވީ މިއަދު ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާ މެދު ހުކުމް ކުރާ ވަގުތު ކައިރިވެފައި ވަނިކޮށެވެ.

ނަޝީދު އާއްމުކުރެއްވި އެ ލިސްޓުގައި ރައީސް އަބްދުﷲ ޔާމީން އާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ބައެއް ވަޒީރުންނާއި އެމްއެންޑީއެފްގެ އިސްވެރިންނާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ބައެއް ވިޔަފާރިވެރިންނަށް ފިޔަވަޅު އެޅި ކަމަށް ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅޭ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވީ ނަޝީދުގެ މަގުސަދަކަށްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފިޔަވަޅު އަޅައިފި ކަމަށް ވިދާޅުވެ މިއަދުގެ ހުކުމަށް ނުފޫޒު ފޯރުވުން ކަމަށެވެ.

އީޔޫގެ ރާއްޖޭގެ ބައެއް ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅިކަމަށް ނަޝީދު ވިދާޅުވިއިރު އެކަމާ ގުޅިގެން "ވަގުތު" އިން ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީއާ ސުވާލުކުރުމުން ވަނީ އެކަން ދޮގުކޮށްފައެވެ.

ރައީސް ޔާމީން އާއި އިތުރު ބައެއް ބޭފުޅުންނަށް އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އީޔޫގެ އެއްވެސް ގުނަވަނަކުން އެފަދަ މައުލޫމާތެއް އަދި މިހާތަނަށް މީޑިއާ އާއި ހިއްސާ ކުރައްވާފައެއް ނުވެއެވެ.

ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ފްރޭމްވޯކެއް މިހަފްތާގައި އީޔޫގެ ފޮރިން އެފެއާޒް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނަސީމް

    އަޅެ ނަޝީދަކީ ދޮގު ހަދާ މީހެއްކަން ނޭނގެނީތަ އަދި ވެސް. މީހަކު ދޮގު ހަދަމުން ހަދަމުން ގޮސް އެކަން އޭނާގެ ކަށީގައި ހިފީމާ އެއީ "ކައްޒާބެއް" ކަމުގައި މާޓް ﷲ ލިޔުއްވާނެ. ނަޝީހު ކިހާރު ހުރީ އެ ދަރަޖައިގައި.

  2. ސަގަރު

    ބުއްޅަބޭ އިންގުލޭންޑުގަ ވެރިކަން އެމްޑީޕީ އަށް ލިބޭތޯ ކުރިސްޓިޔަން ފައްޅި ތަކައް ކޮންމެ އާދިއްތަދުވަހަކު ވަދެ ދުއާ ކުރާކަމަށް ހަބަރުތައް ދިރާސާ ކުރާ މަސްދަރުތަކުން ހާމަވެއްޖެ.

  3. ޙުސައިން މ. މުލި

    އަޅެ މިނަޝީދުގެ ވާހަކަ ނުލިޔެބަލަ ކިހާ ބޮލަށް އުނދަގޫ

  4. އަހަރެން

    ކޮބާ ތިޔަ އާމުކުރި ލިސްޓު، މޮޔަ ގޮވަނީ ތަ؟

  5. ޒާ

    މަވެސް ވާނެ ނަޝީދު ކުރި ޓްވީޓް އީޔޫ ކޮމިޝަނަށް ރިޓްވީޓް ކޮށްފައި. ނަޝީދު އެއީ އެއްޗެއް ބޮވިގެން އުޅޭ މީހެއްހެން ހީވަނީ.

  6. އަމާ

    ހައްހައްހާ! ބިރުން ވިރިވިރި ތިބީ ކޮންބައެއްކަން އިނގިއްޖެއްއްނު! ޕަކާސް... އަދިވެސް ޔާޤުންޑާ އަނގަރުވާތި!

  7. ނައިބުތުއްތު

    އިޔޫ އިން ލިސްޓެއް ހަދައިފިތޯ؟ ޙަޤީޤަތަކީ އީޔޫ ގެ ނަމުގައި ލިސްޓެއް ހަދައިގެން އުޅެނީ ގ. ކެނެރީގެ މުޙައްމަދު ނަޝީދު. ކުރާނެކަމެއްނެތް. އޭނަޔަށް ލިބިފައިވާ ތަރުބިއްޔަތުގެ ސަބަބުން ވާކަމެއްއެއީ. އެކަމަށް ޒިންމާވާނެ ބަޔަކުވެސް ތިބޭނެ.

  8. ސޭޓު

    މީ ހަމަ ބޮޑު މުނާފިޤެއް1 ކެނެރީގޭ ނަޝީދުގެ ވާހަަކަތައް ނުޖަހަން ވީނު! އީޔޫ ގަ ޖަހާނެ! ރައްޔިތުން ބޭނުމެއް ނުވޭ މިކަލޭގެ ވާހަކަ އަހާކަައްވެސް ބަލާކައްވެސް! ﷲ މިބަލާއިން މިޤައުމު ސަލާމަތް ކުރައްވާތޯ އެންމެ ތާ އަބަދު ދު ޢާކުރައްވާ

  9. ޔމނ ނުފޫޒު

    ތި ހުކުމަށް ނުފޫޒު ފޯރުވަނީ ސަރުކާރުން. ދެންވެސް މިރާއްޖޭގެ ސިޔާސީ މީހަކާ ގުޅުންހުރި ކޮންމެ ހުކުމަކަށް ނުފޫޒު ފޯރުވަނީ ސަރުކާރުން. މިވަރު ނުދަންނަ ކުޑަކުއްޖަކުވެސް މިރާއްޖޭގަ މިހާރު ނޫޅެ. ޚުދު މި ލިޔުން ލިޔުނު ނޫސްވެރިޔާވެސް އެކަން ގަބޫލްކުރާނެ.

  10. ބިސް

    މިއީ ކޮންކަހަލަ އިސްޕިރިންތަކެއް...ޓުވީޓެއް ކޮއްލާއިރައް ހުކުމް ކެންސަލް....ހީހީ ހަލާކު