ދިވެހިރާއްޖެއަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅި ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަށް ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ ދޮގުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް އަބްދުﷲ ޔާމީން އާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ބައެއް ވަޒީރުންނާއި އެމްއެންޑީއެފްގެ އިސްވެރިންނާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ބައެއް ވިޔަފާރިވެރިންނަށް އީޔޫ އިން ފިޔަވަޅު އަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން "ވަގުތު" އިން ފިޝަރީޒް މިނިސްޓަރު ޑރ،ޝައިނީއާ ސުވާލުކުރުމުން ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް ޔާމީން އާއި އިތުރު ބައެއް ބޭފުޅުންނަށް އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އީޔޫގެ އެއްވެސް ގުނަވަނަކުން އެފަދަ މައުލޫމާތެއް އަދި މިހާތަނަށް މީޑިއާ އާއި ހިއްސާ ކުރައްވާފައެއް ނުވެއެވެ

އީޔޫގެ ފޮރިން އެފެއާޒް ކައުންސިލުން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ ސަރުކާރުގެ އިސްވެރިންނާއި އެނޫންވެސް ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އޮނިގަނޑެއް އެކުލަވާލާފައެވެ.

އެ ބައްދަލުވުމުގައި ފާސްކޮށްފައިވާ އޮނިގަނޑުގައި ވަނީ 2004 ސެޕްޓެމްބަރ 16، 2015 އޭޕްރިލް 30، 2015 ޑިސެމްބަރ 17 އަދި 2017 އޮކްޓޯބަރ 05 ގައި އީޔޫ އިން ފާސްކޮށްފައިވާ ޤަރާރުތަކަށް ރާއްޖެ އިން ބޯނުލަނބާނަމަ ރާއްޖޭގެ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާޒިމާ

    އެކަމަކު ޝައިނީ ! އީ.ޔޫ އިން ފިޔަވަޅު އަޅަން ނިންމާފައި ގޮތް އެއޮތީ އެމީހުން ގެ

    ވެބުސައިޓުގަވެސް ފެންނަން. އެމީހުން އަޅަން ނިންމިފިޔަވަޅު ކަޑައަޅާފައިވާގޮތައް ދާން.

  2. ދިވެއްސެއް

    މިގައުމުގެބައެއް ރައްޔިތުންގެކިބާގަހުންނަ ސިކުނޑީގެއުނިކަން އެއީމިއަދުދިމާވެފައޮތް އެންމެބޮޑުއެއްމައްސަލަ. ހަމައަހާލަންބޭނުންވަނީ ވަރަށްއާދައިގެދެތިން ސުވާލެއް، އެއީ ކޮންމެދެމަފިރިޔަކުގެދޭތެރޭގަވެސް ކޮންމެވެސްކަހަލަ މައްސަލައެއްނުޖެހޭ ހަމައެއްވެސްދެމަފިރިއަކުއުޅޭނެތޯ ޢާއި މައްސަލައެެއްމެދުވެރިވީނަމައެމައްސަލަހައްލުކުރާނީ އެދެމަފިރިންތޯ ނުވަތަ އަވައްޓެރިންތޯ ނުނީ ހިސާބުގަނޑުމީހުންތޯ ޖަވާބުވަރައްސާފު ދެއްތޯ؟ ހަފޮޅުންބޭރުގަ މައްސަލަހައްލެއްނުކުރެވޭނެ . ސަބަބަކީތޯ؟ އެއީ އިއްޔެގެހާލަތު ބަދަލުވެ މިއަދު އެކަކަށްހެވެއްއެދޭ އަނެކަކުނެތްތާ ނުހުންނާނެކަން ހަމަޔގީންވާތީ.